Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިހާން

ހުރިހާ މިނިސްޓަރުންނަށް ވެސް ޕީޖީ ގްރޫޕްގެ ތާއިދު އެބައޮތް:ނިހާން

ވަޒީރެއްގެ ތާއިދު ނެތް ކަމުގެ އެއްވެސް ވާހަކައެއް ޕީޕީއެމްގެ ގުޅިފައިވާ ޕީޖީ ގުރޫޕްގައި ނުދެކެވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 1 ޖުލައި 2017 | ހޮނިހިރު 13:53
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް

ހުރިހާ ވަޒީރުންނަށް ވެސް ސަރުކާރުގެ ހިންގާ ޕީޕީއެމް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ފުރިހަމަ ތާއިދު އެބަ އޮތް ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ ވަކިވަކި މެމްބަރުން އެ މެމްބަރުންނަށް ފެންނަ ގޮތްތައް ހާމަކުރެއްވުމަކީ އެ މެމްބަރުންގެ އަމިއްލަ ކަމެއް ކަމަށެވެ. އެގޮތުން ނިހާން ވިދާޅުވީ ވަކިވަކި މެމްބަރުން އެ މެމްބަރުންގެ އަމިއްލަ ހިޔާލުގެ ތެރޭގައި ފާޅުކުރާ ހިޔާލްތަކަށް އޭނާ ޖަވާބް ދެއްވަން ނުޖެހޭނެ ކަމަށާއި އޭނާއަކީ މެމްބަރުންގެ ތަރުޖަމާނެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ނިހާން ވިދާޅުވީ ކޮންމެ މެމްބަރަކަށް އެ މެމްބަރަކު ބޭނުންވާ ހިޔާލެއް ފާޅުކުރެއްވުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ކަމަށާއި އެހެން ކަމުން މެމްބަރުން އަމިއްލަ ހައިސިއްޔަތުން ފާޅުކުރައްވާ ހިޔާލަށް ޕީޕީއެމްގެ ޕީޖީ ލީޑަރުގެ ހައިސީއްޔަތުން ޖަވާބު ދެއްވަން ނުޖެހޭ ކަމަށެވެ.

ނިހާން ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީރަކާ ގުޅޭ ގޮތުން ތާއިދު ގެއްލޭފަދަ ނުވަތަ ތާއިދު ނެތް ކަމަށް ވިދާޅުވެ ޕީޕީއެމް ކޯލިޝަންގައި އެއްވެސް ވާހަކަ އެއް އަދި މަޝްވަރާ އެއް ވެސް ކުރެވިފައި ނުވާ ކަމަށެވެ. މީގެއިތުރުން ނިހާން ވިދާޅުވީ ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ބުނެ ނުވަތަ ތާއިދު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރަކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވެސް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރެއްގެ އިތުބާރުގެ މައްސަލައެއް އުޅޭ ނަމަ މަސްއޫލިއްޔަތު ކޮމެޓީ އަށް ހުށަހަޅާނެ ކަމަށާއި މިހާތަނަށް އެފަދަ އެއްވެސް މައްސަލަ އެއް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް އޭނާގެ ފޭސްބުކްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ޑރ. ޝައިނީ އިތުރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރު ވީއިރު ވެސް ކާމިޔާބު ވެފެއިނުވާއިރު މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ ރެގިޔުލޭޓަރީ ބޮޑީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން އެދުނު އެދުން ކުރިއަށް ނުގެންދާ ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.

ތޯރިގް ވިދާޅުވީ މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާދަތިތަކަށް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މިނިސްޓަރު ޝައިނީ މަސައްކަތް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން މާލީއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ ފިޝަރޯޒް މިނިސްޓްރީގެ ފާއިތުވެދިޔަ އަހަރުގެތަކުގެ އޮޑިޓްރީޕޯޓްތަކުގައި މާލީއްޔަތު ގަވާއިދާއި އަދި ބެސްޓްޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމުންދާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ނުފެންނަ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ، ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރާ މެދެދު ޖާއިޒް ނޫން ގުޅުންތަކެއް އޮންނަ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.

އެހެން ކަމުން ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިނިސްޓަރު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.

މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ތޯރިގް ވަނީ ޝައިނީ އަށް ކުރައްވާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ޝައިނީ ޖަވާބު ދެއްވީ ހިނިފުޅުވަޑުވާލެއްވުމަކުންނެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!

ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!

06 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު