Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ - ބްރޯޑްކޮމް

ބްރޯޑްކޮމްގެ މައްސަލަތަކެއް ރާއްޖެޓީވީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި

23 މެއި 2018 | ބުދަ 12:36

ފުލުހުންގެ އިހުތިސާސްގެ ތެރެއަށް ބްރޯޑްކޮމްއިން ވަންނަކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 މެއި 2018 | ބުދަ 12:36
ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް

ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މައްސަލަތަކެއް ރާއްޖެޓީވީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިދިއަ މާރޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ރާއްޖެޓިވީން ގެނެސްދީ، އެކިފަރާތްތަކުގެ ވާހަކަތަކުގައި، ގައުމުގެ އަމަންއަމާންކަން ނަގާލައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ ބްރޯޑްކޮމްއިން ތަހުގީގު ކުރަމުންދާއިރު، ރާއްޖެޓީވީއަށް ފޮނުވާފައިވާ ލިޔުންތަކުންނާއި އެ ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުންވެސް ރާއްޖެޓީވީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ސަބަބުތައް އެކޮމިޝަނަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ތަކުރާރުކޮށް އެދިފިން ކުރާ ތަހުމަތުތަކުގެ ސަބަބުތައް ބަޔާންކޮށްދިނުމަށް. އެކަމަކު އެކަންކަން ކޮމިޝަނުން ސާފުކޮށެއް ނުދިން. އަޅުގަނޑުމެން ބޮރޯޑްކޮމްގެ މައްސަލަތަކެއް ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅާފައިވާނެ. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހެޅިން. ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅީ ފުލުހުންގެ އިދާރާއަށް ލިބިގެންވާ އިހުތިސާސެއްގެ ތެރެއަށް ބްރޯޑްކޮމްއިން ވަންނާތީ. އެއީ ބްރޯޑްކޮމްއަށް ލިބިގެންވާ ބާރެއް ނޫން. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހެޅިން. އެއީ މިކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ. ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހެޅިން، އެއީ އަޅުގަނޑުމެންނަށް ލިބިގެންވާ ހައްގުތަކެއްގެ ބޭނުން އެފަރާތްތަކުން ނާޖާއިޒު ގޮތެއްގައި ބޭނުންކުރަމުންދާތީ، އަޅުގަނޑުމެން ހިމާޔަތް ކޮށްދިނުމަށް އެދި. ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމުގެ ދުސްތޫރީ ބާރު ލިބިގެންވާ މުއައްސަސާއެއް. މީގެއިތުރުންވެސް ކަމާބެހޭ މުއައްސަސާތަކަށް މައްސަލަތައް ހުށަހަޅާފައިވާނެ. އަދި ޝަރުއީ މަރުހަލާގެ ތެރެއިން ވަގުތީ އަމުރުތަކެއް ނެރެދިނުމަށް ހުށަހަޅާފައިވާނެ، އަދި މިައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހައްލެއް ހޯދުމަށް ވެސް ހުށަހަޅާފައިވާނެ،" ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް ވިދާޅުވި އެވެ.

މިކަމާ ގުޅުންހުރި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް މައްސަލަ ހުށަހެޅީ އިންސާފު ހޯދުމަށް ކަމަށް ރާއްޖެޓީވީގެ ވަކީލު ނިޝާން ވިދާޅުވި އެވެ.

ބްރޯޑްކޮމްއިން މީގެ ކުރިން ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވާއިރު، ތަކުރާރުކޮށް ރާއްޖެޓީވީއަށް ޖެއްސުންކުރުމުގެ އަމަލުތައް ދަނީ ހިންގަމުން ނެވެ.

ބްރޯޑްކޮމްގައި ތިއްބަވާ ބައެއް މެމްބަރުންނަކީ އެކޮމިޝަނުގެ މެމްބަރުންނަށް އައްޔަން ކުރުމުގެ ކުރިން ރައީސް ޔާމީންގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރައްވަމުން އައި ފަރާތްތަކެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ އަރިހުގައި އުޅުއްވިއިރު، ރައީސް ޔާމީންގެ ކެމްޕެއިން އެކިއެކި ހަރަކާތްތަކުގައި އުޅުއްވާފައިވެއެވެ. ބައެއް މެމްބަރުން ކޮމިޝަނުގެ މެމްބަރުކަމުގައި ދެމިތިއްބަވަމުން ވެސް ސަރުކާރާއި ޕީޕީއެމް ބައެއް ހަރަކާތްތަކުގައި ހަރަކާތްތެރިވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް