Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ - ބްރޯޑްކޮމް

މާރޗު 16ގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ރާއްޖެޓީވީގެ މައްސަލައެއް ބަލަނީ!

ތަހުގީގު ކުރަނީ މުޒާހަރާގެ ލައިވް ކަވަރޭޖްގައި ބައިވެރިވި ފަރާތްތަކުން ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ބްރޯޑްކާސްޓް ކުރުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 މެއި 2018 | ބުދަ 11:51
ރާއްޖެޓީވީގެ ސީއޯއޯ އާއި ގާނޫނީ ވަކީލުން ބްރޯޑްކޮމްއަށް ވަޑައިގެންނެވުމަށްފަހު --

ރާއްޖެޓީވީގެ ސީއޯއޯ އާއި ގާނޫނީ ވަކީލުން ބްރޯޑްކޮމްއަށް ވަޑައިގެންނެވުމަށްފަހު --

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިދިއަ މާރޗު މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން ރާއްޖެޓީވީގެ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފި އެވެ.

އެ މައްސަލާގައި ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖެޓީވީން 16 މާރޗް 2018 ވަނަ ދުވަހުގެ ރޭ 21:21 އިން 23:35 އަށް ބްރޯޑްކާސްޓްކުރި "މުޒާހަރާގެ ލައިވް ކަވަރޭޖް"ގައި ގައުމުގެ އަމަންއަމާންކަން ނަގާލައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭފަދަ ކޮށްޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ބްރޯޑްކޮމްއިން ފޮނުވާފައިވާ އެސިޓީގައި ބުނެފައި ވަނީ މި މައްސަލައާގުޅޭ ކޮންޓެންޓުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 09 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި، ހަމަ އެގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ބ)އާ ހިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ ކޮމިޝަނުން އެގޮތަށް ބުނެ ފޮނުވާފައިވާ ލިޔެކިޔުންތަކުގައި އެ މުޒާހަރާގެ ލައިވް ކަވަރޭޖްގައި ޕްރެސެންޓަރު ކޮށްފައިވާ ސުވާލުތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ލައިވްގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން ދައްކާފައިވާ ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފަ އެވެ.

ނަމަވެސް އެމީހުން ދައްކާފައިވާ ވާހަކައިން ގައުމުގެ އަމަންއަމާންކަން ނަގާލުމާއި ރައީސް ޔާމީންގެ އަބުރު ގެއްލެނީ ކޮން ސަބަބަކާހުރެކަމެއް ބަޔާން ކޮށްދީފައެއް ނުވެއެވެ. ހަމައެކަނި ދެއްކި ވާހަކަ ތަކުގެ ސްކްރިޕްޓް ލިޔެފައިވާއިރު، ދެން ހިމަނާފައިވަނީ ހިލާފުވި ކަމަށްބުނާ ގާނޫނުގެ މާއްދާ އެވެ. ދައްކާފައިވާ ވާހަކަތަކާ އެމާއްދާއާ ހިލާފުވާ ސަބަބެއް ބުނެދީފައެއް ނުވެއެވެ.

އެހެންކަމުން ބްރޯޑްކޮމްއިން ފޮނުވި ލިޔެކިޔުންތަކުން ސާފުނުވާ ގިނަ ކަންކަން ހުރުމުން ރާއްޖެޓީވީން ވަނީ އެކަންކަން ސާފުކޮދިނުމަށާއި ބްރޯޑްކޮމްގެ އިހުތިސާސްގެ ތެރޭގައި ނުވާކަމެއްގެ ތަހުގީގެއް ހިންގަމުންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައެވެ.

ބްރޯޑްކޮމްއިން ފޮނުވާފައިވާ ލިޔެކިޔުންތަކުން ސާފުނުވާކަންކަން ސާފު ކުރެއްވުމަށް ބުދަ ދުވަހު ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާއާއި މިމައްސަލާގައި ރާއްޖެޓިވީގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލުން ކަމަށްވާ އަލީ ހުސައިން އާއި ނިޝާން އިބްރާހިމް ވަނީ ބްރޯޑްކޮމްއާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް މި ބައްދަލުވުމުންވެސް އެއްވެސް ކަމެއް ސާފުވާގޮތް ނުވުމުން ލިޔުމުން އެކަންކަން ސާފުކޮށްދިމަށް އެދިފައިވާ ކަމަށް ރާއްޖެޓީވީގެ ވަކީލުން ވިދާޅުވި އެވެ.

"އެލިޔެކިޔުންތަކުގައި ސާފުނުވާ ކަންކަން އެބަހުރި. އަދި ބައެއް ކަންތައްތަކީ ބޮރޯޑްކާސްޓިން ކޮމިޝަނަށް ތަހުގީގު ކުރުމުގެ ބާރުލިބިގެންވާ މައްސަލަތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރަން. މިމަސައްލައާއި ގުޅިގެން އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ކޮމިޝަނަށް ވާނީ ހުށަހަޅާފައި. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާނީ ބޮރޯޑްކާސްޓިންގ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެމައްސަލާގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނޫންނިއްޔާ ތަހުގީގު ނުކުރެވޭނެ ބައެއް ކަހަލަ މައްސަލަތައް ބްރޯޑްކޮމްއިން ތަހުގީގު ކުރާކަން. އަނެއްކަމަކީ ފޮނުވާފައިވާ ލިޔެކިޔުންތަކުން އަޅުގަނޑުމެންނަކަށް ނޭނގޭ ޖަވާބުދާރީވާންވީ ކޮންކަމަކަށްކަމެއް،" މިމައްސަލާގައި ރާއްޖެޓީވީގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

17 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު