Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަސަން ލަތީފު

އެމްޑީޕީ މިވުޖޫދުން ނުފޮހެވޭނެ: ހަސަން ލަތީފު

23 މެއި 2018 | ބުދަ 12:21

އެމްޑީޕީން މިމަހު 30 ގައި ބައްވާ ޕްރައިމެރީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރުވުމަށް ގޮވާލި

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2018 | ބުދަ 12:21
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެޕާޓީ އުވާލާނެ ކަމުގެ އިންޒާރު ދީފައިވަނި ކޮށް މިމަހު 30 ގައި ބައްވާ ޕްރައިމަރީގައި ގިނަ ބަޔަކު ނުކުމެ ވޯޓުގައި ބައިވެރިވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީން ގެނެސްދޭ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ފަންސާސް ހާހަށްވުރެ ގިނަ މެންބަރުން ތިބި އެންމެ ބޮޑު ސިޔާސީ ޕާޓީ އިލެކްޝަން ކޮމިޝަނަށް އުވާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނަށް ކަރުދާސް ހުރެއްޖެނަމަ ޕާޓީ އުވާލާފައިވާ ކަމަށް ބަޔާނެއް ނެރެވިދާނެ ކަމަށާއި، މިވުޖޫދުން ޕާޓީ ފުހެލުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމިންގެ އެންގެވުމުގެ މަތިން ޕާޓީއަށް ބިރު ދެއްކި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ރައީސް ނަޝީދަށްް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެވޭނެ ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ނަޝީދަށް ވަދާކުރެވޭނެކަން ފަހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ މިމައްސަލައާ ގުޅޭ ގޮތުން އދ އިން ދެފަހަރެއްގެ މަތިން ނިންމުންތައް ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ މައްޗައް ހިންގުނު ޝަރީއަތަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރާފައިވާ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެޝަރީއަތަކީ ބާތިލް ޝަރީއަތެއް ކަމަށް ނިންމާފައިވާ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އދ ގެ އިތުރަށް ރާއްޖެގެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ވެސް ރައީސް ނަޝީދުގެ ހުކުމަކީ ބަތިލް ހުކުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސްޕްރިމްކޯޓުގެ އަމުރު މިސަރުކާރުން ތަންފީޒު ކުރުމަށް ނުކުޅެދިފައިވީ ނަމަވެސް ގާނޫނީ ހަމައަކުން ބަލާނަމަ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

" ރައިސް ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން އދ އިން ދެފަހަރުމަތިން އެބައޮތް ނިންމުމެއް ނިންމާފައި. އެންމެ ފުރަތަމަ 2015 އެބައޮތް ޔޫއެން ވޯކިން ގްރޫޕް އޮން އާރބިޓަރީ ޑިޓެންޝަނުން ރައީސް ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ނިންމުމެއް ނިންމާފަ. ރައީސް ނަޝީދު ހައްޔަރުކުރި ގޮތާއި ރައީސް ނަޝީދުގެ މައްޗައް ކުރެވުނު ތުހުމަތާއި ރައީސް ނަޝީދު މައްޗައް ކުރި ދައުވާއާ އަދި ހައްޔަރުކޮށްގެން ބައްހައްޓާފައި ހުރި ގޮތާއި އޭގެ ފަހުން ޝަރީއަތް ހިނގި ގޮތާއި ކުރެވުނު ހުކުމާއި މިހުރިހާ ކަމަކީ ރާއްޖޭގެ ގާނުނު އަސާސީއާ އަދި ބައިނަލްއަގްވާމީ އެކިއެކި ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ހިނގާފައި ހުރި ކަންކަން ކަމަށް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތު ހަމަވޭތޯ ނުވަތަ ހަމަނުވޭތޯ ގޮތް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓުގައި 5 ފަޑިޔާރުން ހަމަވާ ބެންޗަކަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނަށް މިކަންކަމާ ނުބެހެވޭނެ ކަމަށާއި، މިހާރު އެކޮމިޝަނުން މަސައްކަތް ކުރައްވަނީ މެންޑޭޓުން ބޭރުން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެޕާޓީން ނެރޭ ކެންޑިޑޭޓަކީ ރައީސް ޔާމިންގެ ހިތްފުޅާވާ ބޭފުޅަކަށް ވާން ނުޖެހޭނެ ކަމަށާއި، ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަނީ ޕާޓީގެ މެންބަރުން ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް