Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ.ގައްދޫ

ވިއްސާރައިގައި ވެސް ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމް ދަނީ ކުރިއަށް

19 މެއި 2018 | ހޮނިހިރު 07:57

ނަޝީދުގެ ކެމްޕެއިން ޓީމް ގދ އަތޮޅުގެ ގިނަ ރަށްތަކަށް ވަނީ ޒިޔާރަތް ކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 މެއި 2018 | ހޮނިހިރު 07:57
ކެންޕޭން ޓީމުން ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ...

ކެންޕޭން ޓީމުން ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ...

މޫސުން ގޯސްވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމް ގދ އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތް ކުރަމުން އެބަދެއެވެ.

މިއަދު ކެންޕޭން ޓީމުން ވަނީ ގދ އަތޮޅު ގައްދޫއަށް ގޮސްފައެވެ. އެއަށްފަހު އެޓީމު ދިއުމަށް ހަމަޖެހިފައިވަނީ ވާދުއަށާއި، ގދ ތިނަދޫއަށެވެ. އަދި މިރޭ ގދ ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ގައްދޫގެ ކެންޕޭންގެ ތަފާތު ހަރަކާތްތައް މިހާރު ކުރިއަށް ގެންދާއިރު އެހިސާބަށް މޫސުން ވަރަށް ގޯސް ކަމަށާއި، ނަމަވެސް ކެންޕޭންގެ ހަރަކާތްތައް ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާ ކަމަށް އެރަށުގައި ހަރަކާތްތެރި ވަމުން އަންނަ ރާއްޖެ ޓިވީގެ ނޫސްވެރިޔާ މައުލޫމާތުދެ އެވެ. ކެންޕޭން ޓީމް ޒިޔާރަތް ކުރި އެހެން ރަށްތަކުގައި ވެސް ވަރަށް ގަދައަށް ކެންޕޭންގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަންކުރެއްވި މުހައްމަދު އަސްލަމް އިސްކޮށް ހުންނަވާ މި ޓީމުން އެރަށްރަށުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކާ ބައްދަލުކޮށް ކެންޕެއިން ހަރަކާތް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ކޮންމެރަށެއްގައިވެސް ރައީސް ނަޝީދުގެ ކެންޕެއިން ޕޯސްޓަރުތައް ތަތް ކުރުމާއި ތާއީދު ފޯމުގައި ސޮއި ކުރުންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލެއިން ގދ ތިނަދޫއަށް ދިޔަ މިޓީމުގެ ހަރަކާތްތައް ފަށާފައިވަނީ ހެނދުނު 10 ޖެހިއިރު ގދ މަޑަވެލިންނެވެ. އެއަށްފަހު އެއަތޮޅު ހޯޑެއްދޫ، ނަޑެއްލާ، ފިޔޯރީ، ރަތަފަންދޫ އަދި ފަރެސްމަތޮޑާއަށް މިޓީމުން ވަނީ ގޮސްފައެވެ.

ގދ އަތޮޅުގައި މިޓީމުން ހަރަކާތްތެރިވާއިރު ހަމަ މިޓީމާއެކު ގދ ތިނަދޫއަށް އައި އެހެން ޓީމެއް ގއ އަތޮޅު ރަށްރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް