Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ސައުދީ ވަލީއަހުދު އަވަހާރަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި!

18 މެއި 2018 | ހުކުރު 14:40

އެހެންނަަމަވެސް ސައުދީ ޕްރެސް އެޖެންސީ އިން ވަނީ ސަލްމާން އަވާހާރަނުވާކަން ހާމަކުރުމަށް އެމަނިކުފާނުގެ ފޮޓޯ އެއް ހުކުރު ދުވަހު އާންމުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 މެއި 2018 | ހުކުރު 14:40
ސައުދި ޕްރެސް އެޖެންސީ އިން އާންމު ކުރި ސަލްމާން ގެ ފޮޓޯ، ސަލްމާން (ކ) ތިންވަނަ އަށް

ސައުދި ޕްރެސް އެޖެންސީ އިން އާންމު ކުރި ސަލްމާން ގެ ފޮޓޯ، ސަލްމާން (ކ) ތިންވަނަ އަށް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިދިޔަ އޭޕްރީލް މަހު ބަޣާވާތެއް ގެންނަން އުޅުނު ކަަމަށާއި އެ ބަޣާވާތުގައި ސައުދީގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާން ފަހަރުގައި އަވާހަރަވެފައިވާ ކަމަށް އިރާނާއި ރަޝިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވަނީ ރިޔާދުގެ އަލްޚުޒާމާ އަވަށުގައި ކަމަށްވާއިރު އެއީ ރަސްގެފާނު ސަލްމާން އާއި ޝާހީ އާއިލާގެ އެހެން ބައެއް ބޭފުޅުންގެ ގަނޑުވަރުތައްވެސް ހުންނަ ސަރަހައްދެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ވަަލީއަހުދު ސަލްމާން ގެ ގައިކޮޅަށް ވަނީ ދެ ވަޒަން އަރާފައެވެ. އަދި މިކަމުގެ ސަބަބުން އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށާއި އެމަނިކުފާނު އާންމުންގެ ތެރެއިން ނުފެންނަނީ އެހެންވެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 21 އޭޕްރީލް ގައި ހިނގި ހާދިސާ އާ ގުޅިގެން ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ގަނޑުވަރުތަކުގެ ސަލާމަތީ ފާރުތައް ފޫއަޅުވާލުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށާއި ނަމަވެސް ޝާހީ ގަނޑުވަރުތައް ކައިރީގައި އުދުހެމުންދިޔަ ޑްރޯންއެއް ސަލާމަތީ ބާރުތަކުން ބަޑިޖަހައި ވައްޓާލާފައިވާ ކަމަށެވެ.

އިރާނުގެ ޕްރެސް ޓީވީ އިން ރިޕޯޓުކުރާ ގޮތުން 21 އޭޕްރީލް ގައި ހިނގައި ދިޔަ ހާދިސާ އަށްފަހު ވަލީއަހުދު ސަލްމާންގެ ފޮޓޯ އެއްވެސް އަދި ވީޑިއޯ އެއްވެސް ސައުުދީގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އޭޕްރީލް ފަހުކޮޅުގައި އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް މަައިކް ޕޮމްޕެއޯ ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައިވެސް ސަލްމާން ޓީވީ ކެމެރާތަކަށް ފެނިފައި ނުވާކަމަށް ޕްރެސް ޓީވީ އިން ބުނެއެވެ.

ސަލްމާން އަވަހާރަވުމާ ބެހޭ ސުވާލުތަކެއް މީޑިއާގައި ކުރަމުންދާއިރު ސައުދީގެ ރަސްމީ މީޑިއާ ކަމަށްވާ ސައުދީ ޕްރެސް އެޖެންސީ އިން ވަނީ ވަލީއަހުދުގެ އާ ފޮޓޯ އެއް ހުކުރު ދުވަހު ޓްވީޓްކޮށް އެމަނިކުފާނު ހެޔޮހާލުގައި ދުނިޔޭގައި ހުންނެވިކަން ހާމަކޮށްފައެވެ. މި ފޮޓޯ ގައި ސަލްމާން ފެނިގެން ދަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި އަބޫ ދާބީ އަދި ބަހްރައިންގެ ވެރިންނާއެކު ހުންނަވަނިކޮށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް