Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޔެން ރޮބެން

އައު ކޮންޓްރެކްޓްގައި ރޮބެން ސޮއިކޮށްފި

17 މެއި 2018 | ބުރާސްފަތި 20:22

ރޮބެން ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 މެއި 2018 | ބުރާސްފަތި 20:22
އާޔެން ރޮބެން ކޮންޓްރެކްޓް އާކުރުމަށްފަހު

އާޔެން ރޮބެން ކޮންޓްރެކްޓް އާކުރުމަށްފަހު

ޖަރުމަނުގެ ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ވިންގަރ އާޔެން ރޮބެން އާކޮށްފިއެވެ.

ބަޔާންއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ރޮބެން ވަނީ އިތުރު އެއް އަހަރު ބަޔާންގައި މަޑުކުރުމަށް އެއްބަސްވެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ރޮބެންގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ރަފީންޔާ އަދި ފްރާންސްގެ ވިންގަރ ފްރޭންކް ރިބެރީ ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފައެވެ.

ބެލެވޭ ގޮތުގައި އުމުރުން 34 އަހަރުގެ ރޮބެން މި ސީޒަން ނިންމާލުމަށްފަހު ޗައިނާގެ ކްލަބަކަށް ބަދަލުވާން އޮތީ އެއްބަސްވެފައެވެ. އެގޮތުން އޭނާ ވެސް ވަނީ ކޮންޓްރެކްޓް އާކުރުމުގެ ކުރިން އެހެން ކްލަބަކަށް ބަދަލުވާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އޭނާގެ އުމުރުގެ ސަބަބުން ބަޔާންއަށް އިތުރު ސީޒަނެއް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް ރޮބެން ބުނެފައިވެއެވެ.

މި ސީޒަނުގައި ރޮބެން ބަޔާންއަށް ކުޅުނު މެޗުތަކުގައި އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައިވާއިރު އެ ޓީމާއެކު އޭނާ ވަނީ ޖަރުމަނު ބުންޑެސްލީގާ ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ރަފީންޔާ ވެސް ވަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. ރަފީންޔާ ބަޔާންއާ ގުޅުނީ 2011 ވަނަ އަހަރު އިޓަލީގެ ޖެނޯއާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހަސަން ސަލިހަމިޑްޒިޗް ބުނެފައިވަނީ މި ރޮބެންއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި ރޮބެންގެ ކޮންޓްރެކްޓް އާކުރުމަކީ ބަޔާންއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ހަމައެހެންމެ އޭނާއަކީ އަންނަ ސީޒަނުގައި ވެސް ބަޔާންގައި މުހިންމު ދައުރެއް އަދާކުރާނެ ދެ ކުޅުންތެރިޔެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ވަކިން ހާއްސަކޮށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޮބެން ޖެހި ލަނޑުން އޭނާއަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ސަލިހަމިޑްޒިޗް ބުނެފައިވެއެވެ. އޭނާ ބުނީ ރޮބެންއަކީ މިހާރު ބަޔާންގައި ވަރަށް ނުފޫޒް ގަދަ ކުޅުންތެރިޔެއް ކަމަށެވެ.

ބަޔާން މިއުނިކްއިން އަންނަނީ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސީޒަނަށްފަހު ވަގުތީ ކޯޗެއްގެ މަގާމުގައި ހުރި ޖުޕް ހެއިންކޭސް އެ މަގާމު ދޫކޮށްލަން ހަމަޖެހިފައިވުމާއެކު އެ ޓީމުން ވަނީ ދާއިމީ ކޯޗެއްގެ ގޮތުގައި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ނިކޮލައި ކޮވާޗް ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް