Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ރައީސް ސީސި

ފަލަސްތީނާއި އިޒްރާއިލާއެކު ދަނީ ވާހަކަ ދެކެވެމުން ކަމަށް މިސްރުގެ ރައީސް ވިދާޅުވެއްޖެ

17 މެއި 2018 | ބުރާސްފަތި 06:52

ފިލާވަޅުން އިބްރަތް ހާސިލް ކުރުމަށް ގޮވާލައިފި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 17 މެއި 2018 | ބުރާސްފަތި 06:52
ފަލަސްތީނުގެ ދިދަ ރައްޔިތަކު ވިހުރުވާލަނީ

ފަލަސްތީނުގެ ދިދަ ރައްޔިތަކު ވިހުރުވާލަނީ

ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމުން ފަލަސްތީނާއި އިޒްރާއިލް މެދުގައި އުފެދުނު ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެ ދެ ގައުމާއެކު ވާހަކަ ދެކެވެމުންދާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސި ވިދާޅުވެއްޖެއެވެ.

މިސްރުގެ ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރު ހަމަނުޖެހުންތަކަށް ނުދިޔުމަށް އިލްތިމާސްކޮށްފައެވެ. އެހެންނޫނީ އަނެއްކާވެސް ގިނަ އަދެއްގެ ފަލަސްތީނުގެ ރައްޔިތުން މަރުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން ވަނީ ގުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާއެކު ހިތްހަމަ ނުހެޖެހޭ ކަން ފާޅުކުރުމުގެ ގޮތުން އިޒްރާއިލުގެ ބޯޑަރު ކައިރިއަށް ޖަމާވެ މުޒާހަރާ ކުރަން ފަށާފައެވެ. އިޒްރާއިލުގެ ބޯޑަރ ބަލަހައްޓާ ސިފައިން ވަނީ 60އަށް ވުރެ ގިނަ މީހުން ގަތުލް ކޮށްފައެވެ.

"ލޭކެކެމުންދާ، ޚިޔާލު ފާޅުކުރަމުންދާ އަޅުގަނޑުގެ އަޚް ފަލަސްތީނުގެ ރައްޔިތުން (ހޯމަ ދުވަހު ލިބުނު) ފިލާވަޅުން އިބްރަތް ހާސިލް ކުރުމަށް ގޮވާލަން. އަދި ކުރި މަގުގައި މުޒާހަރާތައް މަޑު ނުޖައްސައިފިނަމަ މަރުވެގެންދާ ރައްޔިތުންގެ އަދަދު ދާނީ އިތުރުވެގެން" ސީސި ވިދާޅުވިއެވެ.

"ގުދުސްގައިި އެމެރިކާގެ އެމްބެސީ ހުޅުވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކިހާ ވަރެއްގެ އަސަރެއް ކުރާނެކަން އިޒްރާއިލަށް ވިސްނޭނެ ކަމަށް އުމްމީދުކުރަން"

ގައުމީ ޗެނަލުން ވަގުތުން ދައްކަމުން ދިޔަ ޕްރޮގްރާމެއްގައި ސީސި ވަނީ ފަލަސްތީން - އިޒްރާއިލް ހަމަނުޖެހުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދެގައުމާއެކު ވެސް ވާހަކަ ދެކެވެމުން ދާކަމަށް ވިދާޅުވެފައެވެ. އަދި މިސްރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ލޭ އޮހުރުވުން ހުއްޓުވަން މަސައްކަތް ކުރަމުން ކަން ވެސް ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުން މުސްލިމް ގައުމުތަކާއި ފަލަސްތީނުގެ ރައްޔިތުން ހިތް ހަމަ ނުޖެހޭނެކަން މީގެ ކުރިން ވެސް މިސްރުން ވަނީ ފާހަގަ ކޮށްފައެވެ.

ފާއިތުވި ހަތް ހަފްތާގައި ފަލަސްތީނުން އިޒްރާއިލްއާއި ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި 100އަށް ވުރެ ގިނަ ފަލަސްތީނުން ރައްޔިތުން ވަނީ ގަތުލް ކޮށްލާފައެވެ. މީގެ ތެރެއިން ގިނަ މީހުން މަރާލައިފައި ވަނީ ސްނައިޕަރުން ބޭނުން ކޮށްގެނެވެ.

އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބުރާސްފަތި ދުވަހު ވަރަށް ޚާއްސަ ބައްދަލުވުމެއް އިޒްރާއިލާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރާވައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް