Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންވަރު މެލޭޝިއާ

އަންވަރު އިބްރާހިމް މެލޭޝިއާގެ ޖަލުން ފުރިހަމަ މިނިވަނެއްގެ ގޮތުގައި ނިކުމެއްޖެ

16 މެއި 2018 | ބުދަ 08:14

ހޮސްޕިޓަލުން ދިޔައީ ސީދާ ގަނޑުވަރަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 16 މެއި 2018 | ބުދަ 08:14
އަންވަރު އިބްރާހިމް

އަންވަރު އިބްރާހިމް

މެލޭޝިއާގެ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމަށް ރަސްގެފާނު ބުދަ ދުވަހު ދެއްވި މައާފާއެކު ފުރިހަމަ މިނިވަނެއްގެ ގޮތުގައި ޖަލުން ނިކުމެވަޑައިގެންފިއެވެ.

ރަސްމީކޮށް އަންގާރަ ދުވަހު ދޫކޮށްލަން ހަމަޖެހިފައިވާ އަންވަރު، ޗެރަސް ރިހިބިލިޓޭޝަން ހޮސްޕިޓަލްގައި އޮޕަރޭޝަނެއް ކޮށްގެން ވަގުތީ ގޮތުން މީހުން ނޫޅޭ ސަރަހައްދުން ވަނީ ރަސްގެފާނު ސުލްތާން މުހައްމަދު ފަސްވަނަ ގަނޑުވަރަށް ވަޑައިގެންފައި ކަމަށް މެލޭޝިއާގެ ސްޓާރ ނޫހުން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

މެލޭޝިއާގެ ނޫހެއް ކަމަށްވާ ބާނަމާ އިން އާންމު ކޮށްފައިވާ ފޮޓޯއަކުން އަލަށް އިންތިޚާބް ވެ ވަޑައިގެންފައި ވާ ބޮޑުވަޒީރު މަހާތިރް އާއި އަންވަރު ސަލާމް ކުރައްވާ ތަން ފެނިވަޑައި ގަންނަވައެވެ. އެހެން ފޮޓޯއަކުން އަންވަރުއާއި އަނބިކަބަލުން ވަން އަޒީޒާ ވަން އިސްމާއިލަށް ރަސްގެފާނު މަރުހަބާ ވިދާޅުވާތަން ފެނެއެވެ.

މަހާތިރް ވަނީ ރަސްގެފާނު ގަޑުވަރަށް ވަޑައިގެން އަންވަރަށް މައާފް ދިނުމާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާގައި ބައިވެރިވެ ވަޑައިގެން ފައެވެ. މަހާތިރް ކެމްޕޭނުގައި ވެވަޑައިގެންނެވި އެއް ވައުދަކީ އަންވަރަށް ރަސްގެފާނުގެ މައާފް ހޯދައިދެއްވުމުގެ ވައުދެވެ.

މަޖިލީހުގެ އިންތިޚާބް ކާމިޔާބު ކުރި ކޯލިޝަންގެ 113 ގޮޑީގެ ތެރެއިން 48 ގޮނޑި ތަމްސީލު ކުރަނީ އަންވަރުގެ ޕާޓީއިންނެވެ. މަހާތިރް މަގާމުން ދުރުވާއިރު ބޮޑުވަޒީރަކަށް އައްޔަން ކުރެވޭނީ އަންވަރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަންވަރް ޖަލުގައި ވޭތުވިޔަ ދުވަސްތައް ހޭދަ ކުރައްވަން ޖެހިވަޑައިގެންފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަދުއަޚްލާގީ އަމަލު ހިންގެވިކަމަށް ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ. އެހެންނަމަވެސް އަންވަރު ވަނީ އެއީ ސިޔާސީ ގޮތުން ކުރި ދައުވާ އެއްކަމަށާއި އެއީ އެބޭފުޅާގެ ދުވަސް ދުއްވާލަން ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. .

ބަދުއަޚްލާގީ އަމަލު ހިންގުމަކީ މެލޭޝިއާގައި މަނާކަމެއް ކަމަށްވެފައި ކުށް ސާބިތުވާ މީހާގެ މައްޗަށް ގިނަވެގެން 20 އަހަރު ދުވަހާ ހަމައަށް ޖަލު ހުކުމެއް އިއްވުމުގެ ފުރުޝަތު އޮވެއެވެ.

މެލޭޝިއާގެ ގާނޫނު ބުނާ ގޮތުން އަންވަރަށް އެއްވެސް ސިޔާސީ މަގާމަކަށް ކުރިއަށް އޮތް ފަސްއަހަރު ދުވަހު ރަސްގެފާނުގެ މައާފު ނުލިބޭނަމަ ވާދަ ނުކުރެވޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ

29 މާރިޗު 2017
ޤާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަނީ
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
06 މާރިޗު 2017

މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

06 މާރިޗު 2017
މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް