Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މަހްލޫފް

މަހްލޫފްގެ ޓްވީޓްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމައި، މިމަހުގެ 20 ގައި ޝަރީއަތް!

15 މެއި 2018 | އަންގާރަ 12:10

މަހްލޫފްގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވަނީ ސަސްޕެންޑް ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 މެއި 2018 | އަންގާރަ 12:10
މެމްބަރު އަހުމަދު މަހްލޫފް

މެމްބަރު އަހުމަދު މަހްލޫފް

މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވެ، ކުރެއްވި ޓްވީޓަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ނިންމައި، މިމަހުގެ 20 ވަނަ ދުވަހު އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ނިންމައިފި އެވެ.

ހިނގާފައި ނުވާކަމެއް ހިނގާފައިވާކަމަށްބުނެ ދޮގު މައުލޫމާތު ދިނުމުގެ އެދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅޭ މައްސަލަ އެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދްމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލައާ ގުޅިގެން ދައުލަތުންނާއި މަހްލޫފްގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ހެއްކާއި ހުރިހާ ލިޔެކިޔުންތައް ހުށަހަހެޅުމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވިނަމަވެސް އެއްވެސް ފަރާތަކުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޝަރީއަތަށް މިހާރު ހުށަހަޅާފައިވާ ހެއްކާއި ގަރީނާ ފިޔަވާ އިތުރު ލިޔެކިޔުމެއް ހުށަހަޅަން ނެތް ކަމަށެވެ. މަހްލޫފް ވިދާޅުވީ އޭނާ ލިޔެކިޔުންތައް ހުށަހަޅަން ކޯޓަށް ވަޑައިގެންނެވިއިރު، މުއްދަތަ ހަމަވެފައިވާ ކަމަށްބުނެ ބަލައި ގަނެފައި ނުވާ ކަމަށެވެ. އަދި ފަހުން ސިޓީއަކުން އެދިފައިވާނެ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ލިޔެކިޔުންތައް ހުށަހެޅުމަށް މެއި މަހުގެ ތިން ވަނަަ ދުވަހުގެ 14:00ގެ ކުރިން އެންގުމުން އެ ލިޔެކިޔުންތައް ހުށަހެޅުމަށް މަހްލޫފް ވަޑައިގެންނެވީ މިމަހުުގެ ހަ ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެއްވެސް އެއްޗެއް ނާންގާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ދެން ލިޔެކިޔުންތައް ބަލައިގަތުމުގެ ފުރުސަތެއް ނެތް ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މި އަޑުއެހުމަށް މަހްލޫފް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލައެވެ. މަހްލޫފް ވިދާޅުވީ ނާޒިމް ޓްވީޓް ކުރެއްވި ކަމަށްބުނާ އެ ޓްވިޓަރ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަމަށް ކަށަވަރު ކުރުމެއްނެތި ސަސްޕެންޑް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އެހެންކަމުން ނާޒިމްގެ ސަސްޕެންޝަން އުވާލާ އަލުން އޭނާގެ ވަކީލެއްގެ ގޮތުގައި ނާޒިމް ބަލައިގަތުމަށް މަހްލޫފް އެދިލެއްވި އެވެ.

ގާޒީ ވިދާޅުވީ އެމައްސަލައާ ގުޅިގެން ނާޒިމް ސަސްޕެންޑް ކޮށްފައިވާއިރު، ނާޒިމްގެ ފަރާތުން އެކަމުގެ ޝަކުވާއެއް ނުވަތަ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ އެކައުންޓަކީ ނާޒިމްގެ އެކައުންޓެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެހެންކަމުން މިމައްސަލައަށް ނާޒިމް ސަސްޕެންޑްކޮށްފައިވާ ކުރުން ހަމަ އެގޮތުގައި އެބައޮތް ކަމަށެވެ.

ނާޒިމް ސަސްޕެންޑް ކުރުމާއި ގުޅިގެން މަހްލޫފްގެ މިމައްސަލާގައި ވަކާލާތު ކުރެއްވި ދެން ތިއްބެތި ގާނޫނީ ވަކީލުން ކަމަށްވާ އަހުމަދު އަބްދުﷲ އަފީފާއި މުހައްމަދު ހައްސާނު ވަނީ މަހްލޫފް އެދިވަޑައިގެންނެވުމުގެ މަތިން މިމައްސަލައިން ތަނާޒުލް ވެފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ދައުލަތުން ހެކި ހުށަހެޅުމުން މިމަހުގެ 20 ވަނަ ދުވަހު މިމައްސަލައިގެ ޝަރިއަތްތައް ފަށައި އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކި ބަސް ނަގާނެކަމަށް އިއުލާން ކުރެއްވުމަށްފަހުގަ އެވެ.

ދައުލަތުން ހެކީގެ ގޮތުންގައި ހުށަހަޅާފައިވަނީ މިމައްސަލާއި ގުޅިގެން ފުލުހުންނަށް މަހްލޫފް ދެއްވާފައިވާ ބަޔާނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދެ ސިޓީއަކާއި މަހްލޫފްގެ ޓްވިޓަރ އެކައުންޓަކީ އޭނާގެ އެކައުންޓެއްކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިތަކެވެ.

މަހްލޫފްގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް