Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެޑްކްރެސެންޓް ކެމްޕެއިން

ރުފިޔާއެއް ކެމްޕެއިން ރެޑްކްރެސެންޓުން ފަށައިފި

15 މެއި 2018 | އަންގާރަ 08:52

މިއީ ފަންޑްރެއިސިންގ ކެމްޕޭނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މެއި 2018 | އަންގާރަ 08:52
ރެޑްކްރެސެންޓުން ހަރަކާތްތެރިވަނީ

ރެޑްކްރެސެންޓުން ހަރަކާތްތެރިވަނީ

ދިވެހި ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ ދިވެހި ރެޑް ކްރެސެންޓުން ރަމަޟާން މަހާ ދިމާކޮށް "ރުފިޔާއެއް ކެމްޕޭން 2018" ގެ ނަމުގައި ފަންޑްރެއިސިންގ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ ރެޑް ކްރެސެންޓްގެ އިމަރޖެންސީ ރެސްޕޮންސް ފަންޑް ނުވަތަ ކުއްލި ޙާލަތްތަކަށް އިޖާބަދޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

Advertisement - newsAdvertisement

ރެސްޓޯރެންޓުތަކާއި ކެފޭތަކާ ގުޅިގެން ހިންގާ މި ކެމްޕޭނުގެ ދަށުން ކެމްޕޭނުގައި ބައިވެރިވާ ކޮންމެ ރެސްޓޯރެންޓް އަދި ކެފޭއަކުން، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 60 ދުވަސް ވަންދެން، އެ ތަނަކުން ޚިދުމަތް ލިބިގަންނަ ކޮންމެ ކަސްޓަމަރެއްގެ ބިލަށް އަރާ ޖުމްލަ އަދަދުގެ ތެރެއިން 1 ރުފިޔާ ދިވެހި ރެޑްކްރެސެންޓަށް ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނާނެ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

މިއަހަރު މިކެމްޕޭނުގައި 10 ފަރާތަކުން ވަނީ ގުޅިފައެވެ. އަދި ކެމްޕޭނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޑް ކްރެސެންޓާ ގުޅާ ކެމްޕޭނާ ގުޅޭނެ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޤާނޫނު ނަންބަރު 7/2009 ގެ ދަށުން ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ.

ދިވެހި ރެޑް ކްރެސެންޓުގެ އަސާސީ މަޤުޞަދަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ނާޒުކު ނިކަމެތި ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި މުސްތަޤިއްލު ކަމާއިއެކު މަސައްކަތްކޮށް، އެފަރާތްތައް އެފަދަ ހާލަތްތަކުން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމެވެ.

ރާއްޖޭގެ 20 ރަށެއްގައި 2000 އަށް ވުރެ ގިނަ ދަރުމަވެރިން، މެމްބަރުން އަދި މުވައްޒަފުންނާއެކު ދިވެހި ރެޑް ކްރެސެންޓުން މައިގަނޑު 3 ދާއިރާއަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ ސިއްޙަތާ ދުޅަހެޅޮކަން އިތުރުކުރުމާ، ކާރިޘާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާ، ޒުވާނުންގެ ގާބިލްކަން އިތުރުކޮށް ބާރުވެރި ކުރުމުގެ ދާއިރާ އިންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް