Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

ރޯދަ މަކުރޫހަވުން އަދި ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަހިފުމަށް ނުކުޅެދިއްޖެ މީހާ، ރޯދަވީއްލުން ހުއްދައެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 07:39
މިސްކިތެއްގައި ރޯދަ ވީއްލުމަށް ތައްޔާރުކުރަނީ -ފައިލް ފޮޓޯ

މިސްކިތެއްގައި ރޯދަ ވީއްލުމަށް ތައްޔާރުކުރަނީ -ފައިލް ފޮޓޯ

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ ފަރުޟު ރޯދަ އާއި ސުންނަތް ރޯދަ ހިފާނެ ގޮތާއި ރޯދައިގެ ހުކުމްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. މިއީ މެއި 15، 2018 ވަނަ ދުވަހު ޝާއިޢުކުރެވިފައިވާ ލިޔުމާ ގުޅޭ ބައެވެ.

ރޯދަވެރިޔާއަށް މަކުރޫހު ކަންތައްތައް:

  • މީހުންނަށް ހުތުރު އެއްޗެހި ގޮވައި މަލާމާތްކޮށް އުޅުން.
  • އިރު އޮއްސިއްޖެކަން ޔަޤީންވުމާއެކު، ރޯދަ ވީއްލުން ފަސްކުޅައުން.
  • އެއްޗެހި އަނގަޔަށްލައި ހަފައި އުޅުން.
  • ކާއެއްޗެހީގެ ރަހަބަލައި އުޅުން.
  • ކަވާޖެހުމާއި ނާރުޖެހުން.
  • ތިމާގެ ޝަހުވާނީ އެދުންތައް ހިލިދާނެކަމަށް ހީނުވުމާއެކު ތަޤުބީލުކޮށްއުޅުން. އެކަން ހިލިދާނެކަމަށް ހީވާނަމަ އެއީ ޙަރާމްކަމެކެވެ.
  • ތިމާގެ އަނގަ ތަޣައްޔަރުވުން ފަދަ ސަބަބެއް މެދުވެރިވެގެން މެނުވީ މެންދުރުގެ ފަހުގައި ދަތްއުގުޅުން.
  • ހުވަދުލުމާއި، އަދުން އެޅުން.
  • މީރުވަސްދުވާ ތަކެތީގައި ވަސްގަތުމާއި އެފަދަތަކެތީން ދުންބުރުވުން.
  • ރޯދައިގެ ޙިކުމަތާއި އެކަށީގެންނުވާ ފަދަ ދުނިޔަވީ ކޮންމެ މީރުކަމެއް ލިބިގަތުން.

ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް:

  • ރޯދަވީއްލުން ހުއްދަކުރާ ޢުޛުރުތަކުގެ ތެރެއިން ފުރަތަމަ ޢުޛުރަކީ ބައްޔެވެ. ބަލިވެއުޅޭ މީހާ ރޯދަ ހިފުމުގެ ސަބަބުން ބަލިބޮޑުވެދާނެކަމަށް ނުވަތަ ފަސޭވުން ލަސްވެދާނެކަމަށް ހީވާނަމަ، ރޯދަވީއްލުން ހުއްދައެވެ. ރޯދައަށް ހުރުމުގެ ސަބަބުން ތިމާގެ ފުރާނައަށް ނުރައްކަލެއް އަތުވެދާނެކަމަށް ހީވާނަމަ ރޯދަވީއްލުން ވާޖިބެވެ. ތިމާގެ ގުނަންތަކުގެ ތެރެއިން ގުނަނެއް ނުވަތަ ހިއްސުތަކުގެ ތެރެއިން ހިއްސެއް ތަޢުޠީލުވުން ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަަށް ހީވެއްޖެނަމަ ވެސް ހަމައެފަދައެވެ. ގަދަވެ ސަލާމަތުން ހުރި މީހަކު ތިމާ ރޯދައަށް ހުރެއްޖެނަމަ، ބައްޔެއްޖެހިދާނެ ކަމަށް ހީވިޔަސް ރޯދަ ނުހިފައިހުރުން ހުއްދައެއް ނުވާނެއެވެ.
  • ދެވަނަ ޢުޒުރަކީ ބަލިވެ އިނުމެވެ. ނުވަތަ ކުއްޖަކަށް ކިރުބޯންދޭ މީހަކު ކަމުގައިވުމެވެ. ބަލިވެއިން މީހާއާއި، ކިރުދޭ މީހާއާއި، ދެމީހުންގެ ޙުކުމްހުރީ އެއްގޮތަކަށެވެ. އެދެމީހުންކުރެ ކޮންމެ މީހަކުމެ ރޯދައަށް ހުރުމުގެ ސަބަބުން ކެތްނުވެވޭ ފަދަ އުނދަގުލެއް ނުވަތަ ގެއްލުމެއް ލިބިދާނެކަމަށް ބިރުގެންފިނަމަ، ރޯދަވީއްލުން ވާޖިބެވެ. ބިރުގަތުން ހުރީ ތިން ގޮތަކަށެވެ. އެއްގޮތަކީ ތިމާގެ އަމިއްލަ ނަފުސާއިއެކު ކުއްޖާގެ މައްޗަށް ބިރު ގަތުމެވެ. އަނެއް ގޮތަކީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ބިރުގަތުމެވެ. އަނެއްގޮތަކީ ހަމައެކަނި ކުއްޖާގެ މައްޗަށް ބިރުގަތުމެވެ. މިއިން ގޮތެއްގައިމެ ރޯދަވީއްލުން ވާޖިބެވެ.
  • ތިންވަނަ ޢުޒުރަކީ ދަތުރުވެރިޔަކު ކަމުގައިވުމެވެ. ނަމަވެސް ދަތުރުވެރިޔާ ރޯދަ ވީއްލުން ހުއްދައީ ޝަރުޠުތަކާއި އެކުގައެވެ. ފުރަތަމަ ޝަރުޠަކީ ނަމާދު ޤަޞްރުކުރުން ހުއްދަ ވަނިވި ދަތުރެއްކަމުގައި ވުމެވެ. ދެވަނަ ޝަރުޠަކީ ފަޖުރުލުމުގެ ކުރިން ޤަޞްރުގެ މަސާފާއަށް ދެވޭހައި އިރުހުއްޓައި ދަތުރަށް ފަށައިގަތުމެވެ. ތިންވަނަ ޝަރުޠަކީ ދަތުރުމަތީ ދެމިހުންނަނިވި މީހަކު ކަމުގައި ނުވުމެވެ. ދަތުރުވެރިޔާއީ، ރޯދަހިފުމުން ހަށިގަނޑަށް އުނދަގޫ ނުލިބޭ މީހަކު ކަމުގައިވާނަމަ، ސުންނަތްވެގެން ވަނީ ރޯދައަށްހުރުމެވެ. އުނދަގޫކަމަކަށްވާނަމަ، މޮޅުއިތުރީ ރޯދަވީއްލުމެވެ. ތިމާގެ ނަފްސުގެ މައްޗަށް ނުވަތަ ގުނަނެއްގެ މައްޗަށް ބޮޑު ނުރައްކަލެއް އަތުވެދާނެކަމަށް ބިރުގަންނަަ ނަމަ، ދަތުރުވެރިޔާ ވެސް ރޯދަވީއްލުން ވާޖިބެވެ.
  • ހަތަރުވަނަ ޢުޛުރަކީ ޙައިޟުވުމެވެ. ނުވަތަ ނިފާސްވުމެވެ. ނުވަތަ ދަރިވިހެއުމެވެ. ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ އެދެކަމުގެ ދުވަސްވަރުގައި ރޯދަ ހިފުން ޙަރާމްއެވެ.
  • ފަސްވަނަ ޢުޒުރަކީ ޢުމުރުން ދުވަސްވުމެވެ. މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަހިފުމަށް ނުކުޅެދިއްޖެ މީހާ، ރޯދަވީއްލުން ހުއްދައެވެ.
  • ހަވަނަ ޢުޛުރަކީ ދުވާލުން ކިތަންމެ ކުޑަ ހިނދުކޮޅެއްގައި ނަމަވެސް މޮޔަވުމެވެ. މިއިން ޢުޒުރެއް މެދުވެރިވެގެން ރޯދަވީއްލުމަށްފަހު ޢުޛުރުފިލައި ހިނގައްޖެނަމަ، ދުވާލުން ދެންއޮތް ތަނެއްގައި އިމްސާކަށްހުރުމީ ރަމަޟާންމަހު ރޯދަހިފުމުގައި ވާޖިބުކަމެކެވެ.

ޢުޒުރަކަށްޓަކައި ރޯދަވީއްލި މީހާ ހަދާނެ ގޮތް:

  • ގަދަވުމުގެ އުއްމީދު މުޅިން ނެތިފައިވާ ބަލިމީހާއާއި، މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދެމީހުން އެދެކަމުގެ ޢުޒުރަށްޓަކައި ވީއްލި ރޯދަ ޤަޟާކުރުން ވާޖިބެއް ނޫނެވެ. މިދެމީހުންމެ ފިދުޔަދިނުން ވާޖިބެވެ. ފިދުޔަ ދިނުމަކީ ވީއްލި ކޮންމެ ރޯދައެއްގެ މަތީން މުއްދުބެހުމެވެ. މިބެހުމަށް ކަމުދާނީ ފިޠުރުޒަކާތަށް ނެރުން ކަމުދާ ބާވަތުގެ ތަކެތީންނެވެ. ބަހާނީ ފަޤީރުންނަށާއި، މިސްކީނުންނަށެވެ. ޒަކާތުގެ މުދަލުންދޭންޖެހޭ އެހެންބައި ބަޔަށް ދިނުމެެއްނެތެވެ. އަދި އެންމެ ފަޤީރަކަށް ނުވަތަ އެންމެ މިސްކީނަކަށް އެތައް މުއްދެއް ދިނަސް ހެޔޮވެދެއެވެ.
  • ބަލިވެއިންމީހާއާއި، ކިރުމައިމީހާއާއި ދެމީހުން ހަމައެކަނި ކުއްޖާއާއި މެދު ބިރެއް ހީވެގެން ރޯދަވީއްލައިފިނަމަ، އެރޯދަ ޤަޟާކުރުމާއެކު ފިދުޔަދިނުން ވާޖިބެވެ.
  • އަންނަނިވި މީސްމީހުން ރޯދަވީއްލުމުން ވާޖިބުވެގެންވަނީ ހަމައެކަނި ޤަޟާކުރުމެވެ. ފިދުޔަ ދިނުމެއް ނެތެވެ.
  • ކުރިން ބުނި ދަރަޖައަށް ބަލިބޮޑުވެފައި ނުވާ މީހާ 2- ދަތުރުވެރިޔާ 3- ތިމާގެ އަމިއްލަ ނަފުސާއި މެދު ނުވަތަ ތިމާގެ އަމިއްލަ ނަފުސާއެކު ކުއްޖާއާއި މެދު ބިރު ހީވެގެން ރޯދަވީއްލި ކިރުމައިމީހާއާއި، ބަލިވެއިންމީހާ 4- ޙައިޟުވެރިޔާ ނިފާސްވެރިޔާ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ސުންނަތް ރޯދަ

ސުންނަތް ރޯދަ

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު