Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ ޤަޟާކުރުން:

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 09:53
ސުންނަތް ރޯދަ އާއި، ޤަޟާ ރޯދަ ހިފާ ދުވަސްތަކުގައި ވެސް ޤުރްއާން ކިޔެވައި، އަޅުކަމުގައި އުޅުމަކީ ވަރަށް މުހިންމު ކަމެއް

ސުންނަތް ރޯދަ އާއި، ޤަޟާ ރޯދަ ހިފާ ދުވަސްތަކުގައި ވެސް ޤުރްއާން ކިޔެވައި، އަޅުކަމުގައި އުޅުމަކީ ވަރަށް މުހިންމު ކަމެއް

ރަމަޟާންމަހުގައި ރޯދަވީއްލުން ހުއްދަކުރާ ޢުޒުރުތަކުގެ ތެރެއިން ޢުޒުރެއް މެދުވެރިވެގެން ނުވަތަ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަ ގެއްލުމުން ނުވަތަ ތިމާގެ ރޯދަ ވީއްލުމުން ނުވަތަ ގަސްތުގައި އެފަދަ ކަމެއް ކޮށް ރޯދަ ނަގައިލުމުން ފާއިތުވެގެންދާ ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމީ މުސްތަޙައްބު ސުންނަތެކެވެ. ގިނަ ރޯދަތަކެއް ޤަޟާކުރަންވެފައި ވާނަމަ ވިދިވިދިގެން އެރޯދަތައް ހިފުން ވެސް އެފަދައެވެ. އަނެއް އަހަރު ރަމަޟާންމަހާއި ދެމެދު އެރޯދަތައް ކިރިޔާ ހިފޭހައި ދުވަސް ނޫނީ ނެތިއްޖެ ނަމަ، ޤަޟާކުރުމަށް އަވަސްވެގަތުން ވާޖިބުވެދެއެވެ. އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖައުމަށް ދާންދެން ފަސްކޮށްފައި ނަމަ ޤަޟާކުރުމާ އެކު ފިދުޔަދިނުން ލާޒިމުވާނެއެވެ. ތަކުރާރުވަމުންދާ ކޮންމެ އަހަރަކަށް މިބުނި ފިދުޔަ ތަކުރާރުކުރަންޖެހޭނެއެވެ.

ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ. ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއްނޫނެވެ. ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަހަކީ އެހެން އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކެވެ. ނުވަތަ ވަކި މިވެނި ދުވަހަކު ރޯދަހިފާން ނަދުރުގެންފައިވާ ދުވަހެވެ.

ފާއިތުވީ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާންކުރާންވެފައި އޮތުމާ އެކު ޤަޟާނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެ ނަމަ އެއިން ކޮންމެ ރޯދައަކަށް މުއްދެއް ބެހުމީ އެމީހާގެ ވަލީވެރިޔާގެ މައްޗަަށް ވާޖިބުވެގެންވާ ކަމެކެވެ. މުއްދުބެހުމަކާ ނުލައި އެރޯދަތައް އެމީހާގެ މަތީން ވަލީވެރިޔާ ހިފުން ވެސް ހުއްދައެވެ.

ފާއިތުވި ރޯދައިގެ ނިޔަތް:

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ عَنْ قَضَاءِ مَافَاتَ مِنْ شَهْرِ رَمَضَانَ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ރަމަޟާންމަހުން ފާއިތުވި ފަރުޟުރޯދަ ޤަޟާކުރުމަށްޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ. އެހެން މީހަކުގެ ކިބައިން ޤަޟާކުރާ ރޯދައެއް ނަމަ لِلَّهِ تَعَالى ކިޔުމުގެ ކުރިއަށް عَنْ އިތުރުކޮށް އެމީހެއްގެ ނަންގެންނާނީއެވެ. مَثَلاً: عَنْ أَبِى (ތިމަންގެ ބަފައިގެ ކިބައިން) ނުވަތަ عَنْ فُلاَنٍ بِنْ فُلاَنٍ (އެވެނިމީހާގެ ދަރި އެވެނި މީހާގެ ކިބައިން) لِلَّهِ تَعَالى މިފަދައިންެނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ސުންނަތް ރޯދަ

ސުންނަތް ރޯދަ

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު