Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ޤަޟާކުރުމާއެކު ކައްފާރާ ދިނުން ލާޒިމު ވަނީ ހަމައެންމެ ކަމަކުންނެވެ. އެއީ، އަންނަނިވި ޝަރުޠުތަކާއެކު ރޯދަމަހު ދުވާލު ޖިމާޢުވުމެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 07:13
މީހަކު މިސްކިތެއްގައި ގުރުއާން ކިޔަވަނީ

މީހަކު މިސްކިތެއްގައި ގުރުއާން ކިޔަވަނީ

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ ފަރުޟު ރޯދަ އާއި ސުންނަތް ރޯދަ ހިފާނެ ގޮތާއި ރޯދައިގެ ހުކުމްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. މިއީ މެއި 8، 2018 ވަނަ ދުވަހު ޝާއިޢުކުރެވިފައިވާ ލިޔުމާ ގުޅޭ ބައެވެ.

ރޯދަވާޖިބުވުމުގެ ޝަރުޠުތައް:

ރޯދަ ވާޖިބުވުމުގެ ޝަރުޠުތައް 4 ކެވެ. އެއީ:

  • މުސްލިމަކު ކަމުގައިވުން.
  • ބާލިޣުވުން. (ހެޔޮނުބައި ވަކިކޮށް ދަންނަ ކުޑަކުއްޖާއަށް ހަތްއަހަރު ފުރޭއިރު ރޯދަ ހިފުމަށް ކުޅަދާނަވާ ފަދަ ޞިއްޙީ ޙާލެއްގައި ހުރިނަމަ، ރޯދަ ހިފުމަށް އަމުރުކުރުމާއި، ދިހަ އަހަރުގައި ރޯދަހިފުމަށް ކުޅަދާނަވެގެން ވުމާއިއެކު ރޯދަ ނުހިފާނަމަ އެކުއްޖަކަށް އަޑުލައި، އަދަބުދީ ހެދުމީ މައިންބަފައިންގެ މައްޗަށް ވާޖިބުކަންކަމެވެ.)
  • ބުއްދި ހުރުން. (މޮޔަވުން ނުވަތަ މަސްތުވުން ނުވަތަ ހެއިނެތުން ފަދަ ކަމަކުން ތިމާގެ ބުއްދި ފިލައި ހިނގައްޖެ ނަމަ، ރޯދަ ވާޖިބެއް ނޫނެވެ. ނަމަވެސް ބުއްދި ފިލައި ދިޔައީ ތިމާ ކުރިކަމެއްގެ ސަބަބުން ކަމުގައި ވަނީ ނަމަ، ބުއްދި އަނބުރައި ލިބުނުހައި އަވަހަކަށް ޤަޟާކުރަންޖެހޭނެއެވެ. ކޮންމެ ޙާލެއްގައި ނަމަވެސް ހޭނެތިއްޖެ މީހާ ހެއިއެރުމުން ރޯދަ ޤަޟާކުރުން ވާޖިބުވާނެއެވެ.)
  • ރޯދަ ހިފުމަށް ކުޅަދާނަވެގެންވާ މީހަކު ކަމުގައިވުން. (ދުވަސްވުމުގެ ސަބަބުން ނުވަތަ ތިމާގައިގައި ހުރި ބައްޔެއްގެ ސަބަބުން ރޯދަ ހިފާހައި ވަރުނެތްނަމަ، ރޯދަ ހިފުން ވާޖިބެއް ނޫނެވެ. ޙައިޟުވެރިޔާ އާއި، ނިފާސްވެރިޔާ، އެދެކަމުގެ ދުވަސްވަރުގައި ރޯދަ ހިފުން ވާޖިބެއް ނޫނެވެ. އެއީ ޝަރުޢީ ހަމައަކުން ބަލާއިރު އެބައިމީހުން ރޯދަހިފުމަށް ނުކުޅެދިގެންވާ ކަމަށްޓަކައެވެ.

ރޯދަ ޞައްޙަވުމުގެ ޝަރުޠުތައް:

ރޯދަ ޞައްޙަވުމުގެ ޝަރުޠުތައް 4 ކެވެ. އެއީ:

  • މުސްލިމަކު ކަމުގައިވުން.
  • ބުއްދިހުރުން. (ދުވާލުން ކިތަންމެ ކުޑަ ހިނދުކޮޅަކު ނަމަވެސް މޮޔަވެއްޖެ މީހާގެ ރޯދަ ޞައްޙައެއް ނުވާނެއެވެ. އެއާއި ޚިލާފަށް ހޭނެތުނު މީހާ އާއި މަސްތުވެއްޖެ މީހާ އެދެކަންތަކުގައި މުޅި ދުވާލުގެ ވަގުތު ވޭތުވެ ހިނގައްޖެ ނަމަ، ރޯދަ ޞައްޙައެއް ނުވާނެއެވެ. ދުވާލުން ބައެއް އެފަދަ ކަމެއްގައި ވޭތިވެ ދިޔައަސް ޞައްޙަވެދެއެވެ.
  • ޙައިޟު ނިފާސްކަމާއި، ވިހެއުމާއި މިކަންކަމުން ޠާހިރުވެ ހުރުން.
  • ރޯދަ ހިފުމަށް އެކަށޭނަ ވަގުތެއް ކަމުގައިވުން. (ދެޢީދު ދެދުވަހާއި، އައްޔާމުއްތަޝްރީޤު ތިން ދުވަހަކީ ރޯދަ ހިފުމަށް އެކަށީގެންނުވާ ދުވަސް ދުވަހެވެ. މިއިން ދުވަހަކު ރޯދައެއް ހިފައިފި ނަމަ، އެހިފި ރޯދައެއް ޞައްޙައެއް ނުވާނެއެވެ.

ރޯދައިގެ ފަރުޟު:

ރޯދައިގެ ފަރުޟު 2 ކެވެ. އެއީ:

  • ނިޔަތްގަތުން.
  • މުޅި ދުވާލު ރޯދަ ގެއްލެނެވި ކަންތައް ނުކޮށްހުރުން.

ރޯދައިގެ ނިޔަތް:

ފަރުޟު ކޮންމެ ރޯދައެއްގެ ނިޔަތުގައި ދެކަމެއް ޝަރުޠުވެގެންވެއެވެ. ފުރަތަމަކަމަކީ ރޯދަ ޢައްޔަންކުރުމެވެ. އެއީ ނިޔަތް ގަތުމުގައި މިވެނި ރޯދައެއްކަން ވަކިކޮށް ނިޔަތްގަތުމެވެ. ދެވަނަ ކަމަކީ ރޭގަނޑުގައި ނިޔަތް ގަތުމެވެ. ރޭގަނޑުގައި ނިޔަތް ގަތުމަކީ އިރުއޮއްސުމާއި ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުވުމާއި ދެމެދުގައި ނިޔަތްގަތުމެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުވުމާއި ދެމެދުގައި ނިޔަތް ގަތުމެވެ. ފަޖުރު ލުމާއެކު ނިޔަތްގަތް ނަމަ، ނުވަތަ ފަޖުރުލައްޖެކަމާއި މެދު، ޝައްކުވެގެންހުރެ ނިޔަތްގަތް ނަމަ، އެރޯދަ ޞައްޙައެއް ނުވާނެއެވެ. ނިޔަތް ގަތުމަށް ފަހު، ފަޖުރު ލައްޖެކަމާއި މެދު ޝައްކުވެއްޖެނަމަ، ޞައްޙަވާނެއެވެ. ރޭގަނޑުގައި ނިޔަތްގަނެވުނުކަން، ނުވަތަ ނުގަނެވޭކަމާއި މެދު ދުވާލު ޝައްކުވެއްޖެ މީހާ، އެނިޔަތްގަތްކަން ފަހުން ހަދާންވެއްޖެނަމަ، ޞައްޙައެވެ. ހަދާން ނުވިނަމަ ޞައްޙައެއް ނޫނެވެ. އިރު އޮއްސުނުފަހުން ނިޔަތާއި މެދު ޝައްކުވެއްޖެނަމަ، އެ ދުވަހުގެ ރޯދަ ޞައްޙައެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ރޯދައިގެ ނިޔަތުގައި ޝަރުޠުވެގެން ވަނީ ކޮންމެރެއަކުމެ މާދަމާއަށްޓަކައި ނިޔަތްގަތުމެވެ.

ރަމަޟާންމަހު ރޯދައިގެ ނިޔަތް:

ދުލުންކިޔާނީ نَوَيْتُ صَوْمَ غَدٍ عَنْ أًدَاءِ فَرْضِ رَمَضَانَ هَذِهِ السَّنَةِ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ މިއަހަރު ރަމަޟާންމަހުގެ ފަރުޟު އަދާކުރުމަށްޓަކައި މާދަމާ ރޯދައަށް ހުރުމަށް، ނިޔަތް ގަތީމެވެ. މިފަދައިންނެވެ.

ނަދުރު ރޯދައިގެ ނިޔަތް:

ދުލުން ކިޔާނީ نَوَيْتُ صَوْمَ غَدٍ عَنْ أًدَاءِ ماَنَذَرْتُ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ތިމަންގަތް ނަދުރު އަދާކުރުމަށްޓަކައި މާދަމާ މާތްކަލާނގެ ކިބައަށް ރޯދހިފުމަށް ނިޔަތް ގަތީމެވެ. މިފަދައިންނެވެ.

ރޯދަ ގެއްލޭ ކަންތައް:

ރޯދަ ގެއްލޭ ކަންތައް ހުރީ ދެބަޔަކަށެވެ. އެއީ ޤަޟާ ކުރުމާއެކު ކައްފާރާ ދިނުން ލާޒިމުވާ ބަޔަކާއި، ކައްފާރާ ދިނުމަކާއި ނުލައި، ހަމައެކަނި ޤަޟާކުރުން ލާޒިމުވާ ބައެކެވެ.

ޤަޟާކުރުމާއެކު ކައްފާރާ ދިނުން ލާޒިމުވާކަންތައް:

  • ޤަޟާކުރުމާއެކު ކައްފާރާ ދިނުން ލާޒިމު ވަނީ ހަމައެންމެ ކަމަކުންނެވެ. އެއީ، އަންނަނިވި ޝަރުޠުތަކާއެކު ރޯދަމަހު ދުވާލު ޖިމާޢުވުމެވެ.
  • ރޯދައަށް ނިޔަތް ގަނެގެން ހުރުން
  • ޖިމާޢުވުމުގެ ޤަޞްދު އޮތުމާއެކު ރޯދައަށް ހުރިކަން ހަނދާންކުރުން.
  • ރޯދަމަހު ދުވާލު ޖިމާޢުވުމީ ޙަރާމްކަމެއްކަން ދަނެހުރުން.
  • އިޚްތިޔާރު ލިބިގެންވުން.
  • ރޯދަމަހު އަދާއަށް ހިފާ ރޯދައެއް ކަމުގައިވުން.
  • އެހެން ކަމަކުން ރޯދަ ގެއްލިފައި ނުވުން.
  • ރޯދައަށްޓަކައި ފާފަވެރިވަނިވި ޖިމާޢުއެއް ކަމުގައި ނުވުން.
  • ތިމާގެ ރޯދަ ޞައްޙަކަމާއި މެދު ޔަޤީން ކަމެއް އޮތުން.
  • ޖިމާޢުވުމަށްފަހު އިރުއޮއްސިޖައުމަށް ދާންދެން ބުއްދި ސަލާމަތުން ހުރުން.
  • ތިމާ ޖިމާޢު ވަނީ ދުވާލުގައި ކަމާއި މެދު އޮޅުމެއް އަރާފައި ނުވުން.
  • ފަރުޖެއްގައި ޖިމާޢުވުން.
  • ޖިމާޢުވާ މީހާ ކަމުގައިވުން.

މިޝަރުޠުތައް ހަމަވެފައިވާ ޖިމާޢުއަކުން ރޯދަމަހު ދުވާލު ޖިމާޢުވެއްޖެނަމަ، އެރޯދަ ޤަޟާކުރުމާއެކު ކައްފާރާ ދިނުން ވާޖިބެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ސުންނަތް ރޯދަ

ސުންނަތް ރޯދަ

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު