Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

އޭ ކޮއްކޯ !!! ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫން....

ރޯދަ އަކީ ގިނަ ގުނަ ސަވާބާ ދަރުމަ އެކުލެވޭ އަޅުކަމެއް

ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 11:26
ކުޑަކުދިންތަކެއް މިސްކިތުން ފައިބަނީ

ކުޑަކުދިންތަކެއް މިސްކިތުން ފައިބަނީ

ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއްނޫނެވެ. ހަމަ އެއާއެކުގައި ރޯދަ ފުރިހަމަ ކުރުމަށްޓަކައި މާތްﷲ ޙަރާމް ކުރެއްވި އެންމެހާ ކަންކަމުންދުރުހެލިވެ، ކުރަން އަންގަވާފައިވާ ހުރިހާ އަޅުކަމެއް ކުރުންމަތީ ދެމިހުންނަންވާނެއެވެ.

ރޯދައިގެ އަޅުކަން އެންމެ ފުރިހަމަ އަށް އަދާ ކުރުމަށްޓަކައި ދީނީ ގޮތުން އެކަށީގެންވާ ރަނގަޅު މައުލޫމާތު ލިބިފައި ހުރުމަކީ މުހިންމު ކަމެކެވެ.

ރޯދައިގެ ފައިދާ

  • އީމާންތެރިކަމާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފިނަމަ އިސްވެދިޔަ ފާފަ ފޮހެވޭ.
  • ރޯދައަށް ހުރެ ރޯދަ މަހު ކިޔަވާ ކޮންމެ އަކުރަކަށް 10 ހެޔޮކަން ލިބޭ.
  • އިލްމްވެރިން ވިދާޅުވާ ގޮތުގައި އެންމެ މާތް ޞަދަޤާތަކީ ރަމަޟާން މަހު ކުރާ ޞަދަޤާތް.
  • މީހަކަށް ރޯދަވިއްލަން ދީފިނަމަ އެމީހާ ހިފި ރޯދައިގެ ޘަވާބު އެދިން މީހާއަށް ލިބޭ.
  • އިލްމްވެރިން ވިދާޅުވާ ގޮތުގައި ރޯދަވިއްލާ އިރަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެއް.
  • ރޯދަ މަހުގެ ފަހު 10 ގައި އިޢުތިކާފުގައި އިނދެފިނަމަ ލައިލަތުލް ޤަދުރި ލިބޭ.

އަހަރުމެންނަށް މިހާރު އެނގިފައިވާ ގޮތުގައި މައިދާއަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް އަބަދުވެސް މަސައްކަތް ކުރަމުންދާ ގުނަވަނެކެވެ. އެހެންކަމުން މައިދާއަށް ވެސް ހަމަޖެހިލާނެ ވަގުތުކޮޅެއް ބޭނުންވާނެއެވެ. އެހެންނޫންނަމަ މައިދާއަށް ތަފާތު މައްސަލަތައް ދިމާވާނެއެވެ. އެހެންކަމުން އިސްލާމްދީނުގައި މައިދާއަށް އަރާމެއް ދިނުމުގެ ގޮތުން 1 މަސްދުވަހު ދުވާލު ވަގުތުގައި ނުކައި ހުންނަން ޖެހެއެވެ. އެހެނީ އެއީ ރަމަޟާން މަހުގައެވެ.

އިންސާނުން ބޯފެނާއި ލާނޭވާގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އިންސާނާއަށް ކުރެއެވެ. މިގެއްލުންތައް ފޫބައްދާނެ ހަމައެކަނި ގޮތަކީ ރޯދަހިފުންކަމުގައި ޑރ އިން ވިދާޅުވެއެވެ. އަދި ބަލި ސެލްތައް މަރާލައި، އާ ވަރުގަދަ ސެލްތައް އުފައްދައެވެ. އެހެންކަމުން ރޯދައަކީ އިންސާނުންނަށްވާ ވަރަށް ބޮޑު ނިޢުމަތެކެވެ.

ރޯދަ ހިފުމުގެ ކުރިން ހާރު ކެއުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބާރު އަޅުއްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "ތިޔަބައިމީހުން ހާރުކާށެވެ. ހަމަކަށަވަރުން ހާރު ކެއުމަކީ ބަރަކާތްތެރި ކަމެކެވެ."

ހާރު ނުކައި ރޯދަ ހިފައިފިނަމަ އެމީހަކަށް ބަނޑުހައިވުމާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން ހާރު ނުކައި ރޯދަ ހިފައިފިނަމަ އަޚުލާގު ގޯސްވާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ކަދުރުން ރޯދަވިއްލުމުގެ ފައިދާ

  • ގައިގައި ވަރުޖެހުން އަވަސްވެއެވެ.
  • ހަޖަމު ކުރަން ފަސޭހަވެއެވެ.
  • ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ރޯދާވީއްލަވަނީ ރޯކަދުރަކުންނެވެ. ރޯކަދުރުނެތްނަމަ ހިކި ކަދުރުންނެވެ. ހިކިކަދުރު ނެތްނަމަ ފެންފޮދަކުންނެވެ.

ރޯދަ ހިފާއިރު ކުރުން މަކުރޫޙަ ކަންކަން

  • މާގަދައަށް ކަރުތެރެއަށް ފެންލައިން ކަރުދޮވެ ހެދުން.
  • ބޭނުމަކު ނޫން ގޮތަށް ކާއެއްޗެހީގެ ރަހަބެލުން.
  • ދަތުގައި ހުންނަ ކާއެއްޗެހި ސާފުނުކޮށް ބެހެއްޓުން.

ރޯދަ ގެއްލޭ ކަންތައް

  • ގަސްތުގައި ކެއުމާއި ބުއިން.
  • ލޭއެޅުން/ IV ގުޅުން.
  • ގަދަކަމުން ހޮޑުލުން.
  • ޙައިޟު ވުމާއި ނިފާޞް ކަމުގެ ލޭއައުން.
  • ޖިންސީ އެދުން ފުއްދުން

ރޯދަ ހިފައިގެން ހުރެ ކުރުން ހަރާމް ކަންތައް

  • ދޮގު ހެދުން.
  • ހަރާމް ތަންތަން ބެލުން.
  • ޣީބަ ބުނުުން.
  • މީހުންނާއި ހުތުރު ބަހުން ވާހަކަދެއްކުން.
  • މީހުންނަށް ޢަދާވާތްތެރިވުން.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ސުންނަތް ރޯދަ

ސުންނަތް ރޯދަ

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު