Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އިސްލާމްދީން

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާމެދު އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއީ، އިސްވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނޭ ކަމެކެވެ."

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 04:34
ޢާޝޫރާ

ޢާޝޫރާ

އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ، 1439 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ދުވަސްތަކެވެ. މުޙައްރަމް މަހަކީ، މާތް ﷲ މާތް ކުރެއްވި މައްސަރުތަކުގެ ތެރެއިން އެއް މައްސަރެވެ. އަލްއަޝްހުރުލްޙުރުމުގެ އެންމެ ފުރަތަމަ މަހެވެ. އަލްއަޝްހުރުލްޙުރުމުގެ އަނެއް ތިން މަހަކީ، ރަޖަބު މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހެވެ. މުޙައްރަމް މަހަށް ކީރިތި ރަސޫލާ "މާތް ﷲ ގެ މައްސަރު" ގެ ނަމުން ނަންދެއްވާފައި ވުމުން ވެސް، މިމަހުގެ މާތްކަން އެނގެއެވެ. ފަހެ، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "ރަމަޟާން މަހުގެ ރޯދައަށް ފަހު، އެންމެ އިތުރުކަން ބޮޑު ރޯދައަކީ، މާތް ﷲ ގެ މައްސަރު ކަމުގައިވާ މުޙައްރަމް މަހުގެ ރޯދަ އެވެ." މާތް ﷲ މާތް ކުރެއްވި މި ހަތަރު މައްސަރަކީ، އެ މައްސަރުތަކުގެ ތެރޭގައި ހަނގުރާމަ ކުރުން މަނާ ކުރައްވާފައިވާ ހަތަރު މައްސަރެވެ. އަދި އެ މައްސަރުތަކުގެ ތެރޭގައި ތިމާމެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރި ވުމުން (އެބަހީ: ފާފަ ކުރުމުން) ވަރަށް ޚާއްޞަގޮތެއްގައި ދުރުހެލިވުމަށް އަންގަވާފައިވާ ހަތަރު މައްސަރެވެ. މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ އާދެ، ޢާޝޫރާ ދުވަހުގެ ރޯދައަކީ، ސުންނަތް ރޯދައެކެވެ. ވަރަށް މާތް އަޅުކަމެކެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރެއްވިއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ކައު އިތުރު ނަބިއްޔާ މަދީނާއަށް ވަޑައިގަތްއިރު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފާތަން އެކަލޭގެފާނު ދެކިވަޑައިގެން، އެއީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެބައިމީހުން ދެންނެވޫއެވެ. މިއީ މާތް ދުވަހެކެވެ. މިއީ، މާތް ﷲ ބަނޫއިސްރާއީލުގެ މީހުން، އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންކަމުން، މޫސާގެފާނު ވަނީ އެދުވަހުގެ ރޯދަ ހިއްޕަވާފައެވެ. ދެންފަހެ، ކައު އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް ޙައްޤުކަން ބޮޑީ، ތިމަންކަލޭގެފާނެވެ." މިހެން ޙަދީޘް ކުރައްވައި، އިތުރު އެކަލޭގެފާނު އެދުވަހުގެ ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހުގެ ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާމެދު އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއީ، އިސްވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނޭ ކަމެކެވެ." މުޙައްރަމް މަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ވެސް، ސުންނަތް ރޯދައެކެވެ. އެއީ ތާސޫޢާ ދުވަހުގެ ރޯދައެވެ. އަލްއިމާމުއްޝާފިޢީ ވިދާޅުވިއެވެ. "މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހާއި ދެދުވަހުގެ ވެސް ރޯދަ ހިފުމީ ސުންނަތެކެވެ. އެހެނީ، ކައު އިތުރު ނަބިއްޔާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ ރޯދަ ހިއްޕެވިއެވެ. އަދި ނުވަވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަށް ޤަޞްދު ކުރެއްވިއެވެ." އަލްއިމާމުއްޝާފިޢީ މިހެން އެވިދާޅުވީ، ކައު އިތުރު ރަސޫލާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަށް ފަހު، ދެން އަންނަ އަހަރު ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނެވިނަމަ، ނުވަވަނަ ދުވަހުގެ ރޯދަވެސް ހިއްޕަވާހުށީމޭ ޙަދީޘް ކުރައްވާފައިވާތީއެވެ. އެހެން ނަމަވެސް، ޖެހިގެން އައި އަހަރު އައުމުގެ ކުރިން، އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޙައްޖު މަހުގެ ކުރީ ދިހައިގެ މާތްކަން

ޙައްޖު މަހުގެ ކުރީ ދިހައިގެ މާތްކަން

06 ޖުލައި 2022
ރޯދައިގެ ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތަށް ޚާއްޞަ ވެގެންނެވެ.

ރޯދައިގެ ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތަށް ޚާއްޞަ ވެގެންނެވެ.

16 އެޕްރީލު 2021
ރޯދައިގެ އަޅުކަން

ރޯދައިގެ އަޅުކަން

12 އެޕްރީލު 2021
މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން

މުޙައްރަމް މަހު ރޯދަ ހިފުމުގެ މާތްކަން

27 އޯގަސްޓު 2020
ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން

ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން

23 މެއި 2020

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު