Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން

ރޯދައަށް ހުރުން ސުންނަތްވެގެންވާ ދުވަސްތައް ވަރަށް ގިނައެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 07:56
ކުޑަކުއްޖަކު ގޮވައިގެން މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ

ކުޑަކުއްޖަކު ގޮވައިގެން މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ ފަރުޟު ރޯދަ އާއި ސުންނަތް ރޯދަ ހިފާނެ ގޮތާއި ރޯދައިގެ ހުކުމްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. މިއީ މެއި 15، 2018 ވަނަ ދުވަހު ޝާއިޢުކުރެވިފައިވާ ލިޔުމާ ގުޅޭ ބައެވެ.

ރަމަޟާންމަހުގައި ރޯދަވީއްލުން ހުއްދަކުރާ ޢުޒުރުތަކުގެ ތެރެއިން ޢުޒުރެއް މެދުވެރިވެގެން ނުވަތަ ރޯދަގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަގެއްލުމުން ނުވަތަ ތިމާގެ ރޯދަ ވީއްލުމުން ނުވަތަ ގަސްތުގައި އެފަދަކަމެއްކޮށް ރޯދަނަގައިލުމުން ފާއިތުވެގެންދާ ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމީ މުސްތަޙައްބު ސުންނަތެކެވެ. ގިނަ ރޯދަތަކެއް ޤަޟާކުރަންވެފައިވާނަމަ ވިދިވިދިގެން އެރޯދަތައް ހިފުންވެސް އެފަދައެވެ. އަނެއް އަހަރު ރަމަޟާންމަހާއި ދެމެދު އެރޯދަތައް ކިރިޔާ ހިފޭހައި ދުވަސް ނޫނީ ނެތިއްޖެނަމަ، ޤަޟާކުރުމަށް އަވަސްވެގަތުން ވާޖިބުވެދެއެވެ. އަނެއް އަހަރުގެ ރަމަޟާންމަސް އަތުވެއްޖައުމަށް ދާންދެން ފަސްކޮށްފައިނަމަ ޤަޟާކުރުމާއިއެކު ފިދުޔަދިނުން ލާޒިމުވާނެއެވެ. ތަކުރާރުވަމުންދާ ކޮންމެ އަހަރަކަށް މިބުނި ފިދުޔަ ތަކުރާރުކުރާންޖެހޭނެއެވެ.

ފާއިތުވީ ރޯދަ ޤަޟާކުރާން ކަމުދާނީ ސުންނަތް ރޯދަހިފާން ކަމުދާ ދުވަސް ދުވަހެވެ. ރޯދަހިފުން ޙަރާމްވެފައިވާ ދުވަސް ދުވަހާއި ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަސް ދުވަހު އެފަދަ ރޯދަހިފުން ހުއްދައެއްނޫނެވެ. ފަރުޟު ރޯދައަކަށް ޢައްޔަންވެގެންވާ ދުވަހަކީ އެހެން އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކެވެ. ނުވަތަ ވަކިމިވެނި ދުވަހަކު ރޯދަހިފާން ނަދުރުގެންފައިވާ ދުވަހެވެ.

ފާއިތުވީ ރޯދައެއް ނުވަތަ ރޯދަތަކެއް ޤަޟާންކުރާންވެފައި އޮތުމާއިއެކު ޤަޟާނުކުރެވިގެން އުޅެނިކޮށް މަރުވެއްޖެނަމަ އެއިން ކޮންމެ ރޯދައަކަށް މުއްދެއް ބެހުމީ އެމީހާގެ ވަލީވެރިޔާގެ މައްޗަަށް ވާޖިބުވެގެންވާ ކަމެކެވެ. މުއްދުބެހުމަކާއި ނުލައި އެރޯދަތައް އެމީހާގެ މަތީން ވަލީވެރިޔާ ހިފުންވެސް ހުއްދައެވެ.

ފާއިތުވި ރޯދައިގެ ނިޔަތް:

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ عَنْ قَضَاءِ مَافَاتَ مِنْ شَهْرِ رَمَضَانَ لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ރަމަޟާންމަހުން ފާއިތުވި ފަރުޟުރޯދަ ޤަޟާކުރުމަށްޓަކައި މާތްކަލާނގެ ކިބަޔަށް މާދަމާ ރޯދަހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ. އެހެން މީހަކުގެ ކިބައިން ޤަޟާކުރާ ރޯދައެއް ނަމަ لِلَّهِ تَعَالى ކިޔުމުގެ ކުރިއަށް عَنْ އިތުރުކޮށް އެމީހެއްގެ ނަންގެންނާނީއެވެ. مَثَلاً: عَنْ أَبِى (ތިމަންގެ ބަފައިގެ ކިބައިން) ނުވަތަ عَنْ فُلاَنٍ بِنْ فُلاَنٍ (އެވެނިމީހާގެ ދަރި އެވެނި މީހާގެ ކިބައިން) لِلَّهِ تَعَالى މިފަދައިންެނެވެ.

ސުންނަތް ރޯދަ:

ރޯދައަށް ހުރުން ސުންނަތްވެގެންވާ ދުވަސްތައް ވަރަށް ގިނައެވެ. އޭގެތެރެއިން އަންނަނިވި ދުވަސްތަކާއި މަސްތައްވެއެވެ. 1- ހޯމަ ދުވަސް 2- ބުރާސްފަތި ދުވަސް 3- ޙައްޖުމަހުގެ ފުރަތަމަ އަށްދުވަސް 4- ޙައްޖުވެރިޔާއަށް މެނުވީ ޢަރަފާތު ދުވަސް އެއީ ޙައްޖުމަހު ނުވަދުވަހެވެ. 5- މުޙައްރަމްމަހު ފުރަތަމަ އަށް ދުވަސް 6- ތާސޫޢާ ދުވަސް އެއީ މުޙައްރަމްމަހު 9 ވަނަ ދުވަހެވެ. 7- ޢާޝޫރާ ދުވަސް އެއީ މުޙައްރަމް ދިހަވަނަ ދުވަހެވެ. 8- ޙުރުމަތްތެރިވެެެގެންވާ މައްސަރުތައް އެއީ: ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބު، މިހަތަރުމަހެވެ. 9- ޝަޢުބާންމަހު ރޯދަހިފުން 10- ޝައްވާލްމަހު 6 ރޯދަ ހިފުން (މި ހަރޯދަ ވިދިވިދިގެން ހިފުމާއި ފިޠުރު ޢީދާއި ގުޅުވައިގެން ހިފުން މޮޅުއިތުރެވެ. 11- ކޮންމެ މަހަކު 13،14،15 މި ތިން ދުވަސް 12- ކޮންމެ މަހަކު 27،28،29 މިތިން ދުވަސް 13- ދެ ދުވަހުން އެއްދުވަސް 14- ތިންދުވަހުން އެއްދުވަސް.

ސުންނަތް ރޯދައިގެ ނިޔަތް:

ދުލުން ކިޔާނީ نَوَيْتُ صَوْم غَدٍ تَطَوُّعًا لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތްގަންނާނީ މާތްކަލާނގެ ކިބަޔަށް އަޅުކަން ކުޅައުމުގެ ގޮތުން ސުންނަތް ރޯދައެއް މާދަމާ ހިފުމަށް ނިޔަތްގަތީމެވެ. މިފަދައިންނެވެ.

މަކުރޫހު ރޯދަ:

ހުކުރު، ހޮނިހިރު، އާދީއްތަ، މިއިން ކޮންމެ ދުވަހެއް ވެސް އެކަހެރިކޮށް ހިފާ ރޯދަ 2- ރޯދަ ހިފުމުން ބުރައެއް ލިބިދާނެ ނަމަ، ބަލިމީހާ އާއި، ދަތުރުވެރިޔާ އާއި، މާބަނޑުމީހާ އާއި، ކިރުމައިމީހާ އާއި، ދުވަސްވެ ވަރުދެރަވެފައިވާ މުސްކުޅިޔާ އާއި މި މީސްމީހުން ހިފާ ރޯދަ. 3- ފަރުޟު ރޯދައެއް ޤަޟާކުރަންވެފައި އޮއްވައި ހިފާ ސުންނަތް ރޯދަ 4- ދަހުރު ރޯދަ. އެއީ ރޯދަ ހިފުން ޙަރާމްދުވަސްނޫން އެހެން ހުރިހައި ދުވަހަކު ރޯދައަށްހުރުމެވެ.

ޙަރާމް ރޯދަ:

ޙަރާމް ދެދުވަހާއި އައްޔާމުއްތަޝްރީޤު ތިން ދުވަހާއި، ރޯދަ ހިފުން ޙަރާމްއެވެ. އައްޔާމުއްތަޝްރީޤު ތިން ދުވަހަކީ ޙައްޖުމަހު 11، 12، 13 މިތިން ދުވަހެވެ. 2- ޙައިޟުވެރިޔާ އާއި، ނިފާސްވެރިޔާ އެދެކަމުގެ ދުވަސްވަރުގައި ރޯދަ ހިފުން ޙަރާމެވެ. 3- ސަބަބަކަށްޓަކައި މެނުވީ ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަހިފުން ޙަރާމެވެ. އެމަހުގެ ކުރީބަޔާއި ގުޅުވައިގެން ހިފާނަމަ ޙަރާމެއްނޫނެވެ. 4- ސަބަބަކަށްޓަކައި ނުވަތަ ތިމާގެ ޢާދާއަކާއި ދިމާވެގެން މެނުވީ ޝައްކުގެ ދުވަހު ރޯދަހިފުން ޙަރާމެވެ. ސަބަބަކަށްޓަކައި ރޯދަހިފުމަކީ ފާއިތުވެފައިވާ ރޯދައެއް ޤަޟާކުރުމެވެ. ނުވަތަ ބުނެފައިވާ ނަދުރެއް ފުއްދުމަށްޓަކައި ރޯދަހިފުމެވެ. ޝައްކުގެ ދުވަހަކީ ރަމަޟާންމަހު ހަދުފެނިއްޖެއޭ ކިޔައި މީސްތަކުން ވާހަކަދައްކުމާއިއެކު ހަނދު ސާބިތުނުވެ އޮންނަދުވަހެވެ. މިގޮތް މެދުވެރި ވާނީ ޝަޢުބާންމަހު ތިރީސްވަނަ ދުވަހުއެވެ.

ނިމުނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018
ރޯދަ މަކުރޫހަވުން އަދި ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

ރޯދަ މަކުރޫހަވުން އަދި ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

15 މެއި 2018
ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

15 މެއި 2018

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު