Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް ފަލަސްތީނު މައްސަލަ

އިސްރާއީލް - ޣައްޒާ ބޯޑަރުގައި އިސްރާއީލުން ހޯމަ ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިޔުންގެ އަދަދު 55 އަށް އަރައިފި

15 މެއި 2018 | އަންގާރަ 05:55

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ދަނީ ޤަތުލުއާންމެއް ކަަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 މެއި 2018 | އަންގާރަ 05:55
އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ފަރުވާ ދިމުގެ ތެރެއިން

އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް ފަރުވާ ދިމުގެ ތެރެއިން

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްރާއީލުގެ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 55 އަށް އަރައިފި ކަމަށް އެންމެފަހުގެ ރިޕޯޓުތައް ބުނެެފިއެވެ.

މިއީ 2014 ގައި ޣައްޒާގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ހިނގައިދިޔަ އެންމެ ނުރައްކާތެރި ހަމަނުޖެހުންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ހޯމަ ދުވަހު ގުދުސްގައި އެމެރިކާގެ އެމްބަސީ ވަނީ ހުޅުވާފައެވެ. އަދި އެމްބަސީ ހުޅުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ޓްރަމްޕްއަށް ޝުކުރު އަދާކުރައްވާފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުގެ ބޮޑު ވަފުދެއް ބައިވެރިވިއިރު އޭގެ ތެރޭގައި ވައިޓްހައުސްގެ އިސް މުޝީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، އެކަމަނާގެ ފިރިކަލުން ޖެރާޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ

އިސްރާއީލު އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުރިއަށް ދިޔަ އިހުތިޖާޖުގައި "ހަަމަނުޖެހުން އުފައްދަން ނުރައްކާތެރި ގޮތެއްގައި 40،000 މީހުން ހަރަކާތްތެރިވެފައިވެއެވެ."

އެމެރިކާގެ އެމްބަސީ ހުޅުވާފައިވަނީ މިހާރުވެސް ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި ކަމަށްވާއިރު ފަހުން، އެމްބަސީއަށް ވަކި ބިމެއް ޚާއްސަކޮށް، އައު އިމާރާތެއްގައި އެމްބަސީ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް