Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީ

ޖިނާއީ މައްސަލަތައް އެއްވެސް ކޯޓަކަށް ތަހުގީގެއް ނުކުރެވޭނެ: ގުޅިފައިވާ ސިޔާސީ ޕާޓީތައް

14 މެއި 2018 | ހޯމަ 14:27

ކޯޓަކަށް އިސްނަގައިގެން ޖިނާއީ ތަހުގީގެއް ނުހިންގޭނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 14 މެއި 2018 | ހޯމަ 14:27
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

އެއްވެސް ކޯޓަކަށް ޖިނާއީ މައްސަލަ ތަހުގީގު ކުރުމުގެ އިޙްތިޞާސެއް ނޯންނާނެ ކަމަށާއި، އެކަން ނުކުރެވޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޤާނޫނީ ވަކީލު ހިސާން ހުސެއިން އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ސުވާލު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އެކޯޓުން އިސްނަގައިގެން އަންގައިފައި ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement
"އަލްއުސްތާޛާ ހިސާން ހުސެއިން ކޯޓަށް މިއަދު ހާޒިރު ކޮށްފި. ހިސާން ހުސެއިން އިންޓަވިއުއެއްގަ ވިދާޅުވެފައިވާ ވާހަކަ ތަކަކާއި ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ނުވަތަ ސުވާލު ކުރުމަށްޓަކައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ ކުރިމިނަލް ކޯޓަށް މައްސަލަތަށް ތަހުގީގު ކުރުމުގެ ބާރު ލިބުނީ ކޮން އިރަކުކަން،" އަލީ ހުސެއިން ވިދާޅުވިއެވެ.

ކޯޓުތަކަކީ އެއްވެސް ހާލަތެއްގަ ތަހުގީގު ކުރަން ހަދާފައި ތަނެއް ނޫން ކަމަށާ އެހެން ނަމަވެސް ކުރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރެފައިވާތީ އިތުރަށް ބެލިބެލުމުން ޔަގީންވެގެން ދިޔައީ އެ ކޯޓަށް އަމިއްލައަށް އިސްނަގައިގެން ޖިނާއީ މައްސަލަ ނުބެލޭނޭކަން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާކޮށް ބެލި ބެލުމުންވެސް ކުރިމިނަލް ކޯޓަށް އެ އިޚްތިސާސް ލިބިގެންފައިވާތީ ނުފެނޭ. ކޯޓުތަކާއި ބެހޭ ގާނޫނުގެ ކުރިމިނަލް ކޯޓުގެ އިޚްތިސާސްތަކަށް ބެލީމަވެސް ޖިނާއީ މައްސަލަތައް ބަލާ ތަހުގީގު ކުރުމުގެ ބާރަކީ އެއްވެސް ކޯޓަކަށް ލިބިފައިވާ ނުވަތަ ދީފައިވާ ޖުރިސްޑިކްޝަން ނުވަތަ އިޚްތިސާސް އެއް ނޫން. އެހެންވީމާ ކޯޓުތަކުން ޖިނާއީ މައްސަލަތައް ބަލާ ތަހުގީގެއް ނުކުރެވޭނެ."

އެހެންކަމުން ކޯޓު ގެ އަމަލުތަކުން ޔަގީން ވެގެން ދަނީ މިއީ ހިސާންއަށް ބިރުދެއްކުމަށް ކުރި ކަމެއްކަން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހޯމަ ދުވަހުގެ ހެނދުނު 10:00ގައިއެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން މީޑިޔާއަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން އޭނާއާ ވަނީ ސުވާލުކޮށް ބަޔާނެއް ނަގާފަ އެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން ހިސާން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިސާން ކޯޓަށް ހާޒިރުކުރުމަކީ ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކަށް ދެވޭ "ހަމަލާއެއް" ކަމަށްވެސް އެމަނިކުފާނުގެ އެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް