Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާން ވަގަށް ނެގުން

ރިލްވާންގެ މަންމަގެ އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް ޝަރީއަތަށް އޮތީ ހުށަނާޅައި

ޝަރީއަތައް ވަނީ އެކްސްޕާޓެއް ހާޒިރުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 14 މެއި 2018 | ހޯމަ 13:28
ރިލްވާނަށްވީ ގޮތް ސާފުކޮށްދިނުމަށް އޭނާގެ އާއިލާއިން ކުރި މުޒާހަރާގެ ތެރެއިން

ރިލްވާނަށްވީ ގޮތް ސާފުކޮށްދިނުމަށް އޭނާގެ އާއިލާއިން ކުރި މުޒާހަރާގެ ތެރެއިން

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރުން ފެނުނު އިސްތަށީ ޗެއިން އޮފް ކަސްޓަޑީ ފޯމް ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ދައުވާ ލިބޭ ފަރާތުން އޭގެ ސައްހަކަމާމެދު ސުވާލު އުފައްދައިފި އެވެ.

ޗެއިން އޮފް ކަސްޓޑީ ފޯމަކީ ފުލުހުން ތަހްގީގުން ހޯދާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންގޮސްފައިވާ ގޮތާއި ތަން ތަން ބަޔާންކޮށްފައިވާ ގޮތް ބަޔާން ކޮށްފައިވާ ރިޕޯޓެވެ.

Advertisement - newsAdvertisement

އޮގަސްޓް 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކުން ފެނުނު އިސްތަށީގެ ޑީއެންއޭއާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކުރުމަށް އެކްސްޕާޓަކު ވަނީ ހާޒިރުކޮށްފަ އެވެ. ކަމާ ގުޅުން ހުރި ހަބީރެއްގެ ގޮތުގައި ހާޒިރުކުރި މާދިހު މުހައްމަދު ސަލީމަކީ އާލިފްގެ ކާރިތެރެއިން ފެނުން ކަމަށްބުނާ އިސްތަށި ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ތަހުލީލުތަކުގެ ނަތީޖާތަކަށް ބިނާކޮށް، ދިވެހި ފުލުހުންގެ ފަރާތުން އެ ރިޕޯޓު ތައްޔާރުކުރި އެންމެ އިސް ފަރާތެވެ.

އާލިފް ރައޫފުގެ ކާރުން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނުން ކަމަށް ބުނެ ދައުލަތުން އެ ހެކި ހުށަހަޅާފައިވާއިރު އެއީ ރިލްވާން އެ ކާރަށް އެރުވިކަން ސާބިތުކުރުމަށް ވެސް ހުށަހަޅާފައިވާ އެންމެ ވަރުގަދަ އެއް ހެއްކެވެ. ނަމަވެސް އާލިފްގެ ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ދައުލަތުން ހުށަހަޅާފައި ނެތުމުން އެކަމާ މެދު ދިފާއީ ވަކީލު ސުވާލު އުފައްދަވައި އޭނާ ވަނީ ހެކިވެރިޔާއާ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ފޮރެންސިކަށް ގެނައި އިސްތަށްޓާ ފޮރެންސިކުން ހަވާލުވީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮވެގެންތޯ ދިފާއީ ވަކީލު ވަނީ މާދިހް އާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި މާދިހު ވިދާޅުވީ އެ އިސްތަށި ފުލުހުންގެ ލެބޯޓްރީއަށް ގެނައިއިރު ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮތްކަން ހަނދާން ނެތް ކަމަށެވެ. އެކަމަކު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތް ނަމަ އެއްވެސް އެއްޗަކާ ލެބޯޓްރީން ހަވާލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް މާދިހު ވިދާޅުވުމުން ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، އެ އިސްތަށްޓަކީ ކޮން ތަނަކުން ގެނައި އެއްޗެއް ކަން ނޭނގޭނެ ކަމަށް ވިދާޅުވެ، އެ އިސްތަށްޓާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ރައްދުގައި ދައުލަތުން ބުނީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އެ މައްސަލާގައި ފުރިހަމަވެފައި އޮތް ކަމަށާއި އެ ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވަނީ އެ ރިޕޯޓަކީ ހެއްކާ ބެހޭގޮތުން ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗަކަށް ވާތީ ކަމަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އަމަލުކުރާ އުސޫލަކީ އެއީ ކަމަށްވާތީ އެ ރިޕޯޓް ހުށަހަޅާފައި ނުވަނީ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެއާ މެދު ސުވާލު އުފައްދާތީ އެ ރިޕޯޓް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާ ކުރާއިރު މައްސަލައާ ގުޅޭ ހުރިހާ ހެއްކާއި ލިޔުންތައް ހުށަހަޅަން ދައުލަތުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތަކަކީ ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗެއް ކަމުގައި ނުހެދުމަށް ގާޒީ އެދިވަޑައިގަތެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހާޒިރު ނުކުރެވި ހުރީ އެންމެ ހެއްކެކެވެ. ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދޭ އެ މީހާ ހާޒިރު ކުރެވިފައި ނުވާތީ އޭނާގެ ހެކިބަސް އަދި ނުނަގަ އެވެ. އޭނާ ހާޒިރު ކުރަން ދައުލަތުން ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާތީ ދައުލަތުން މިއަދު އެދުނީ ކޯޓުގައި އޮންނަ އާންމު އުސޫލުގެ ދަށުން އޭނާ ހާޒިރުކޮށް، ހެކިބަސް ނަގައި ދިނުމަށެވެ. އެކަމަކު ހެކިބަސް ނަގާއިރު ސިއްރުކަން ނުގެއްލޭ ގޮތަށް ހެކިބަސް ނަގައިދޭން ދައުލަތުން އެދުނެވެ. އެ މީހާގެ އެޑްރެސް ކޯޓަށް ސާފު ނުވާތީ ގާޒީ އާރިފް އެންގެވީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ކޯޓަށް އެންގުމަށެވެ.

މާދިހް ހެކިބަސް ދެމުން ވިދާޅުވީ އާލިފްގެ ކާރުތެރެއިން ފެނުން ކަމަށް ބުނާ އިސްތަށީގެ ޑީއެންއޭ ރިލްވާންގެ މަންމަ އައިމިނަތު އީސާ އާ ދިމާވާ ކަމަށާއި އެކަމަކު އެ އާއިލާގެ އިތުރު ބަޔަކާ، އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ބާވަތުގެ ޑީއެންއޭ އަކީ ރާއްޖޭގައި އާންމުކޮށް ތަހުލީލު ކުރެވޭ ބާވަތުގެ ޑީއެންއޭ އަކަށް ނުވާތީ އެ އިސްތަށީގެ ތަހުލީލުތައް ކޮށްފައި ވަނީ ތައިލެންޑުގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމްގެ ލެބޯޓްރީއަކަށް ފޮނުވައިގެން ކަމަށް މާދިހް ވިދާޅުވި އެވެ. އަދި އެ ތަހްލީލްތަކުގެ ތަފްސީލް ދެމުން އޭނާ ވިދާޅުވީ އިސްތަށިން ފެނުނީ އެމްޓީ ޑީއެންއޭއެއް ކަމަށާއި އެއީ އާންމުކޮށް ފެންނަ ނިއުކްލިއާ ޑީއެންއޭއާ ތަފާތު ބާތެއް ކަމަށެވެ. ނިއުކްލިއާ ޑީއެންއޭ ކޮންމެ މީހަކާ ދިމާވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށާއި އެކަމަކު އެމްޓީ ޑީއެންއޭ ދިމާވާނީ އެއްބަނޑު މީހުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ޑީއެންއޭ ވާރުތަވަމުން އަންނާނީ މައިމީހާގެ ފަރާތުން ކަމަށް ވިދާޅުވުމުން ރިލްވާންގެ މަންމަގެ އަންހެން ކުދިންނަށް ލިބިފައިވާ ދަރިންނާ އެ ޑީއެންއޭއާ ދިމާވުމުގެ ފުރުސަތެއް އެބައޮތްތޯ ދައުވާ ލިބޭ ފަރާތުގެ ވަކީލު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މާދިހު ވިދާޅުވީ ރިލްވާންގެ މަންމަގެ ތިބި އަންހެން ކުދިންނަށް ލިބިފައި ތިބި އަންހެން ކުދިންނާ ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު