Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ސީޕީ އަރީފް

އެއްވެސް އަސްލެއްނެތް ދައުވާއެއް، ދައުވާއަށް ކަނޑައެޅިގެން އިންކާރު ކުރަން: ކުރީގެ ސީޕީ އަރީފް

13 މެއި 2018 | އާދީއްތަ 15:12

ފުލުހުންގެ ޚިދުމަތުގައި 29 އަހަރު އުޅުނިން، ދުވަހަކުވެސް ގާނޫނާ ޚިލާފު ކަމެއް ކޮށްފައެއް ނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މެއި 2018 | އާދީއްތަ 15:12
ކުރީގެ ސީޕީ އަހުމަދު އަރީފް

ކުރީގެ ސީޕީ އަހުމަދު އަރީފް

ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާއަކީ އެއްވެސް އަސްލެއްނެތް ދައުވާއެއް ކަމަށާއި އެ ދައުވާއަށް ކަނޑައެޅިގެން އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވީ، ދައުވާ ސާފު ނުވާކަމަށެވެ. އެހެންކަމުން ދައުވާއާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކުވެސް ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މިދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާއެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އިބްތިދާއީ މަރުހަލާގައި މިވަގުތު ގިނަ ހެކިތަކެއް ސިއްރުކޮށްފައި ވީނަމަވެސް މިމައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ޕީޖީއާ ވާހަކަދައްކައިގެން ބަޔާންދީފައިވާ މީހުންގެ ސިއްރުކަން ނުގެއްލޭގޮތަށް ބަޔާންތައް ދައުވާ ލިބޭ ފަރާތަަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ދިފާއީ ވަކީލުން ވަނީ އިޖުރާއީ ގިނަ ނުކުތާތަކެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓެރަރިޒަމްގެ މިމައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ދައުވާ ކުރަމުންދާ ނުވަ ބޭފުޅުންގެ މައްސަލަ ބެއްލުވުމަށް އެއްގާޒީއެއް ހަމަޖައްސާދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެގޮތަށް އެދެންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް އެބައޮތްތޯ ވިދާޅުވެ ވަނީ އެކަން ސާފުކޮށްދެއްވުމަށް އެދިލައްވާފައެވެ. ޕީޖީގެ ވަކީލުން ވިދާޅުވީ މިމައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކާ ގަރީނާތަކަކީ އެއް ހެކިތަކެއް ކަމަށާއި އެހެންކަމުން މިމައްސަލަތައް ކުރިއަށް ގެންދިއުމަށް ފަސޭހައަކަށް އެގޮތަށް އެދުނީ ކަމަށެވެ. ނަމަވެސް އެގޮތަށް އެދުމަށް ޕީޖީގެ ވަކީލުންނަށް ގާނޫނީ އެއްވެސް ސަބަބެއް ފާހަގައެއް ނުކުރެއްވުނެވެ.

ގާނޫނީ ސަރުކާރު ވައްޓަލަން އުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެ ނުވަ ބޭފުޅުންގެ މައްސަލަތައް ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މިދައުވާ ސާބިތު ކުރުމަށް އެއް ހެކިތަކެއް ހުށަހަޅާފައިވާތީ އާއި ކުރިން މީގެ ތެރެއިން ބައެއް ބޭފުޅުންގެ މައްސަލަތައް އެހެން ގާޒީއަކު ބެއްލެވިނަމަވެސް އޭރު އެގާޒީ ވަރަށް ގިނަ އެހެން މައްސަލަތަކެއް ބައްލަވަމުން ގެންދަވާތީ މިމައްސަލަތައް އެއް ގާޒީއަކު ބައްލަވާގޮތަށް ކޯޓުން ނިންމެވީ ކަމަށެވެ.

އަރީފްގެ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ދިފާއީ ވަކީލުން ކަމަށްވާ ހިސާން ހުސައިން އާއި އިބްރާހީމް ރިއްފަތު އަދި ސަފާ ޝަރީފް ވިދާޅުވީ ދައުވާގައި ސާފުނުވާ ވަރަށް ގިނަ ކަންކަން ހުރުމުންނާއި، ދައުވާއާއި ގުޅިގެން ފާހަގަކުރަން ބޭނުންވާ ގިނަ ކަންކަން ހުރުމުން، ޝަރީއަތް ކުރިއަށްދާވަރަކަށް އެ ކަންކަން ފާހަގަ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިލައްވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުހަލާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީވެސް ދައުވާ އިއްވުމާއި ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ލިބިފައިވޭތޯއާއި ދައުވާ ސާފުކުރުމާއި ދައުވާއަށް އިންކާރު ކުރާނަމަ، އިންކާރު ކުރާކަން، ނުވަތަ ނޫންކަން ހާމަކުރުމާއި އަދި ދައުވާ ބަލައިގަނެތޯ ނުވަތަ ނޫންތޯ ކަނޑައެޅޭ މަރުހަލާ ކަމަށެވެ. އެއަށްފަހު ގާޒީ ވަނީ އަރީފްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ މިދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފައެވެ.

ދައުލަތުން ދައުވާ ސާބިތު ކުރުމަށް 31 ހެއްކެތް ހުށަހެޅުމުން، ދިފާއުގައި ހެކި ހުށަހެޅުމަށް ގާޒީ ވަނީ ދިފާއީ ވަކީލުން އަރިހުން ކިތައް ދުވަސް ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ. ދިފާއީ ވަކީލުން ވިދާޅުވީ ކުރިއަށް އޮތީ ރޯދަމަސް ކަމަށްވުމުން ދެ ހަފްތާ ދެއްވުމަށެވެ. ގާޒީ ވިދާޅުވީ ޓެރަރިޒަމްގެ މިމައްސަލާގައި ދައުވާ ކޮށްފައިވާ އެހެން ފަރާތްތަކަށްވެސް ފުރުސަތު ދީފައިވާ ގޮތަށް ތިން ދުވަސް ދެއްވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ބަންދު ދުވަސްތަކެއް އަންނާނެތީ އިތުރަށް ސާފުކޮށް ދެއްވުމަށް ހިސާން އެދިލެއްވުމުން ގާޒީ ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިމައްސަލާގައި ދިފާއީ ހެއްކާއި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށެވެ.

ދައުލަތުން އަރީފްގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ އަރީފު، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާ 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅުވައި، ފުލުހުންގެ ތެރެއިން އޭނާ ބޭނުންވާ ވަކި ބަޔަކު ނަގައި އިތުރު ފުލުހުންތަކާ ކުރިމަތިލުމަށް ދުރާލާއި ރާވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެއެވެ. އޭގެ އިތުރުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އަރީފުގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

މިދައުވާ އަރީފްގެ މައްޗަށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް