Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަންކޮށްފި

13 މެއި 2018 | އާދީއްތަ 13:00

މަގާމަށް ކުރިމަތި ލުމަށް ހުޅުވާލައިފައި ވަނީ މިމަހު ކުރީކޮޅުގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 13 މެއި 2018 | އާދީއްތަ 13:00
ރައްޔިތުންގެ މަޖްލިސް

ރައްޔިތުންގެ މަޖްލިސް

ރައްޔިތުންގެ މަޖިލީހުގެ އެޑްމިނިސްޓުރޭޝަންގެ އިސްވެރިޔާގެ މަގާމަށާއި އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.

އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސީ ކުރިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ފާއިޒް މުހައްމަދެވެ. އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށް ހަމަޖެއްސީ މަޖިލީހުގެ ލީގަލް އޮފިސަރަކަށް ހުންނެވި ހަންނާނު ހުސައިނެވެ.

Advertisement - newsAdvertisement

އަމީން އާންމުގެ އެހީތެރިޔާގެ މަގާމުގައި މިވަގުތުވެސް ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ހާމިދު ޒަކަރިއްޔާ އާއި މުހައްމަދު ރަޝީދެވެ.

މަޖިލީހުގެ މުވައްޒަފުންނަށް އެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވެފައިވަނީ ނިމިގެން ދިޔަ ބުދަ ދުވަހު އެވެ.

އަމީން އާންމުގެ އެހީތެރިޔާގެ މަގާމުގެ ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 28،000ރ. ލިބޭއިރު ލިވިންގ އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ލިބެއެވެ. އަދި ވަޒީފާ އަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެއެވެ.

އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާގެ މަގާމު ދެ ހާސް ފަނަރަ ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮތީ ހުސް ކޮށެވެ. އެ މަގާމުގައި ކުރިން ހުންނެވީ މިހާރު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދެވެ. އެ ބޭފުޅާ އެމްޑަބްލިޔުއެސްސީއާ ހަވާލުވި ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ.

ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 25،000ރ. ލިބޭއިރު ލިވިންގ އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ފޯން އެލަވަންސްގެ ގޮތުގައި 1،000ރ. ލިބެއެވެ. އަދި ވަޒީފާ އަށް ހާޒިރުވާ ކޮންމެ ދުވަހަކު 100 ރުފިޔާގެ އެލަވަންސާއެކު އިތުރު ގަޑީގެ ފައިސާ ވެސް ލިބެ އެވެ.

މަޖިލީހުގެ އިސް މަގާމުތަކަށް ބޮޑެތި ޚަރަދުތަކެއްކޮށް މުވައްޒަފުން އައްޔަން ކުރަމުންދާއިރު މަޖިލިސް ބާއްވަމުން ދަނީ ފާއިތުވި ދައުރު ތަކާއި އަޅާ ބަލާއިރު ވަރަށް މަދުންނެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުއަށް އަމާޒުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް