Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދީން ފޮނުވާ ކަދުރު

ކޮންމެ އަހަރަކު ސައުދީން ފޮނުވާ ކަދުރު މިއަހަރު އަދި ނުލިބޭ: އިސްލާމިކް މިނިސްޓްރީ

13 މެއި 2018 | އާދީއްތަ 10:22

މީގެކުރިން ރޯދަ މަސް ފެށެންވާއިރަށް ސައުދީން ކަދުރު ފޮނުވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މެއި 2018 | އާދީއްތަ 10:22
ސައުދީން ދިވެހިރައްޔިތުންނަށް ހަދިޔާކުރި ކަދުރު ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ބަހަށް ތައްޔާރުކޮށްފައި (ފައިލް ފޮޓޯ)

ސައުދީން ދިވެހިރައްޔިތުންނަށް ހަދިޔާކުރި ކަދުރު ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި ބަހަށް ތައްޔާރުކޮށްފައި (ފައިލް ފޮޓޯ)

ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާއިން ދެމުން ގެންދާ ކަދުރު މިއަހަރު އަދި ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޯދަ މަސް ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައިވާ އިރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކަދުރު އަދި ނުލިބޭ ކަމަށެވެ.

މީގެކުރިން ސައުދީން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރާ ކަދުރު ރޯދަ މަސް ފެށެންވާއިރަށް ލިބެއެވެ. އަދި ކަދުރު އައުމާއެކު އެ ދިވެހި ރައްޔިތުންނަށް ބަހަށްފަށަ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބަހާ ނިންމާލެވޭވަރުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެހެންކަމުން މިއަހަރު ކަދުރު ލިބުން ލަސްވެގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ކަދުރު ނުލިބިގެން އުޅޭ ސަބަބެއް އޭނާއަށް އެނގި ނުލައްވާ ކަމަށެވެ. އަދި މި ފެށޭ ރޯދަ މަހަށް ސައުދީން ކަދުރު ރާއްޖެއަށް ފޮނުވާނެކަން ނުވަތަ ނޫންކަން ވެސް އޭނާއަށް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ވޭތުވެ ދިޔަ ތަނުގައި ކޮންމެ އަހަރަކުހެން ސައުދީ އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނެއްހާ ކަދުރު ކޮންމެ އަހަރަކު ހެން ހަދިޔާ ކުރެއެވެ. ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ތެރެއިން 10 ޓަނު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ ސަދަގާތު ފައުންޑޭޝަނަށް ނަގައި އެ ކަދުރު ބަހަމުން ދިޔަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

ސައުދީން ދިވެހިރައްޔިތުންނަށް ހަދިޔާކުރި ކަދުރު ސަދަގާތް ފައުންޑޭޝަނުގެ ނަމުގައި (ފައިލް ފޮޓޯ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އެމައްސަހަލަ ބެލުމަށް ފަހު ބުނެފައިވަނީ އެ ފައުންޑޭޝަނުން ކަދުރު ބެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
14 ފެބުރުއަރީ 2017

ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި

14 ފެބުރުއަރީ 2017
ސައުދީން ސަރުކާރުން ރާއްޖެ އަށް 17،500 އަރަބި ފޮތް ހަދިޔާ ކޮށްފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް