Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަލީ ހުސައިން

ވަކީލެއް އައްޔަން ކުރަން މެމްބަރު އަލީ ހުސައިންއަށް ދެ ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި

13 މެއި 2018 | އާދީއްތަ 08:12

މިއީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާއި ގުޅިގެން ހިންގާ ޝަރީއަތެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މެއި 2018 | އާދީއްތަ 08:12
މެމްބަރު އަލީ ހުސައިން

މެމްބަރު އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، މައްޗަށް ދައުލަތުން ކުރާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް އަނެއްކާވެސް ފުރުސަތެއް ކޯޓުން ދީފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެމައްސަލައިގެ އިބްތިދާއީ ދެވަނަ އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަކީލަކު ހަމަޖެއްސިފައިވޭތޯ އަލީ ހުސައިންގެ އަރިހުން އެހުމުން އަލީ ވިދާޅުވީ އޭނާ ކުރިން އައްޔަން ކުރެއްވި ވަކީލުން ހުންނެވީ ސަސްޕެންޑް ކޮށްފަ ކަމަށާއި، އެހެންކަމުން މިއަޑު އެހުމަށް ވަޑައިގެންނެވުމަށް މިދިއަ ބުރާސްފަތި ދުވަހު ޗިޓް ލިބުމުން އެހެން ވަކީލަކާ ވާހަކަ ދައްކާލާފައިވާ ކަމަށެވެ. އަދި އެ ވަކީލު މިހާރުވަނީ ހަމަޖެހިފައި ކަމަށާއި ނަމަވެސް އާދިއްތަ ދުވަހުގެ އަޑުއެހުމަށް ވަކީލަށް ވަޑައިނުގެންނެވުނީ ކޯޓަށް ހުށަހެޅިފައި ނުވާތީ ކަމަށާއި އެހެންކަމުން ދެން ޝަރިއަތަށް ހާޒިރުވާނީ ވަކީލަކާއެކު ކަމަށް އަލީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގާޒީ ވިދާޅުވީ ވަކީލެއް އައްޔަން ކުރެއްވުމަށް ދެ ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވާނެ ކަމަށާއި އެދުވަހު ވަކީލަކާއެކު ހާޒިރު ނުވެއްޖެނަމަ އެ މައްސަލަ ކުރިއަށް ގެންދަވަން ޖެހޭނީ ވަކީލަކާނުލައި އަލީ ހުސެއިން އަމިއްލަ އަށް ކަމަށެވެ. އަދި އެދުވަހުގެ ޝަރީއަތް ކުރިއަށްދާ ގޮތަށް ބަލާފައި މިމައްސަލާގައި ދައުލަތުން ދައުވާކޮށްފައި މެންބަރުންނާއެކު ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެ ގާޒީ އާރިފް ވަނީ އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވާފަ އެވެ.

އަލީގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިއަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައާއި ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން 12 މެމްބަރެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މެމްބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

އަލީ ހުސައިންގެ މިމައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ ފަސް ވަަނަ ދުވަހު އެވެ.

ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ

  1. ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
  2. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  3. ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
  4. ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
  5. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  6. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
  7. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
  8. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
  9. ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
  10. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
  11. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
  12. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް