Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާގެ ސިޔާސީ މަސްރަހު

މަހާތީރު ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައިފި

ނައިބަކަށް ވަޑައިގަންނަވާނީ ވަން އަޒީޒާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 10 މެއި 2018 | ބުރާސްފަތި 14:24
މަހާތީރު ހުވައި ކުރައްވަނީ

މަހާތީރު ހުވައި ކުރައްވަނީ

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި ޑރ. މަހާތީރު މުހައްމަދު ކުރައްވައިފިއެވެ.

ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6:45 ގައި މަހާތީރު ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި ކުރެއްވީ ޝާހީ ގަނޑުވަރު އިސްތާނާ ނެގާރާގައި ރަސްގެފާނު މުޙައްމަދު ފަސްވަނައިގެ ކުރިފުޅުމަތީގައެވެ.

ބުދަ ދުވަހު މެލޭޝިއާގައި ބޭއްވި 14ވަަނަ އާއްމު އިންތިޚާބު މަހާތީރުގެ ޕަކަޓަން ހަރަޕަން އިން ކާމިޔާބުކުރީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 121 ގޮނޑި ނަގައިގެންނެވެ. 61 އަހަރު ވަންދެން މެލޭޝިއާގައި ވެރިކަންކުރި ބަރިސާން ނޭޝަނަލްގެ ވެރިކަން ބުރާސްފަތި ދުވަހު ނިމުމަކަށް އައި އިރު، އެޕާޓީއިން މި އިންތިޚާބުގައި ލިބުނީ 79 ގޮނޑިއެވެ. މިއީ ކުރިން މަޖިލީހުގައި ތިބި އެޕާޓީގެ މެމްބަރުންނަށްވުރެ 54 ގޮނޑި މަދު އަދަދެކެވެ.

ބަރިސާން ނޭޝަނަލްގެ ވެރިކަން ނިމުމަކަށް އައުމާއިއެކު، މިހަފްތާގެ ތެރޭގައި މަހާތީރު އައު ސަރުކާރެއް އެކުލަވާލައްވާނެއެވެ. އެމަނިކުފާނުގެ ނައިބަކަށް ހުންނަވާނީ ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއީލްއެވެ.

ބަރިސާން ނޭޝަނަލް އުފެދިގެން އައި މެލޭޝިއާގެ ޖޮހޯރް ސްޓޭޓުންވެސް އެކޯލިޝަނަށް މިފަހަރު ލިބުނީ ނާކާމިޔާބީއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް އިންތިޚާބުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ނަޖީބު ރައްޒާޤް ވަނީ އިންތިޚާބުގައި ރައްޔިތުން ދިން މެސެޖް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. ބަރިސަން ނޭޝަނަލްގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އަދި ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ ޕާޓީ އަމްނޯގެ ޒުވާނުންގެ ގޮފީގެ ރައީސް ޚައިރީ ޖަމާލުއްދީން ވިދާޅުވީ މެލޭޝިއާގެ ރައްޔިތުން އެމީހުންގެ ބަސް އިއްވައިފިކަމަށާއި، ރައްޔިތުންގެ ބަހަށް އިހްތިރާމްކުރައްވާކަމަށެވެ. އަދި ވޯޓުލާން ނިކުތް ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވި މަހާތީރަކީ އަމްނޯގެ ކުރީގެ ލީޑަރެވެ.

އާއްމު އިންތިޚާބުގެ އިތުރުން މެލޭޝިއާގެ 12 ސްޓޭޓެއްގެ، ސްޓޭޓް އިންތިޚާބުވެސް ބުދަ ދުވަހު ބޭއްވިއެވެ. އެ އިންތިޚާބުތަކުގައިވެސް ޕަކަޓަން ހަރަޕަން އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޖޮހޯރް، މަލައްކާ އަދި ނެގެރި ސެމްބިލަންގައި ކުރިން ބަރިސަން ނޭޝަނަލްގެ ބާރު އޮތް ނަމަވެސް، އެސްޓޭޓްތައް މިހާރު ވަނީ ޕަކަޓަން ހަރަޕަން އަށް ލިބިފައެވެ. އަދި ޕަކަޓަން ހަރަޕަންގެ ބާރު އޮތް ޕިނަންގް އަދި ސެލެންގޯރްގައި ބާރު ދެމެހެއްޓިއެވެ.

ބަރިސަން ނޭޝަނަލް އިން ވަނީ ޕަރލިސް އަދި ޕަހާންގް ގައި އެކޯލިޝަންގެ ބާރު ދަމަހައްޓާފައެވެ. އަދި މެލޭޝިއާގެ އިސްލާމިކް ޕާޓީއިން ވަނީ ކެލަންޓަން އާއި ޓެރެންގަނުގެ ސަރަހައްދީ ސަރުކާރުގެ ބާރު ނަގާފައެވެ.

2013ވަނަ އަހަރު އާއްމު އިންތިޚާބުގައި ވޯޓުލުމަށް މެލޭޝިއާގެ ވޯޓުލެވޭ އާބާދީކަމަށްވާ 15 މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ ނިކުތް ނަމަވެސް، މިފަހަރު ނިކުތީ 76 އިންސައްތައެވެ.

މަހާތީރަކީ މިވަގުތު ދުނިޔޭގައި ހުންނެވި އިންތިޚާބު ކުރެވިފައިވާ އުމުރުން އެންމެ ދުވަސްވީ ލީޑަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު