Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިޔާނާ ސައީދު

މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް: ދިޔާނާ

10 މެއި 2018 | ބުރާސްފަތި 09:54

ފެންނަން އޮތީ މަގާމުގެ ބާރު ބޭނުން ކޮށްގެން ގަނެފައިވާ ބޮޑު ގޯތި ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2018 | ބުރާސްފަތި 09:54
ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު

ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު

ވެރިރަށް މާލޭސިޓީގެ މަލަމަތިން ފެންނަނީ ވައްކަމުގެ ނިޝާންތައް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއިން ފައިބާ އިރު ފެންނަނީ ޅިޔަނަށް ދިން ބިން ކަމަށެވެ. ދިޔާނާ އެހެން ވިދާޅުވީ ނަސަންދުރައަށް އިޝާރާތް ކުރައްވާ ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ހެންވޭރު ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އިމާރާތް ކުރަމުންދާ ގޯއްޗަށް އިޝާރާތްކުރައްވާ ދިޔާނާ ވިދާޅުވީ ވާތް ފަރާތުން ފެންނަން އޮތީ މަގާމުގެ ބާރު ބޭނުން ކުރައްވައިގެން ބައްލަވައިގެންފައިވާ ބޮޑު ގޯތި ކަމަށެވެ.

ގޯއްޗާ ޖެހިގެން ދެން އޮތީ ރާއްޖޭގެ ސިޔާދަތު ޗައިނާއަށް ރަހުނު ކުރުމުގެ ރަމްޒު ކަމަށް ދިޔާނާ ވިދާޅުވިއެވެ. މީގެ އިތުރަށް ދިޔާނާ ވިދާޅުވީ މާލެ ވަށާދާއިރު ދެން ފެންނަނީ ނުބައްދަލު އަގުގައި 25 ބުރިއަށް ނަގާ އިމާރާތް ކަމަށެވެ. ދިޔާނާ އެ އިޝާރާތް ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށެވެ.

އެ އިމާރާތް އެޅުމަށްޓަކައި ދައުލަތުން ކުރަމުންދާ ހަރަދު އެތައް މިލިއަނަށް އަރާއިރު ރާޢްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތްތަކެއް އެތަނުން ލިބޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ތަރައްގީގެ ނަމުގައި ސަރުކާރުން ބޮޑެތި އިމާރާތްތައް އަޅަމުންދާއިރު އެއިމާރާތްތައް އަޅަމުންދަނީ ނުބައްދަލު އަގުގައި ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި، އެއީ ތަރައްގީ ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ

24 ސެޕްޓެމްބަރު 2017
އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ
08 އޯގަސްޓު 2017

ވައްކަމުގެ ތިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

08 އޯގަސްޓު 2017
ވައްކަމުގެ ތިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
22 ޖުލައި 2017

މަޖިލިސް ހުއްޓުވާފައި އޮތީ މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލައިފާނެތީ: ސައުދު

22 ޖުލައި 2017
މަޖިލިސް ހުއްޓުވާފައި އޮތީ މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލައިފާނެތީ: ސައުދު
24 މެއި 2017

ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

24 މެއި 2017
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ
17 މެއި 2017

ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހޯދަނީ

17 މެއި 2017
ވައްކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހޯދަނީ
15 އެޕްރީލު 2017

ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން

15 އެޕްރީލު 2017
ރާއްޖެ ސިންގަޕޫރު ގޮތުގައި ފެންނަނީ ރައީސް ޔާމީނަށް އެކަނި:އަމީން
11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
21 މާރިޗު 2017

ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

21 މާރިޗު 2017
ވައްކަމުގެ މައްސަލައަކާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް