Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނާގެ ފިރިކަލުން ނަދީމު

ނަދީމުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި

10 މެއި 2018 | ބުރާސްފަތި 08:17

އެންމެފަހުން ބޭއްވި އަޑުއެހުން ހުއްޓާލީ ގާޒީ ބަދަލުވެފައިވާތީ، ދިފާއީ ވަކީލު އިޖުރާއީ ނުކުތާއެއް ނެންގެވުމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މެއި 2018 | ބުރާސްފަތި 08:17
ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް

ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ 15:00އަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި އިބްތިދާތީ އެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

Advertisement - newsAdvertisement

ނަދީމުގެ ޓެރަރިޒަމް މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް އެެންމެފަހުން ބާއްވާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ނަދީމްގެ މައްސަލަ ފުރަތަމަ ބެއްލެވި ގާޒީ ބަދަލުވެފައިވާ ސަބަބު އޭނާއަށް އަންގާފައި ނުވާތީ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންގޮސް އެދުވަހުގެ އަޑުއެހުން ވަނީ ހުއްޓަލާފަ އެވެ.

ނަދީމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދެވެ. އެ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ނަދީމްގެ މައްޗަށް ކުރާ ދައުވާވެސް އިއްވާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުނުއިރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަހުމަދު ހައިލަމެވެ.

ހޯމަ ދުވަހު ބޭއްވި އިބްތިދާއީ ދެ ވަނަ އަޑުއެހުމުގައި ނަދީމް ވަކީލުންނާއިއެކު ކޯޓަށް ވަޑައިގެންނެވިއިރު ދައުލަތުގެ ވަކީލު ދައުވާ އިއްވަން ފެށުމާއެކު ނަދީމްގެ ދިފާއީ ވަކީލް މޫސާ ސިރާޖު ވަނީ އިޖްރާއީ ނުކުތާއެއް ނަންގަވާފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި ގާޒީ މިހާރު ބަދަލުވެފައިވާއިރު އެސަބަބު ނަދީމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެ ނަމަ އެކަން މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ކޯޓުގެ އިސް ގާޒީ އަންގަންވަން ވާނެ ކަމަށް ބުނެފައިވާއިރު އެ އިޖްރާއަތު ފުރިހަމަ ކޮށްފައިނުވާ ކަމަށް ސިރާޖު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ގާޒީ ހައިލަމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާ ސަބަބު އަންގާފައިނުވާތީ އެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.

ނަދީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަޖިލިސް މެމްބަރުންތަކަކާ ގުޅިގެން، ފާރިސް އެންގެވި ގޮތަށް އަމަލުކޮށް، ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ވެރިކަން ބަދަލުކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް ނަދީމު މެދުވެރި ކުރުވާފައިވާ ކަމަށް ވެސް ނަދީމުގެ މައްޗަށް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
17 މާރިޗު 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
02 ފެބުރުއަރީ 2017

ގްލޯފިޓްގެ ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ

02 ފެބުރުއަރީ 2017
ގްލޯފިޓްގެ  ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް