Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނަމާލޭ 3

ސިނަމާލޭ 3 ގެ ގޯތިތެރޭގައި ބަޔަކު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރާތީ ދިރިއުޅޭ މީހުންނަށް ބޮޑެތިދަތިތަކެއް!

ފްޓްސަލް ދަނޑު އަޅާތީ އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 މެއި 2018 | ބުދަ 08:24
މާލޭ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް

މާލޭ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް

ސިނަމާލޭ 3 ގެ ގޯތިތެރޭގައި ބަޔަކު ހުއްދަ ނުހޯދައި ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރާތީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ވަމުންދާތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީކައުންސިލުން ބުނީ، ސިނަމާލެ ފްލެޓް ތަކަކީ މާލޭގައި އެކައުންސިލުން ބަލަހައްޓަމުން އައި ހުރިހާ ތަނެއް ހައުސިން މިނިސްޓްރީގެ ދަށަށް ނެގުމަށް ފަހު އެ ސިޓީ ކައުންސިލްގެ ދަށުގައި ހުރި ދެތަނުން ކުރެ އެއްތަން ކަމަށެވެ. އަދި ސިނަމާލެ އެކެއް ދޭއް އަދި ތިނެއްގެ ހާލަތު މިހާރު ވެސް އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެފަދަގޮތަކަށް އެތަން އޮތް އިރުވެސް، ސިނަމާލޭ ފްލެޓް ތިނެއްގެ ގޯތި ތެރޭގައި ބަޔަކު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ބައެއް ޖަންގްޝަންތައް ހަލާކުވެ، އެކަމުގެ ސަބަބުން ފެން ލިބުމާއި އަދި ފާހާނާ ކުރުމުގައި އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެެވެ.

Advertisement - newsAdvertisement

"ވަށާފާރު ވެސް އެވަނީ ތަޅާލަފައި، ހިރަފުހާއި ވެއްޔާއި ސިމެންތި އެދަނީ ގެތަކަށް ވަންނަމުން. ވަޅުލާފައި ހުރި ބައެއް ހޮޅިތައް ވަނީ ފަޅައިގެން ގޮސްފައި" ސިޓީކައުންސިލުން ވާހަކަ ދެއްކެވި ސަމާއު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި މާލޭ ސިޓީގެ ޑެޕއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވީ، އެކަން ކުރަނީ ކޮންބަޔަކު ކަމާއި ކޮންތާކުން ހުއްދަ ލިބިގެން ކުރާ ކަމެއްކަން ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެން އެތަނުގައި މަސައްކަތް ކުރާ މީހުން ގާތު އެހުމުން އެމީހުންނަކަށް ވެސް ނޭނގޭ އެކަން ކުރަނީ ކޮންބަޔަކުކަމެއް. ހައުސިން މިނިސްޓްރީއަކީ އަޅުގަނޑުމެންނަށް އެއްވެސް ކަމެއްގައި އެއްބާރުލުން ދޭ ބައެއް ނޫން" ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ، ސިނަމާލެ ފްލެޓްތަކުގެ ހާލަތު ގޯސްވެ އެތަން މަރާތު ކުރުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނާނަމަވެސް އެކަށީގެންވާ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށެވެ.

ސިޓީކައުންސިލުން ބުނީ އެކަން ކުރަނީ ކޮންބައެއްގެ ފަރާތުން ހުއްދަ ހޯދައިގެންތޯ ބެލުމަށް ބުދަ ދުވަހުން ފުލުހުންނަށް ވެސް ހުށައަޅާނެކަމަށެވެ.

މާލޭ ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސިނަމާލޭ ފްލެޓްތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ އެތަނުގެ ސީލިންގް ތަކުން ފެންފޭބުމާއި ފާރުތަކުގައި ރެނދުލުން ފަދަ ބޮޑެތި ގެއްލުންވެ ތަން ވަނީ ވަރަށް ބޮޑަށް ބާވެފައެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު