Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާންގެ ނިއުކްލިއަރ ޑީލް

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ

8 މެއި 2018 | އަންގާރަ 20:36

އީރާނާއި ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ އަމުރުކުރައްވާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 8 މެއި 2018 | އަންގާރަ 20:36
ރައީސް ޓްރަމްޕް ނެރުއްވި ޤަރާރު

ރައީސް ޓްރަމްޕް ނެރުއްވި ޤަރާރު | އެންސީބީ ނިއުސް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭގޮތުން އެޤައުމާއި އެކު ވެފައިވާ އެއްބަސްވުމުން ވަކިވުމަށް އެމެރިކާއިން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވުމަށްފަހު، އީރާނާއި، އީރާނަށް އެހީވާ ހުރިހާ ޤައުމަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އަމުރުކުރައްވައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޤަރާރެއް ނެރުއްވާފައެވެ.

އީރާނުގެ ނިއުކްލިއަރ ޑީލުން އެމެރިކާ ވަކިވާކަން ހާމަކުރެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނަކީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ދައުލަތް ކަމަށެވެ. އެގޮތުން ނުރައްކާތެރި މިސައިލްގެ ވިޔަފާރިކޮށް، މެދުއިރުމަތީގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްކޮށް، ޓެރަރިސްޓް ގްރޫޕްތަކަށް އީރާނުން އެހީވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އީރާނުން ކުރަމުންދާ އެންމެ ނުރައްކާތެރި ކަމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެޤައުމުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމަކީ އެމެރިކާއަށް ބާރު އޮވެމެ، އެ ބާރުގެ ބޭނުން ކުރުމެއްނެތި ވެފައިވާ ދޯހަޅި އެއްބަސްވުމެއް ކަމަށާއި، އެއީ އެމެރިކާގެ ރައްޔިތުންނަށް ހުރި ލަދެއް ކަމަށެވެ. މިއީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ފައިދާއެއްވާ، އަދި ފައިދާއެއް ވާނެ އެއްބަސްވުމެއް ނޫން ކަމަށާއި، މި އެއްބަސްވުމަކީ އެ އެއްބަސްވުން އޮތް ގޮތުން ވެގެންވާނެ ވަރުގެ އެއްބަސްވުމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އީރާނާއި ދެކޮޅަށް އަޅާފައިވާ އެކިއެކި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވާއިރު، އެއްބަސްވުމުގެ ދަށުން، ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވާ ޔުރޭނިއަމް މުއްސަނދިކުރުމުގެ ފުރުޞަތު އީރާނަށް ގެއްލިގެނެއް ނުދެއެވެ. އެގޮތުން ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ މި އެއްބަސްވުމުގައި އީރާނަށް ދީފައިވާއިރު، އީރާނުން ނިއުކްލިއަރ ބާރުވެރިކަން އިތުރުކުރަމުންދަނީ ހަކަތަ އުފެއްދުމުގެ ގޮތުން ކަމަށް އީރާނުން ދައްކާ ވާހަކައަކީ ދޮގެއްކަން ސާބިތުކުރެވޭ ވަރަށް އެމެރިކާއަށް ހެކި ލިބިފައިވާ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ އަންގާރަ ދުވަހުގެރޭ ވިދާޅުވެފައެވެ.

އަދި މި އެއްބަސްވުން އެކުލަވާލާފައިވާގޮތުން، އީރާނުން އެއްބަސްވުމަށް ފުރިހަމައަށް ތަބާވި ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރު އުފެއްދޭވަރަށް، ނިއުކްލިއަރ ބާރުވެރިކަން ހޯދުމުގެ ފުރުޞަތު އިރާނަށް އޮތްކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާއި ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމަވައި ރައީސް ޓްރަމްޕް ވަނީ ޤަރާރެއްވެސް ނެރުއްވާފައެވެ. އެ ޤަރާރުގައި ވާގޮތުން، އީރާނާއި ދެކޮޅަށް އެންމެ މަތީ ފަންތިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އީރާނަށް ވާގިވެރިވާ ޤައުމުތަކަށްވެސް ފިޔަޅު އެޅުމުގެ ފުރުޞަތު އެ ޤަރާރުގައި ވަނީ ފަހިކޮށްދީފައެވެ.

އެމެރިކާގެ މި ނިންމުމާއި ގުޅިގެން އެ އެއްބަސްވުމުގައި ދެން ހިމެނޭ ވިލާތުގެ އިއްތިހާދުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ވިލާތުގެ އިއްތިހާދުގެ ކައުންސިލްގެ ރައީސް ޑޮނާލްޑް ޓަސްކް ވަނީ، ޓްރަމްޕްގެ ނިންމެވުމާއި ގުޅިގެން ގޮތެއް ނިންމާނީ އަންނަ ހަފްތާގައި އޮންނަ ވިލާތުގެ އިއްތިހާދުގެ ސަމިޓުގައި އެ އިއްތިހާދު އެކުގައި ކަމަށް ވިދާޅުވެފައެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވީ، އެއްބަސްވުމުން ވަކިވާން އެމެރިކާއިން ނިންމި ނިންމުމާއިމެދު ފްރާންސާއި، ޖަރުމަނާއި އިނގެރޭސިވިލާތް ހިތާމަކުރާ ކަމަށާއި، އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް ވެފައިވާ އެއްބަސްވުން އެޤައުމުން ރޫޅާލަފާނެކަމުގެ ބިރު މިހާރު އޮތް ކަމަށެވެ.

އީރާނާއި އެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން ވަކިވުމަށް އެމެރިކާއިން ނިންމި ނިންމުމަށް އެކި ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިހާތަނަށް މި ނިންމުމަށް މަރުހަބާ ވިދާޅުވެފައިވަނީ، ސައުދީ އަރަބިއާގެ އިތުރުން މެދުއިރުމަތީގައި އީރާނާއި މެދު އެންމެ ހަސަދަވެރިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަންޏެވެ. ނަތަންޔާހޫ ވަނީ ރައީސް ޓްރަމްޕްގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި، އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަކީ ވަރަށް ގޯސްކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ނިންމުމާއި ގުޅިގެން އީރާނުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް މި ނިންމުން ނިންމާނެ ކަމަށް ވާހަކަ ދެކެވެމުން ދިޔައިރު، އީރާނުގެ ރައީސް، ޙަސަން ރޫހާނީ ވަނީ އެމެރިކާ އިން ނިންމާ ގޮތަކުން ކުރިއަށް އޮތް ދެ މަސް ނޫނީ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެވެސް ދަތިތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގެ ހައްލު އީރާނުން ހޯދާނޭ ކަމަށް ވިދާޅުވެފައެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަން ދެވިފައިވާ ނިއުކްލިއަރ ޑީލުން އެމެރިކާ ވަކި ވުމާއި ގުޅޭގޮތުން ރޫހާނީ އިތުރަށް ވިދާޅުވެފައިވަނީ، މި އެއްބަސްވުން އެމެރިކާ އާއި ނުލައި އަދި މާ ބޮޑަށް ރަނގަޅުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާ އިން މި އެއްބަސްވުމުން ވަކިވި ނަމަވެސް، އީރާނުން އެދޭ ގޮތައް ކަންކަން ވާނަމަ، ވިލާތާއި، ރަޝިޔާ އަދި ޗައިނާ އާއިއެކު މި އެއްބަސްވުމާ އެއްގޮތައް ކުރިޔަށް ދާން ބޭނުންވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް