Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައުލޫމާތު ހާމަކޮށްފި

8 މެއި 2018 | އަންގާރަ 11:42

ތަފާތު ތިން އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރު ކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 މެއި 2018 | އަންގާރަ 11:42
މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތިތަކެއް (ފައިލް ފޮޓޯ)

މީގެކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތިތަކެއް (ފައިލް ފޮޓޯ)

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓަލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީ ތިން އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފި އެވެ.

އެގޮތުން މިދިއަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު، މަސްތުވާތަކެތީގެ މުއާމަލާތެއް ކުރަންއުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގައި، ދެ ދިވެހިން ބަލާފާސްކޮށް، އަދި އެ މީހުން މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ބެލެވޭ ގ. ވެގާ ބަލާފާސްކުރި ކަމަށެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، ސަމަން، ސަދޫހު ސާމިއު (21އ) އަދި ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، މީނާޒު، ވިސާމް ސަމީރު (26އ) ކަމަށް ފުލުހުން ބުނެއެވެ.

ފުހުން ބުނީ އެ ދެ މީހުންނަކީ ވެސް މާރާމާރީ ހިންގުމާއި ވައްކަންކުރުމާއި ބަނގުރާ ބޭނުންކޮށް ގެންގުޅުމުގެ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށެވެ. އެ ދެ މީހުން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްއެސްއީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅިގެން ގ. ވެގާ ބަލާ ފާސްކޮށް، އެގޭ ތެރެއިން ފެނުނު ފޮށިގަނޑެއްގެ ތެރެއިން ބަރުދަނުގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެއިތުރުން އެ ފޮށިގަނޑުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ އާލާތް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ގޮތުން، އެ ދެ މީހުންނަކީ މަސްތުވާތަކެތި ރައްކާކޮށް، އެކި ސަރަހައްދުތަކަށް މަސްތުވާތަކެތި ޑެލިވަރީ ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ދެމީހުން ކަމަށެވެ.

ދެ ވަނަ އޮޕަރޭޝަނުގެ ދަށުން މިދިއަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:15 ހާއިރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އަދި އެތަކެތިން ވިޔަފާރި ކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ ހަޒާރުމާގޭ، ލީވާން އަލީ ނާސިރު (21އ) އާއި ސ. ހިތަދޫ ލީޒަން، އާލާ އިބްރާހީމް ރަޝީދު (26އ) އަދި ޏ. ފުވައްމުލަށް ހޯދަޑު، ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (27އ) އެވެ.

އެ ތިން މީހުން ހުއްޓުވާ ބަލާފާސްކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. ސާމީ އާއި އާލާ އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ދެމީހުންކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްއެސްއީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ލީވާންގެ ހަށިގަނޑު ބަލާ ފާސްކުރިއިރު، އޭނާ ލައިގެންހުރި ޖީންސްގެ ޖީބުން ރަބަރު ޕެކެޓަކަށް ލާފައިވާ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 246.6 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ސާމީއާއި އާލާ އަކީ މާލެއާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިއަ ދެ މީހުން ކަމަށާއި ލީވާނަކީ އެމީހުންގެ އަތުން މަސްތުވާތަކެތި ހޯދުމަށްފަހު އެއްތަނުން އަނެއްތަނަށް މަސްތުވާތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ތިން ވަނަ އޮޕަރޭޝަން ފުލުހުން ހިންގާފައި ވަނީ މއ. އަނޫމާގޭގައި މަސްތުވާތަކެތި ވިއްކާ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވިގެން ނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ.މާލެ، މއ. އަނޫމާ، ރާމިޒު އިބްރާހީމް (33އ) އަދި ހަމަ އެގޭ ފައިސަލް އިބްރާހީމް (27އ) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރާމިޒަކީ މާލެ ތެރޭގެ އާއްމު މަސްލަހަތު ނަގާލަން މަސައްކަތްކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. ފައިސަލަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، އަދި މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

މީގެއިތުރުން ފައިސަލަކީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގަށް ހުރަސްއަޅައި މާލެ ތެރޭގެ އަމާންކަން ނަގާލައި ސުލްހަމަސަލަސްކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އަދި މިޑްރަގް ނެޓްވޯކް ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީވެސް ފައިސަލްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މއ. އަނޫމާ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި މއ. އަނޫމާ ބަލާފާސްކޮށް، އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު އެއް ރަބަރުގަނޑު، ދެ ރަބަރު ޕެކެޓް އަދި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް އެގޭތެރެއިން ފެނިފައިވާ ކަމަށެވެ.

މއ. އަނޫމާ ގެއިން ފެނިފައިވަނީ ކެނަބިސްކަމަށް ޝައްކުކުރެވޭ އެއްޗެއްކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެ ބަރުދަނުގައި 530 ގްރާމް ހުރި ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއްޗެއްގައި 9.9 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މިތަކެތީގެ މަގުމަތީ އަގު ލަފާކުރެވޭ ގޮތުގައި 500,000ރ އަށްވުރެ މައްޗަށް އަރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތިން މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި މިމައްސަލަތަކުގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް