Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ސީޕީ އަރީފް

ކުރީގެ ސީޕީ އަރީފްގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

7 މެއި 2018 | ހޯމަ 10:17

އަރީފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ހާމައެއް ނުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މެއި 2018 | ހޯމަ 10:17
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް

ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދައުލަތުގެ އިސް ފަރާތްތަކެއްގެ މައްޗަށް ހިންގާ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތަކެއް ފުލުފުލުގައި ކްރިމިނަލް ކޯޓުގައި ތާވަލްކޮށް، ކޮންމެ ދުވަހަކު ކުރިއަށް ގެންދާއިރު، ހޯމަ ދުވަހުވެސް ބައެއް ފަރާތްތަކުގެ މައްސަލަތައް އެކޯޓުގައި ތާވަލްކޮށް ކުރިއަށް ގެންދިޔަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދުގެ ޝަރީއަތުގެ އަޑުއެހުން ހޯމަ ދުވަހުގެ 11:00 އަށް ތާވަލް ކުރިނަމަވެސް އެ އަޑުއެހުން ފެށިފައިވަނީ 1 ޖަހާކަންހާއިރު އެވެ. އެހެންކަމުން 1:00 އަށް ތާވަލްކޮށްފައިވާ ކުރީގެ ސީޕީ އަރީފްގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެތީ ކެންސަލް ކުރީކަމަށް ބެލެވެ އެވެ.

މި މައްސަލަތައް ބައްލަވަނީ ދާދިފަހުން ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ގާޒީ އަހުމަދު ހައިލަމް އެވެ.

ނަމަވެސް ސީޕީ އަރީފްގެ ހޯމަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އަރީފުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިދިއަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވުމުން އަރީފު ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި ކުރިއަށްދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށެވެ. އެއާކު މައްސަލަ ބައްލަވަން އިންނެވި ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ މި މައްސަލައިގައި ހަ ވަކީލުން އައްޔަން ކޮށްފައިވާކަން ކޯޓަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަކީލުން ކޮބައިތޯ ގާޒީ ސުވާލު ކުރެއްވުމުން އަރީފު ވިދާޅުވީ އޭނާއަކީ ބަންދުގައި ހުންނަ މީހެއް ކަމަށާއި އެމީހުން ވީތަނެއް ނޭނގޭ ކަމަށެވެ. އަދި އެމީހުނަށް އަންގަން ޖެހޭނީ ކޯޓުން ކަމަށް ވިދާޅުވަމުން ގާޒީ ވިދާޅުވީ އޭގެ ތެރެއިން ދެ ވަކީލުންނަށް ކޯޓުން ގުޅުމުން އެމީހުން އައްޔަން ވެފައިވަނީ މުއްދަތުގެ މަރުހަލާފައި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެމީހުން ވަނީ މި މައްސަލައިން ތަނާޒުލުވެފައިކަން ކޯޓަށް އަންގާފައިވާ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މުއްދަތުގެ މަޖިލީހަށް ވަކިން އައްޔަންވާ އުސޫލެއް ކޯޓުގައި ނުގެން ގުޅޭނެ ކަމަށާއި މީގެ ފަހުން މި މައްސަލައިން ތަނާޒުލުވި ކަމަށް ބުނާ ދެ ވަކީލުން ކޯޓުން މި މައްސަލައިގައި އަރީފު އައްޔަން ކުރައްވަން ބޭނުންވިއަސް ބަލައިނުގަންނާނެ ކަމަށް ގާޒީ ހައިލަމް އެންގެވި އެވެ. އަދި ވިދާޅުވީ އެގޮތަށް ނިންމެވީ އެ މައްސަލައިން ތަނާޒުލުވުމަށް ދެއްކި އުޒުރު ބަލައި ނުގަނެވޭތީ ކަމަށެވެ.

ދެން ތިބި ވަކީލުނަށް ކްރިމިނަލް ކޯޓުން ގުޅަން އުޅުމުން ނުގުޅޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް މި މައްސަލައިގައި ކޯޓުން ދެން ބަލައިނުގަންނާނެ ވަކީލުންގެ ނަމެއް ގާޒީ ވިދާޅެއްނުވެ އެވެ.

ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ އަރީފު، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން 2017 ވަނަ އަހަރުން ފެށިގެން ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ. އަދި އޭނާ 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅުވައި، ފުލުހުންގެ ތެރެއިން އޭނާ ބޭނުންވާ ވަކި ބަޔަކު ނަގައި އިތުރު ފުލުހުންތަކާ ކުރިމަތިލުމަށް ދުރާލާއި ރާވާފައި ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވެ އެވެ. އޭގެ އިތުރުން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އަރީފުގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް