Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލް

އަނެއްކާވެސް އިސްރާއީލުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްލައިފި

5 މެއި 2018 | ހޮނިހިރު 12:56

ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ނިމިދިޔަ މާޗް މަހު 30 އިން ފެށިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 މެއި 2018 | ހޮނިހިރު 12:56
ޒަޚަމްވި ފަަލަސްތީނު ރައްޔިތަކަށް ފަރުވާ ދިނުމަށް ގެންދަނީ

ޒަޚަމްވި ފަަލަސްތީނު ރައްޔިތަކަށް ފަރުވާ ދިނުމަށް ގެންދަނީ

އިސްރާއީލް-ޣައްޒާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުުން ކުރަމުންދާ މުޒާހަރާގައި ނިމިދިޔަ ހުކުރު ދުވަހު އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ފަސް ހަފްތާވެ، ހަވަނަ ހަފްތާ ފެށިފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ނިމިދިޔަ ހުކުރު ދުވަހު ކުރެވުނު މުޒާހަރާތަކުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ކަރުނަ ބޭސް ބޭނުންކުރުމުގެ ސަބަބުން 1243 މީހުންނަށް ފަރުވާ ދޭން ޖެހުނެެވެ. އަދި ބަޑި ޖެހުމުގެ ސަބަބުން 83 މީހުން ޒަޚަމްވިއެވެ.

ނިމިދިޔަ މާޗް 30 ގައި ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް އިސްރާއީލް-ޣައްޒާ ގުޅޭ ބޯޑަރު ސަރަހައްދުގައި ކުރަން ފެށި މުޒާހަރާގައި މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ 49 މީހުން މަރާލާފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. ކޮންމެ އަހަރެއްގެ މާރޗް 30 ވަނަ ދުވަހު ފަލަސްތީނު ރައްޔިތުން "ލޭންޑް ޑޭ" ދުވަސް ފާހަގަކުރަނީ 1976 ވަނަ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިން ފޭރިގަނެފައިވާތީއެވެ.

"ގްރޭޓް މާރޗް އޮފް ރިޓަރން"ގެ ނަމުގައި ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި، ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން 'ނަކްބާ' ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

އިސްރާއިލުގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ބޭނުން ކުރަމުންދާ ހާލަތާ ނުބައްދަލު ބާރު، އިސްރާއީލުން ދަނީ، "އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ހަނގުރާމައިގެ އަމަލުތަކަށް" ބޭނުން ނުކުރެވޭނެ ކަަމަށް ބުނެ ދިފާއު ކުރަމުންނެވެ.

އިސްރާއީލުގެ އަމަލުތައް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އަދި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުވެސް ވަނީ ކުށްވެރިކުރައްވާފައެވެ. އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް އަދި ތަހުގީގު ކުރުމަށް ގޮވާލާ އދ ގެ ސަލާމަތީ މަޖިލީހުގެ ޑްރާފްޓް ބަޔާނެއް އެމެރިކާ އިން ވަނީ ބްލޮކް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް