Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ

އޭޝިއާގެ އެންމެ ރަނގަޅު ޓެކްސް ކޮމިޝަނަރަކަށް ޔަޒީދު!

3 މެއި 2018 | ބުރާސްފަތި 18:26

މި އެވޯޑަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާފައިވަނީ އައިޓީއާރްގެ ހާއްސަ ޖަޖިންގ ޕެނަލްއަކުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 މެއި 2018 | ބުރާސްފަތި 18:26
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު

ޓެކުހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން އިންޓަރނެޝަނަލް ޓެކްސް ރިވިއު އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް"ގެ 2017 ވަނަ އަހަރުގެ "އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑު ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދަށް ލިބިވަޑައިގެންފިއެވެ.

ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، ޒަމާނީ ކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަރ ޖެނެރަލް ކުރައްވާފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށް ލިބުނު މި އެވޯޑަށް ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އާއި ވާދަ ކުރެއްވީ އޮސްޓްރޭލިއާ، ސިންގަޕޫރު، ޗައިނާ އަދި ހޮންގކޮންގް ގެ ޓެކްސް ކޮމިޝަނަރަނުންނެވެ. މި އެވޯޑަކީ 2017 ވަނަ އަހަރު ޓެކުހުގެ ދާއިރާއިން އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްކަމަށް އައިޓީއާރްގެ އިދާރާއަށް ފެންނަ ފަރާތަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދިނުމުގައި ވާދަކުރާ ފަރާތްތަކުން 2017 ވަނަ އަހަރު ކޮށްފައިވާ މަސައްކަތް ބަލައި، މި އެވޯޑަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާފައިވަނީ އައިޓީއާރްގެ ހާއްސަ ޖަޖިންގ ޕެނަލްއަކުންނެވެ.

އިންޓަރނޭޝަނަލް ޓެކްސް ރިވިއު އަކީ ޓެކުހާ ގުޅޭ އެކި އެކި މައުލޫމާތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސް އިދާރާގައި މަސައްކަތްކުރާ ފަރާތްތަކާ، ސަރުކާރުތަކާއި، ޓެކުހުގެ ރޮނގުން ދިރާސާ ހަދާ ފަރާތްތައް އަދި ޓެކުހާ ގުޅޭ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ގެނެސްދޭ އިދާރާއެކެވެ. އެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވާ 'އޭޝިއާ ޓެކްސް އެވޯޑް" ހަފްލާއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ޓެކުހާ ގުޅޭ އެކި ރޮނގު ރޮނގުން އެންމެ ހޮވާލެވޭ ކުންފުނިތަކާއި، ލީޑަރުން ހޮވާ އެކަމުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޙައްޤުވާ އެވޯޑު ހަވާލުކުރާ ހަފްލާއެވެ. މިއީ މި ހަފްލާ ބާއްވާ 13 ވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް