Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހިންދީ ފިލްމު

"ބާލާ" އެޅުވިތާ މާ ގިނައިރެއް ނުވަނީސް ލީކުކޮށްލައިފި

ފިލްމު ރިލީޒްކުރީ ހުކުރު ދުވަހު

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 9 ނޮވެމްބަރު 2019 | ހޮނިހިރު 03:46
\"ބާލާ\" ގެ ޕޯސްޓަރެއް

\"ބާލާ\" ގެ ޕޯސްޓަރެއް

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ "ބާލާ" އެޅުވިތާ މާ ގިނައިރު ނުވަނީސް ފިލްމު ލީކުކޮށްލައިފިއެވެ.

ބޮލީވުޑްގައި އަރަމުން އަންނަ އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ކުޅުނު އެ ފިލްމު ރިލީޒްކޮށްފައިވަނީ އަށެއް ނޮވެމްބަރުގައެވެ.

އޭނާ އެ ފިލްމުގައި ތަލަ މީހެއްގެ ރޯލު ކުޅުނު އިރު ބަތަލާގެ ރޯލުން ފެނިގެންދިޔައީ ޔަމީ ގައުތަމް އެވެ. "ބާލާ" ގެ މުހިއްމު ރޯލަކުން ބޫމީ ޕަޑްނޭކަރްވެސް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި "ބާލާ" ލީކްކޮށްލާފައިވަނީ މި ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފިލްމުތައް ލީކްކޮށްފައިވާ ތަމިލް ރޮކާޒް އިންނެވެ. އެ ވެބްސައިޓާ މެދު މީގެ ކުރިންވެސް ފިޔަވަޅު އެޅިނަމަވެސް ބޮލީވުޑްގައި ރިލީޒްކުރާ ފިލްމުތައް ލީކުކުރުން ހުއްޓާލާފައެއް ނުވެއެވެ.

ފިލްމީ ބައެއް ކްރިޓިކުންގެ ވެސް އުންމީދު ބޮޑު "ބާލާ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމަކީ ވަރަށް އަވަހަށް 100 ކުރޯޑުގެ ލިސްޓަށް އަރާނެ ފިލްމެއް ކަމަށް ފިލްމީ ކްރިޓިކުން ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

އިންޑިއާ ގައި 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހަކު ކައިވެންޏަށް އެއް ދުވަސް ނުވަނީސް މަރުވެއްޖެ

05 އޮކްޓޯބަރު 2025
 އިންޑިއާ ގައި 35 އަހަރުގެ އަންހެނަކާ ކައިވެނި ކުރި 75 އަހަރުގެ މީހަކު ކައިވެންޏަށް އެއް ދުވަސް ނުވަނީސް މަރުވެއްޖެ
28 ޖޫން 2022

ސަސުއޯލޯގެ މިޑްފީލްޑަރ ފްރަޓޭސީގެ ފޯނު ހެކްކޮށް، ފޮޓޯއެއް ލީކުކޮށްލައިފި

28 ޖޫން 2022
ސަސުއޯލޯގެ މިޑްފީލްޑަރ ފްރަޓޭސީގެ ފޯނު ހެކްކޮށް، ފޮޓޯއެއް ލީކުކޮށްލައިފި
25 ސެޕްޓެމްބަރު 2020

އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ބާލާ ސުބްރަމަނިޔަމް މަރުވެއްޖެ

25 ސެޕްޓެމްބަރު 2020
އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ބާލާ ސުބްރަމަނިޔަމް މަރުވެއްޖެ
23 ޑިސެމްބަރު 2017

ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި

23 ޑިސެމްބަރު 2017
ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި
07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު