Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސާޖިދު ޖާވިދު

އިނގިރޭސިވިލާތަށް ހިޖުރަކުރި މީހުންނަށް އިންސާފު ހޯދައިދޭނަން: ސާޖިދު ޖާވިދު

1 މެއި 2018 | އަންގާރަ 04:40

ވިންޑްރަޝް ޖެނެރޭޝަންގެ މައްސަލައަކީ މިހާރު އިނގިރޭސި ސިޔާސީ މަސްރަހުގައި އެންމެ ބޮޑު މައްސަލަ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 1 މެއި 2018 | އަންގާރަ 04:40
އިނގިރޭސި ދާޚިލީ ވަޒީރު ކަމަށް އަލަށް އައްޔަންކުރެއްވި ޖާވިދު

އިނގިރޭސި ދާޚިލީ ވަޒީރު ކަމަށް އަލަށް އައްޔަންކުރެއްވި ޖާވިދު

އިނގިރޭސިވިލާތުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ އެންމެންނަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް އެޤައުމުގެ ދާޚިލީ ވަޒީރުކަމާ އަލަށް ޙަވާލުވެވަޑައިގަތް ސާޖިދު ޖާވިދު ވިދާޅުވެއްޖެއެވެ.

ޖާވިދު އިނގިރޭސި ދާޚިލީ ވަޒީރުކަމާ ހޯމަ ދުވަހު ހަވާލުވެވަޑައިގަތީ އެމަޤާމުގައި ހުންނެވި އެމްބަރ ރަޑް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމްބަރ ރަޑް އިސްތިއުފާ ދެއްވީ އިނގިރޭސިވިލާތަށް 1940ގެ އަހަރުތަކުން ފެށިގެން 1970ގެ އަހަރުތަކާ ދެމެދު ހިޖުރަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލިޔެކިޔުން ނެތް ފަރާތްތައް ޑީޕޯޓްކުރުމަށް އިނގިރޭސިވިލާތުން ގެންގުޅެން ފެށި ސިޔާސަތުގެ ސަބަބުން ކުރިމަތިިވި ޕްރެޝަރުތަކުގެ ސަބަބުންނާއި، އެމައްސަލައިގައި ޤާނޫނު ހަދާ މަޖިލީހަށް އެކަމަނާ އޮޅުވާލެއްވި ކަމަށް ތުހުމަތުކުރެވެން ފެށުމުންނެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ބައިމަދު ދަރިކޮޅަކަށް ނިސްބަތްވާ އިނގިރޭސި ފުރަތަމަ ދާޚިލީ ވަޒީރު ޖާވިދު ވިދާޅުވީ އިނގިރޭސިވިލާތަކީ އެޤައުމަށް ހިޖުރަކޮށްފައިވާ މީހުންނަށް ނުރައްކާތެރި މާހައުލެއް އޮތް ޤައުމެއް ކަމަށް ބަޔަކު މީހުން ބުންޏަސް އެއީ ހަޤީގަތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެޤައުމަކީ އެޤައުމަށް ހިޖުރަކޮށްފައި ތިބި ބައެއް ފަރާތްތަކަށް 'އެހީތެރިކަން ކުޑަ' ޤައުމެކޭ ބުނެވިދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ހޫނުވެފައި ވަނީ އެޤައުމަށް 1948 ވަނަ އަހަރާއި 1971 ދެމެދު ކޮމަންވެލްތު ޤައުމުތަކުން ހިޖުރަކުރި ފަރާތްތަކުގެ ތެރެއިން ލިޔެކިޔުން ނެތް ފަރާތްތަކަށް ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދިނުން ހުއްޓާލައި، އެމީހުން ޑީޕޯޓްކޮށްލާނެކަމުގެ ބިރު ހީވުމުންނެވެ. 'ވިންޑްރަޝް ޖެނެރޭޝަން'ގެ ނަމުން މަޝްހޫރު އެމީހުންނަކީ ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި ހުޅުވާލެވިފައިވާ ސިޔާސަތެއްގެ ދަށުން މީހުންނަށް ހުރަހެއް ނެތި ދަތުރުކުރެވުނު ޒަމާނުގައި އިނގިރޭސިވިލާތަށް ހިޖުރަކުރި މީހުންނެވެ. އެމީހުންގެ ލިޔެކިޔުންތައް ރަސްމީކޮށް އެޤައުމުން ބަލަހައްޓާފައިނުވާއިރު، ހިޖުރަކުރި ބައެއް މީހުންގެ އަތުގައި ޕާސްޕޯޓެއް ވެސް ނެތެވެ.

އިނގިރޭސި ވިލާތުގައި 1971ވަނަ އަހަރު ފާސްކުރި އިމިގްރޭޝަން ޤާނޫނު ހުއްޓުމަކަށް އައުމާ އެކު ހިޖުރަކުރި މީހުން އިނގިރޭސިވިލާތުގައި އޭގެ ފަހުން ދާއިމަށް ދިރިއުޅެން ފެށިއެވެ. ވިންޑްރަޝް ޖެނެރޭޝަންގެ އާބާދީ ބައި މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.

މިމައްސަލަ ފެންމަތިވުމުން ވިންޑްރަޝް ޖެނެރޭޝަންގެ މީހުން އިނގިރޭސިވިލާތަށް ހިޖުރަކުރިއިރު އެމީހުން ފުރާފައިވާ 'ލޭންޑިންގ ކާޑު'ތައް 2009 ވަނަ އަހަރު ނައްތާލާފައި ވާކަމަށް މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ބޮޑުވަޒީރު ތެރީސާ މޭ ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެފައެވެ. އޭރު ވެރިކަމުގައި އޮތީ މިހާރު އިދިކޮޅުގައި އޮތް ލޭބަރ ޕާޓީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޓްރަމްޕް ކުރައްވާ ތާއީދާއި އެމެރިކާގެ ދެއުޅިއެއްނުވާ ސިޔާސަތު

07 ޖެނުއަރީ 2018
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް ޓްރަމްޕް ކުރައްވާ ތާއީދާއި އެމެރިކާގެ ދެއުޅިއެއްނުވާ ސިޔާސަތު
23 ޑިސެމްބަރު 2017

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

23 ޑިސެމްބަރު 2017
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
22 ޑިސެމްބަރު 2017

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

22 ޑިސެމްބަރު 2017
އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
08 ސެޕްޓެމްބަރު 2017

މިދިޔަ ދެ ހަފްތާތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 270000 އަށް އަރައިފި

08 ސެޕްޓެމްބަރު 2017
މިދިޔަ ދެ ހަފްތާތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 270000 އަށް އަރައިފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
11 ޖޫން 2017

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!
24 މެއި 2017

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް