Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިދިޔަ ދެ ހަފްތާތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންޖާ މުސްލިމުންގެ އަދަދު 270000 އަށް އަރައިފި

ރޮހިންޖާ މުސްލިމުންނަށް ލާއިންސާނީ އަމަލުތައް ދަނީ ހިންގަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ސެޕްޓެމްބަރު 2017 | ހުކުރު 12:57
ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކުރަނީ

ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކުރަނީ

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމުގެ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު 270000 މީހުންނަށް އަރައިފި ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފިއެވެ.

އދގެ ރެފިއުޖީ އޭޖެންސީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކުރި ގޮތުގައި މިދިޔަ ދެހަފްތާތެރޭ އެކަނިވެސް 270000 މީހުން ބަންގްލަދޭޝްއަށް ވަނީ ހިޖުރަކޮށްފައެވެ. މިއީ މިދިޔަ އޮގަސްޓް މަހުގެ 25 ހާ ހަމަޔަށް އެ ގައުމަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ 146000 މީހުންނަށްވުރެ މާ ބޮޑުތަންވެސް އިތުރު އަދަދެކެވެ.

ބަންގްލަދޭޝްއަށް ހިޖުރަކުރަމުން އަންނަ ރޮހިންޖާ މުސްލިމުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ އެންމެ ފުރިހަމަ ގޮތުގައި ފޯރުނުކޮށްދެވޭ ކަމަށް އދ.ގެ ރެފިއުޖީ އޭޖެންސީއިން ހާމަކުރިއެވެ.

މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރާ އަދި އަންހެން ކުދިންގެ އިއްފަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެއް ކަމަށް ބުނެ އެމީހުން އެކަހެރިކޮށް، އެންމެ އަސާސީ ހައްގުތަކުންވެސް އެމީހުން ވަނީ މަހްރޫމް ކުރެވިފައެވެ.

މިޔަންމާގެ އަސްކަރިއްޔާގެ މި ލާއިންސާނީ އަމަލުތަކާ މެދު މުޅި ދުނިޔޭގެ ފާޑުކިޔުން އަމާޒުވަމުން އަންނަ އިރު އެ އަމަލްތަށް ހުއްޓާލުމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

06 ސެޕްޓެމްބަރު 2017
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު