Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެމްބަރުންގެ ގޮނޑި

ލީގަލް ޓީމުން ލަފާ ދީފައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް: އިލެކްޝަންސް

30 އެޕްރީލު 2018 | ހޯމަ 06:12

ކުރިން ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގައި ޝަރީއަތް ކުރިއައްދާ މައްސަލައަކަށް ވަތީ ބައިއިލެކްޝަންތައް ބޭއްވުން ފަސްކޮށްފައިވާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އެޕްރީލު 2018 | ހޯމަ 06:12
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް ބާއްވުމުގެ ތައްޔާރީތަށް ވާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ކޮމިޝަނުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް، އެ ގޮނޑިތަކާ މެދު ސުވާލު އުފެދި ސުޕްރީމް ކޯޓަށް އެމައްސަލަތައް ހުށަހެޅުމުން ބައި-އިލެކްޝަންތައް ބޭއްވުން ފަސްކޮށްފައިވީ ނަމަވެސް އެންޓިޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ގާނޫނީ ޓީމުގެ ބޭފުޅުން ވިދާޅު ވަނީ އެންޓިޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް،" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އެގޮތަށް ވިދާޅުވިއިރު، ގާނޫނުއަސާސީގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލެއް އުފެއްދިއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑިއާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. ނަމަވެސް މިހާތަނަށް ސުޕްރީމް ކޯޓުން މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލެއް އުފެދިގެން އެ 12 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސީދާ ކަނޑައެޅިގެން ހުކުމެއް ކޮށްފައެއް ނުވެއެވެ.

ބައި-އިލެކްޝަންތައް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމާ މިދިޔަ މާރޗް މަހުގެ 06 ވަނަ ދުވަހު ހަވާލުވެވަޑައިގެން އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވެފައި ވަނީ މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމްގެ ކޯޓަށް ހުށަހެޅި ޝަރީއަތުގައި މަރުހަލާގައި ވާތީ ބައި-އިލެކްޝަންތައް ބޭއްވުމާއި އަދި އެކަމާ ގުޅުން ހުރި އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

"އެމައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ގޮތެއް ނިންމަވާފައި. އެއީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިއްތުފާގުން (އޭރު ތިއްބެވި މެމްބަރުންގެ) އެއަށް ވަނީ ގޮތެއް ނިންމަވާފަ. އެހެންވީމާ އަނެއްކާ ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން މިމައްސަލަ ތައްފީޒުކުރުން ފަސްކުރުމަށް ވެސް އަޅުގަނޑަށް އަންގަވާފައިވާތީ އާއި އަދި އެމައްސަލައަކީ މިހާރު ސުޕްރީމް ކޯޓުގައި ޝަރީއަތުގެ މަރުހަލާގައި އޮތް މައްސަލައަކަށް ވާތީވެ، އެކަމާ ގުޅިގެން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިކަމަށް އިތުރު ގޮތެއް އަދި ނިންމާފައެއް ނެތް. އެހެންވީމާ މިކަމާ މާބޮޑަށް މަޝްވަރާ ކުރުމެއް ވެސް ނެތް. އެއީ ސުޕްރީމް ކޯޓުގައި ޝަރީއަތުގެ މަރުހަލާގައިވާ މައްސަލައަކަށް ވާތީވެ،" މި ދިޔަ މާރޗް މަހުގެ 06 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައުވާ ކަމަށް ބުނާ 12 މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލްކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައެވެ. އަދި އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ އެމައްސަލަތައް ބަލައިގަނެފައެވެ.

މީގެ އިތުރުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ސީދާ ސާފު އިބާރާތުން ލިޔެފައިވާއިރު، އެ އަމުރު ސުޕްރީމް ކޯޓުން ނެރެފައި ވަނީ ވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިންތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެބުނާ އެންޓިޑިފެކްޝަން ގާނޫނުގައި 13 ޖުލައި 2017 އިން ފެށިގެން އެގާނޫނަށް އަމަލު ކުރަންޖެހޭ ކަމަށް ބުނި ނަމަވެސް، ޕީޕީއެމުން ވަކިވި އެ 12 މެމްބަރުން ވިދާޅު ވަނީ އެ މެމްބަރުން 13 ޖުލައި 2017 ގެ އެ ތާރީހުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ ކަމަށެވެ. އަދި އެމެމްބަރުން ގެންދަވަނީ އެކަމާ ގުޅުންހުރި ބައެއް ލިޔެކިޔުންތައް ވެސް އާއްމު ކުރަމުންނެވެ. އެހެންކަމުން އެމްބަރުންގެ ގޮނޑިއާ މެދު އެކަމުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެހެންނަމަވެސް ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ވިދާޅު ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ އެކު އެ 12 މެމްބަރުންގެ ގޮނޑިއާ މެދު ޝައްކުކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް