Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކާއެކު ޗެމްޕިއަންކަން ބާސާއިން ކަށަވަރުކޮށްފި

ބާސާއިން ޗެމްޕިއަންކަން ކަށަވަރުކުރީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިޔާއާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 30 އެޕްރީލު 2018 | ހޯމަ 01:33
މި މެޗުގައި ބާސާގެ ލަނޑުތައް ޖެހި މެސީ އަދި ކުޓީނިއޯ

މި މެޗުގައި ބާސާގެ ލަނޑުތައް ޖެހި މެސީ އަދި ކުޓީނިއޯ

ސްޕެނިޝް ލަލީގާގެ ބާސެލޯނާ ކުޅުނު މެޗުގައި ލިއޮނެލް މެސީ ހެދި ހެޓްރިކާއެކު ޗެމްޕިއަންކަން ބާސެލޯނާއިން ކަށަވަރުކޮށްފިއެވެ.

ބާސާއިން ޗެމްޕިއަންކަން ކަށަވަރުކުރީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިޔާއާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލީ މި މެޗު ކާމިޔާބުކޮށްގެން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަމާއެކުއެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ބާސާގެ ދަނޑުގައި ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރީ ވެސް ބާސާއެވެ. ބާސާއިން ވަރުގަދަ ފުރަތަމަ އެގާރައެއް މި މެޗުގައި ނެރުނުއިރު ޑިޕޯޓިވޯގެ ޓީމުން ފެނިފައިވަނީ އެންމެ ބަދަލެކެވެ. މި މެޗު ފެށުމުގެ ކުރިން ޑިޕޯޓިވޯގެ ކުޅުންތެރިން ވަނީ ބާސާގެ ކުޅުންތެރިންނަށް ގާޑް އޮފް އޮނަރ އެއް އަރުވާފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އެ ޓީމުން ވަނީ ޑިޕޯޓިވޯގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ލީޑު ނަގައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑިޕޯޓިވޯއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލޫކަސް ޕެރޭޒް ވަނީ ލަނޑެއް ޖަހާ ޑިޕޯޓިވޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޑިޕޯޓިވޯއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޓީމުން ފުލުފުލުގައި އުފައްދަމުންދިޔަ ކައުންޓާ އެޓޭކުތަކުގެ ނަތީޖާއެއްގެ ގޮތުން އެމްރޭ ކޯލާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހާ ބާސާއަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ. މެސީ ވަނީ އޭގެ ތިން މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 25 ވަނަ ލަލީގާއެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ފާއިތުވެދިޔަ 10 ސީޒަނުގައި ހަތް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ޖެހި ތިން ލަނޑާއެކު މެސީ ވަނީ ޑިޕޯޓިވޯގެ ދަނޑުގައި 13 ލަނޑު ޖަހާފައެވެ. މި ސްޓޭޑިއަމް ވެގެންގޮސްފައިވަނީ މެސީ އެއް ސްޓޭޑިއަމެއްގައި އެންމެ ގިނަ ލަނޑު ޖެހި ސްޓޭޑިއަމްއަށެވެ. ހަމައެހެންމެ އޭނާ ވެގެންގޮސްފައިވަނީ ސްޕެނިޝް ލަލީގާގައި 30 ލަނޑަށްވުރެ ގިނައިން ހަތް ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ބާސާއިން ލަލީގާގެ ތަށި ކަށަވަރުކުރީ ކުޅުނު 34 މެޗުން ލިބުނު 86 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯއަށް 35 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. ހަމައެހެންމެ ހަތަރުވަނައިގައި އޮތް ވެލެންސިއާއަށް 34 މެޗުން ލިބިފައިވަނީ 66 ޕޮއިންޓްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު