Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނު

މައުމޫނަށް ކުރާ ޓެރަރިޒަމްގެ ދައުވާއަށް ވަކީލަކު އައްޔަން ކުރަން ދެ ދުވަސް

29 އެޕްރީލު 2018 | އާދީއްތަ 13:29

މައުމޫނު ވަނީ އިލްހާމާއި ސިނާން އަށް ރިޝްވަތު ދީފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 29 އެޕްރީލު 2018 | އާދީއްތަ 13:29
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް:- އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް:- އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެމަނިކުފާނަށް ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަހުގެ މުހުލަތެއް ކޯޓުން ދީފި އެވެ.

މައުމޫނު މައްޗަށް އުފުލި މި ދައުވާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާ ސާފުވެއްޖެ ތޯ ގާޒީ ސުވާލު ކުރެއްވުމުން މައުމޫނު ވިދާޅުވީ އެމަނިކުފާނު މައްސަލައިގައި ކުރިއަށްދާން ބޭނުންފުޅު ވަނީ ވަކީލަކާއެކު ކަމަށެވެ. އަދި ގާނޫނުގައި ވަކީލަކު އައްޔަން ކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ 10 ދުވަހުގެ މުހްލަތެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ޓެރަރިޒަމްގެ އެ މައްސަލައާ ގުޅިގެން މައުމޫނު ވަނީ ތަހްގީގު މަރުހަލާގައި ވެސް އެކަކަށް ވުރެ ގިނަ ވަކީލުން ބޭނުންފުޅު ކުރައްވާފައިވާކަން ޝަރީއަތައް އެނގިފަ ކަމަށާއި އަދި މިދައުވާ ގުޅިގެން ވެސް މައުމޫނުގެ ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީ ވެސް ފޮނުވާފައި އެބަ ހުރި ކަމަށެވެ. އަދި އެހެންމެ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މައުމޫނު މިހާރު ވެސް މައްސަލަ ނިމެންދެން ބަންދުގައި ހުންނަވާއިރު މި މައްސަލައިގައާ ގުޅިގެން ވަކީލުން ވަނީ މައުމޫނު ބަންދުކޮށްފައި ހުންނަވާ ތަނަށްގޮސް ބައްދަލުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ކަމުން މި މައްސަލާގައި ވަކީލަކު އައްޔަން ކޮށްފައިނުވާ ކަމަށް ބެލޭނެ ހަމައެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

Advertisement - newsAdvertisement

ވަކީލުން އައްޔަން ކުރުމަށް އެހާ ގިނަ ދުވަސް ބޭނުންވަނީ ކީއްވެތޯ މައުމޫނު ކިބައިން ގާޒީ ސުވާލު ކުރުމުން ވިދާޅުވީ އެއީ ވަކީލުން ވަރަށް ބިޒީކޮން އުޅެން ޖެހިފައިވާތީ ވަކީލުންނާ މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެ މައްސަލައިގައި ވަޑައިގެންނެވޭނެ ވަކީލުން ވެސް އެނގިވަޑައިގަންނަވާނީ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ގާޒީގެ އެ ނިންމުން ބަދަލު ކުރައްވާފައިނުވެ އެވެ.

މީގެ އިތުރުން މައުމޫނު ވަނީ އެމަނިކުފާނުގެ ޝަރީއަތް ނިންމެންދެން ބަންދުގައި ބަހައްޓަން ކުރައްވާފައިވާ އަމުރު ބަދަލު ކޮށްދޭން މިއަޑުއެހުމުގައި ވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން އެމަނިކުފާނު ބަންދުން ދޫކޮށްނުލެވޭ ކަމަށްވާނަމަ އެމަނިކުފާނުގެ އުމުރުފުޅަށް ރިއާޔަތްކުރުމަށް ފަހު ގޭބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އުމުރުގައި އެހެން ބަންދުގައި ބަހައްޓާނަމަ ސިއްޙީ ކުއްލި ނުރައްކަލެއް ވެސް ކުރިމަތިވެދާނެ ކަން ފާހަގަ ކުރައްވައި ވިދާޅުވީ ސިއްހީ ހާލުކޮޅު އެނގޭނެ ޑޮކްޓަރުގެ ލިޔުންތަކާއެކު ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައިވާނެ ކަމަށެވެ.

އެވާހަކަތަކާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ ޓެރަރިޒަމްގެ ޝަރީއަތް ނިމެންދެން ނުވަތަ އެހެން ގޮތަކަށް އެ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރުމުގެ ކުރިން ވެސް މައުމޫނުގެ އުމުރާ ގުޅޭ ގޮތުންނާއި ބަންދުގައި ބެހެއްޓުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން ނިންމެންވީ ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ކަމަށްވުމާއި ތުހްމަތުކުރެވޭ ކަން ކަމާ ގުޅިގެން ކަމަށް ގާޒީ ވިދާޅުވި އެވެ.

މައުމޫނު ދޫނިދޫގައި ބަންދުގައި ބަހައްޓާފައިވަނީ ސިއްހީ ކަންކަން މާފުށީގައި ރަނގަޅު ނުވުމުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދި މައުމޫނާ މެދު އަމަލު ކުރަމުންދަނީ ބަންދުގައި ތިބޭ މީހުނަށް ވުރެ ހާއްސަ ގޮތަކަށް ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ. އެއަށް ފަހު މައުމޫނު ވިދާޅުވީ ވަކީލުންނާއި އެކު އިތުރަށް އަދި އެ މައްސަލައިގައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އެމަނިކުފާނު ބަންދުން ދޫކޮށްލުމަށް އެދި އެ ކަންބޮޑުވުން މީގެ ކުރިން ވެސް ކޯޓުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސް މައުމޫނާ ދެކޮޅަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ އެމަނިކުފާނު ވަނީ ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް ބައެއް ފަނޑިޔާރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވާފައި ކަމަށެވެ. އަދި އެމަނިކުފާނު އެ ރިޝްވަތު ދެއްވަމުން އައިސްފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތެރެއިން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް މައުމޫނު ވަނީ ރިޝްވަތު ދީފައި ކަމަށް ވެސް އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި އެހެންމެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް މައުމޫނު ރިޝްވަތު ދީގެން މައުމޫނު ނެރުވާފައިވާ އަމުރެއް ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފްއާ ގުޅިގެން ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށް ވެސް މައުމޫނުގެ މައްޗަށް ތުހްމަތުކޮށްފައިވެ އެވެ.

ރައީސް މައުމޫނުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާއެއްވެސް ވަނީ އުފުލާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް