Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫން ބޭނުމެއް ނޫން

ނޫން ބޭނުމެއް ނޫން ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ފޮތެއް ނެރެފި!

29 އެޕްރީލު 2018 | އާދީއްތަ 06:16

މި ފޮތަކީ މައިންބަފައިންނާއި ބެލެނިވެރީންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 29 އެޕްރީލު 2018 | އާދީއްތަ 06:16
މި ފޮތަށް އެފްބީ މެދުވެރިކޮށް އޯޑަރ ކުރެވޭ

މި ފޮތަށް އެފްބީ މެދުވެރިކޮށް އޯޑަރ ކުރެވޭ

ނޫނެކޭ ބުނަން ޖެހޭ ހާލަތްތަކުގައި ނޫނެކޭ ބުނަން ކުދީންނަށް ދަސްކޮށްދިނުމުގެ މަގްސަދުގައި މައިންބަފައިންނާ ކުދީންނަށް ޚާއްޞަ ކޮށްގެން "ނޫން ބޭނުމެއް ނޫން" މި ނަމުގައި ފޮތެއް ނެރެފިއެވެ. މި ފޮތް ލިޔުއްވާފައިވަނީ ވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މއ. ހައިވަކަރުގޭ ލީލާ އަހްމަދެވެ. ކުޑަ ކުދީންނަށް ގަޔާނެވާނެ ގޮތަކަށް ކުރެހުންތަކާ އެކު ލިޔެފައިވާ މި ފޮތަކީ މައިންބަފައިންނާއި ބެލެނިވެރީންނަށް ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތެކެވެ.

ތުއްތު ކުދީން ހައްލާލައި އެކުދީންނަށް އެކި އެކި ޖިސްމާނީ، ޖިންސީ ފުރައްސާރަތައް ކުރިމަތި ކުރުވުމުގެ ކުރީން މެޓާ ޗޮކްލެތް ފަދަ ތަކެތި ދީ ހަދައެވެ. އަދި ހަށިގަނޑުގައި އަތްލާ ހެދުމަށް އެކުދިން ހައްލާލުމަށް ދެވޭ މިފަދަ ހަދިޔާއަށް އެކުދީން ނޫނެކޭ ބުނާނެ ގޮތް މި ފޮތުން ދަސްކޮށްދެއެވެ. ޖިންސީ ގޯނާ އާއި އެކި ކަހަލަ ގޯނާ ލިބޭ ކުޑަކުދީން ރާއްޖޭގައި އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މީ މުހިއްމު މައުލޫމާތު ހިމެނޭ ފޮތެކެވެ.

Advertisement - newsAdvertisement

"ނޫން! ބޭނުމެއް ނޫން!" ނެރެދެއްވީ ޑރ. އާއިޝަތު އަލީ ނާޒް އެވެ. ނާޒްގެ ވާހަކައިގައި މިފޮތަކީ ކޮންމެ ގެބިސީއަކަށް ވެސް ވަރަށް ބޭނުންތެރި ފޮތެއް ކަމުގައި ފާހަގަކުރެއްވިއެވެ. ތުއްތު އިރު ލިބޭ އެކިކަހަލަ ގޯނާތައް ސިއްރު ކުރެވުމުގެ ސަބަބުން ބޮޑެތި ވެގެން ފަރުވާ ހޯދަން ޖެހޭ ކަމަށް ޑރ. ނާޒް ވިދާޅުވިއެވެ. ،ބޭނުމެއް ނޫނޭ ، ބުނަން ދަސްކޮށްދެވިއްޖެނަމަ އުފާވެރި މުޖަތަމައެއް ބިނާ ކުރެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފޮތް ނެރެދެއްވި ހަފްލާގައި ކުޅިވަރު ޝަޚްސިއްޔަތެއް ކަމުގައިވާ މައުރޫފް އަހްމަދް (މާއްޓޭ) ވެސް ވާހަކަ ދެއްކެވިއެވެ. މައުރޫފް އަހްމަދް ވިދާޅުވި ގޮތުގައި ވަށައިޖެހޭ ގޮތަކަށް ކުދީން ތަރުބިއްޔަތު ކުރުމަށްޓަކައި މި ފޮތަކީ ވަރަށް މުހިއްމު ފޮތެކެވެ. އަދި ކުޅިވަރުގެ މައިދާން ފަދަ ތަންތަނަށް ކުދީން ދޫކޮށްލާ އިރު ކުދީންނަށް ދިމާވާ ނުރައްކަލުގެ ވާހަކަ ބެލެނިވެރިންނާ ހިއްސާ ކުރެވޭ ވަރަށް ކުދީންނާ ވާހަކަ ދައްކައި ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރާއްޖޭގެ ތަފާސްހިސާބު ނޭނގުނު ކަމުގައި ވިޔަސް އޮލިމްޕިކް ޑޮކްޓަރެއްގެ ފަރާތުން އެތްލީޓުންނަށް ޖިންސީ ގޯނާ ލިބުނު ވާހަކަ ފާހަގަކުރެއްވިއެވެ. ނޫނެކޭ ބުނަން ކުދީންނަށް ދަސްކޮށްދެވިއްޖެނަމަ މިފަދަ ގޯނާތަކުން ކުދީން ސަލާމަތްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޮތް ލިޔުއްވި ލީލާ އަހުމަދަކީ، "އަރލީ ޗައިލްޑހުޑް" ގެ ރޮނގުން މާސްޓަރސް ހައްދަވާފައިވާ ބޭކަނބަލެކެވެ. "ނޫން! ބޭނުމެއް ނޫން!" ބައްލަވައިގަންނަވަން ބޭނުންފުޅު ބޭފުޅުންނަށް ފޭސްބުކް މެދުވެރިކޮށް ފޮތް ގަތުމަށް އޯޑަރ ކުރެވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް