Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޭވިޑް ޑެހެއާ

ޔުނައިޓެޑާއެކު ތަށި ކާމިޔާބުކުރަން ޖެހޭ: ޑެހޭއާ

28 އެޕްރީލު 2018 | ހޮނިހިރު 17:16

ޑެެހޭއާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އަންނަނީ މަސައްކަތްކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 އެޕްރީލު 2018 | ހޮނިހިރު 17:16
ސްޕެއިންގެ ހުނަރުވެރި ގޯލްކީޕަރު ޑޭވިޑް ޑެހޭއާ

ސްޕެއިންގެ ހުނަރުވެރި ގޯލްކީޕަރު ޑޭވިޑް ޑެހޭއާ

މެންޗެސްޓާ ޔުނައިޓެޑާއެކު ތަށި ކާމިޔާބުކުރަން ޖެހޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި ގޯލްކީޕަރު ޑޭވިޑް ޑެހޭއާ ބުނެފިއެވެ.

ޔުނައިޓެޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ޑެހޭއާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑްއިން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ޓީމުގައި ވޭތުވެދިޔަ ހަތަރު އަހަރު ވެސް ހިމެނުނު ޑެހޭއާ ނުވިއްކާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބުނެފައެވެ.

އެފްއޭ ކަޕްގެ ފައިނަލްގައި އަންނަ މަހުގެ ތެރޭގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު އިނގިރޭސިވިލާތު މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލްއާ ވާހަކަ ދައްކަމުން ޑެހޭއާ ބުނީ އޭނާގެ ފަރާތުން މި ސީޒަނުގައި ދައްކަމުންދާ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގިނަ މުބާރާތްތަކުގެ ތަށި ކާމިޔާބުކުރުން ކަމަށެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން ޑެހޭއާ ބުނީ ލުއީ ވެންހާލް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރިއިރު އެ ޓީމު ނިންމާލީ ހަތަރު ވަނައިގައި ކަމަށާއި އެއީ އޭނާއަށް ބަލައިގަންނަން ވަރަށް ދަތި ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑަށް ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވާން ބޭނުންވާ ކޯޗެއް ކަމަށާއި އެލެކްސް ފާގަސަން އަދި ހޯސޭ މޮރީނިއޯއަކީ ވެސް ހުރިހާ މެޗަކުން މޮޅުވާން ބޭނުންވާ ކޯޗުން ކަމަށެވެ. އެ ދެ ކޯޗުންނަކީ ވެސް ކުޅޭ ކޮންމެ މެޗަކުން މޮޅުވާން ބޭނުންވާ ކޯޗުން ކަމަށް ޑެހޭއާ ބުނެފައިވެއެވެ.

ޑެހޭ ބުނީ ފާގަސަންއާ ރިޓަޔާކުރި ފަހުން އާ ޓީމެއް ބިނާކުރެވޭ ވަރަށް ވަގުތު ލިބެއްޖެ ކަމަށާއި މިއީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ މުބާރާތްތަކުގެ ތަށި ކާމިޔާބުކުރަން ކަމަށާއި ޔުނައިޓެޑް ކުރިން އޮތް މަގާމަށް ގެންދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ޔޫރަޕުގެ ގަދަ ބާރަކަށް ވެސް ޔުނައިޓެޑް ހަދަންޖެހޭ ކަމަށާއި އިނގިރޭސި ޗެމްޕިއަންކަން ވެސް އެ ޓީމުން ހޯދަން ޖެހޭ ކަމަށެވެ.

ބެލެވުނު ގޮތުގައި 2016 ވަނަ އަހަރުގެ ސީޒަނުގައި ވެންހާލް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ދެމިހުރި ނަމަ ޑެހޭއާ ޔުނައިޓެޑް ދޫކޮށްލާނެއެވެ. އެކަމުގެ ސަބަބުން އޭނާއަށް އެ ސީޒަނުގެ ފުރަތަމަ ދެ މެޗު ގެއްލުނުއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑެހޭއާ ބުނީ ވެންހާލްއާ އެއްވެސް މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށާއި ސަޕޯޓަރުން އެކަމާ ގުޅޭގޮތުން ދެކޭނެ ގޮތަކާއި މެދު ވަރަށް ކަންބޮޑުވި ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހު ވެސް ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އެއީ އޭނާއަށް އަބަދުވެސް ވަރަށް މުހިންމު މެޗަކަށް ވާނޭ ކަމަށެވެ.

ޑެހޭ ބުނީ ޔުނައިޓެޑަކީ އޭނާގެ ޓީމު ކަމުގައި ދެކޭ ކަމަށާއި އެ ޓީމާއެކު އޭނާއަށް ކާމިޔާބަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުގެ ބެލެވޭގޮތުގައި އަންނަ ސީޒަނުގައި ވެސް އޭނާ ފެނިގެންދާނީ ޔުނައިޓެޑްއިންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް