Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްގީގެ މަޝްރޫއު 1.2 ބިލިއަން ޑޮލަރަށް އިތުރު ވެއްޖެ!

28 އެޕްރީލު 2018 | ހޮނިހިރު 09:56

ހަ މިލިއަނުން 8 މިލިއަނުން 1 ބިލިއަން ޑޮލަރަށް އެރުމަށް ފަހު މިހާރު 1.2 ބިލިއަން ޑޮލަރަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އެޕްރީލު 2018 | ހޮނިހިރު 09:56
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުރާ ޚަރަދު 1.2 ބިލިއަން ޑޮލަރަށް އިތުރު ވެއްޖެ ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށް ތ. ވޭމަންޑޫއަށް ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ބޭއްވި ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވިދާޅުވީ ސަރުކާރުން ހިންގާ އެންމެބޮޑު މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށެވެ. އަދި އެމަޝްރޫއަށް 1.2 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ދީދީ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަކީ ދުނިޔޭގެ ފެންވަރުގެ އެއާރޕޯޓެއް. 1.2 ބިލިއަން ޑޮލަރަށް އެއާރޕޯޓް ތަރައްގީ ކުރައްވަނީ،" ދީދީ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީގެ މަޝްރޫއުއަށް ޚަރަދު ކުރާ ވަރު ސަރުކާރަށް ނިސްބަތްވާ އިސް ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ އެކިފަހަރު އެކި އަދަދުތަކެވެ.

އެގޮތުން ސަރުކާރުގެ އިސްފަރާތްތަކުން އެންމެ ފުރަތަމަ ބުނަމުންދިޔައީ 600 މިލިއަން ޑޮލަރުގެ މަޝްއޫރުއެއް ކަމަށެވެ. ދެން 800 މިލިއަން ޑޮލަރަށް އަރައިގެން 1 ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް ބަދަލުވެ، މިހާރު 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއަކަށް މިވަނީ ބަދަލުވެފައެވެ.

ދީދީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ހަމައެކަނި އޮތް އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީ ކަމަށެވެ.

ދީދީ އެގޮތަށް ވިދާޅުވިއިރު، ރައީސް ނަޝީދުގެ ސަރުކާރުން އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުށްޔަށް ދިނީއެވެ. އަދި ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރުމުގައި ދިވެހި ދައުލަތުގެ ނަމުގައި ލޯނެއް ނަގާފައިނުވާއިރު، ތަރައްގީގެ މަޝްރޫއަށް ޚަރަދު ކުރުމަށް އޮތީ ވެސް 800 މިލިއަން ޑޮލަރެވެ. އަދި އެމަޝްރޫއު ނިންމަށް ހަމަޖެހިފައި އޮތީ ވެސް 2014 ވަނަ އަހަރަށެވެ. ޖީއެމްއާރުން އެއާޕޯޓާ ހަވާލު ވުމަށް ފަހު ޓެކްސް އާއި އެކި ފީގެ ގޮތުގައި ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަމުން ދިޔަކަން ވެސް ފާހަގަކޮށްލެ ވެއެވެ.

ޖީއެމްއާރާ އެކު ވެފައިވާ އެ އެބަސްވުން ކެންސަލް ކުރުމާ ގުޅިގެން ދިވެހި ދައުލަތުން 400 މިލިއަން ޑޮލަރު ޖީއެމްއާރަށް ދަންކަން ޖެހުނެވެ.

އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޚަރަދު ކުރާ މިންވަރު މިވަނީ ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައިވާ މިންވަރަށް ވުރެ ދެ ގުނަ ބޮޑު ވެފައެވެ. އެއީ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަން ޖެހުނު 400 މިލިއަން ޑޮލަރާއި ލޯނު ނަގައިގެން ސަރުކާރުން ހިންގާ މަޝްރޫއުއަށް މިހާރު ޚަރަދުވާނެ ކަމަށް ބުނާ 1.2 ބިލިއަން ޑޮލަރާ އެކު 1.6 ބިލިއަން ޑޮލަރެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

01 މެއި 2017

އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި

01 މެއި 2017
އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް