ކ. މާލެ
|
30 އޭޕްރިލް 2017 | އާދީއްތަ 03:48
އިދިކޮޅު ކޯލިޝަނުން ތިނަދޫގައި ބާއްވާ ޖަލްސާގައި އަލީ ހުސެއިން ވާހަކަފުޅު ދައްކަވަނީ
އިދިކޮޅު ކޯލިޝަނުން ތިނަދޫގައި ބާއްވާ ޖަލްސާގައި އަލީ ހުސެއިން ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ޔާމީނަށް
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
 
ކޮރަޕްޝަނާއި މުދާ އެއްކުރުމަކީ، ސަރުކާރެއްގައި ހުންނަށް ޖެހޭ ސިފައެއް ނޫން
 
ލޯބި ދޭން ދަސްވެފައި ނުވުމަކީ އިދިކޮޅު ފަރާތްތައްދެކެ ރުޅިއަންނަން ޖެހޭ ސަބަބަބެއް ނޫން
 
ތަރައްގީއަކީ އިންސާނާގެ ބުއްދިއަށް އަންނަ ކުރިއެރުމެއް

ތަރައްގީގެ މީޓަރުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނީ ސުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާހެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

 

އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހުގެ ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އަލީ ހުސެއިން ވިދާޅުވިީ  ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތަށް ތަރައްގީއަކީ އިންސާނާގެ ބުއްދިއަށް އަންނަ ކުރިއެރުމެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ތަރައްގީ މިނެ ކިރުއްވަނީ ކޮންކްރީޓުންކަމަށެވެ.

 

އަލީ ހުސެއިން ވިދާޅުވި ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި، މުޅި ދިވެހި ރައްޔިތުންނާއި އަންނަން އޮތް ޖީލުތައް މިސަރުކާރުން ވަނީ ދަރުވާލާފައެވެ. މިސަރުކާރުން ތަރައްގީ ގެންނަ ގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެނގޭކަން ފާހަގަ ކުރައްވަމުން އަލީ ހުސައިން ހެކީގެ ގޮތުގައި، އައިޖީއެމްއެޗްގެ އިމާރާތުގެ ވާހަކަ ވިދާޅުވި އެވެ. ފަންސަވީސް ބުރީގެ އެ އިމާރާތް 54 މިލިއަން ޑޮލަރަށް އެޅޭއިރު، މި ސަރުކާރުން އެ އިމާރާތް ބިނާކުރަނީ 140 މިލިއަން ޑޮލަރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކަންކަން ތަރައްގީގެ މީޓަރުން ބަލާއިރު، ކޮރަޕްޝަނަށް 30 މާކްސް އުނކުރަން ޖެހޭ ކަމަށައި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން، 20 މާކްސް އަދި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމާއި ރަށްތަކުގެ ތަރައްގީ ގެނެސް ނުދެވޭތީ 50 މާކްސް ކަޑާލަން ޖެހޭ ކަމަށެވެ. މިގޮތަށް މާކްސް އުނިކުރުމުން، ރައީސް ޔާމީންގެ ތަރައްގީގެ މީޓަރުން ލިބިވަޑައިގަންނަވާނީ ސުމެއް ކަމަށް  އަލީ ހުސެއިން ވިދާޅުވިއެެވެ.

 

އަލީ ހުސެއިން ވިދާޅުވީ ތަރައްގީގެ ނަމުގައި މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ކުރަނީ އަނިޔާއެވެ.

 

ރައްޔިތުން ކަންކަމަށް ވިސްނަން ޖެހޭ ކަމަށައި ރައީސުލްޖުމްހޫރިއްޔާއަކީ ގައުމުގެ ވެރިޔާ ނޫންކަމަށާއި، ގައުމުގެ ވެރިންނަކީ ރައްޔިތުން ކަމަށެވެ. 

 

ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމް ދެކެ ރައީސް ޔާމީން ލޯބިފުޅު ނުވާ ކަމަށާއި އިންސާނުން ދެކެ ލޯބިވުމުގެ ސިފަ އެ މަނިކުފާނުގެ ކޮބައިގައި ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ލޯބި ދޭން ދަސްވެފައި ނުވުމަކީ އިދިކޮޅު ފަރާތްތައްދެކެ ރުޅިއަންނަން ޖެހޭ ސަބަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

 

ގިނަ އަދަދެއްގެ ތިނަދޫ ރައްޔިތުން ބައިވެރިވި ތިނަދޫގެ ޖަލްސާގައި އަލީ ހުސެއިން ވަނީ ތިނަދޫއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވަފައެވެ.

 

އޭނާ ވިދާޅުވީ، ތިނަދޫގެ މިނިވަން ޖައްވުން ވަކިވެގެން ދާއިރު އޭނާއަށް ފެނިވަޑައިގަންނަވަނީ ތިނަދޫ ބޭފުޅުންގެ އާދަޔާ ޚިލާފު ރޫހެއް ތިނަދޫ އަކީ އަބަދުވެސް މިނިވަންކަން ހޯދަން މަސައްކަތްކުރި މަންޒަރު ކަމަށެވެ. އެގޮތުން، ތިނަދު އަށް ވެރިކަން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް