Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

އިސްލާމީ ޝަރީޢަތުގައި ބުނާ ޙާލަތުއްޟަރޫރާ އެއް ކުރިމައްޗެއް ނުވޭ: ޑރ. ބާރީ

27 އެޕްރީލު 2018 | ހުކުރު 18:25

ޙާލަތުއްޟަރޫރާ އަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އެއްޗެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 އެޕްރީލު 2018 | ހުކުރު 18:25
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން

ޙާލަތުއްޟަރޫރާ އަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އެއްޗެއްކަމަށާއި، އެހެންނަމަވެސް ދާދިފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ޒަރޫރީ ޙާލަތެއް މެދުވެރިވިކަމަށް ބުނެ ނިންމި ނިންމުންތަކަކީ ހަޤީޤީ ޒަރޫރީ ޙާލަތެއް މެދުވެރިވެގެން ނިންމި ނިންމުންތަކެއް ނޫންކަމަށް އަދާލަތު ޕާޓީގެ އެއް ފައުންޑަރ އަދި ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ބާރީ ވިދާޅުވީ ޙާލަތުއްޟަރޫރާ ނުވަތަ ޒަރޫރީ ޙާލަތު މެދުވެރިވަނީ އިސްލާމީ ޝަރީޢަތުގެ މައިގަނޑު 5 މަޤްޞަދުގެ ތެރެއިން މަޤަޞަދެއް ގެއްލޭނަމަ ކަމަށެވެ. އެ 5 މަޤްޞަދަކީ، ފުރާނަ ސަލާމަތްކުރުމާއި، ދީން ހިމާޔަތްކުރުމާއި، މުދާ ހިމާޔަތްކުރުމާއި، ބުއްދި ހިމާޔަތްކުރުމުގެ އިތުރުން އަބުރާއި އިއްޒަތާއި ކަރާމާތް ހިމާޔަތްކުރުންކަމަށެވެ. އެހެންކަމުން މިއިން މަޤްޞަދެއް ނުގެއްލޭ ކަމެއްގައި ޒަރޫރީ ޙާލަތެއް މެދުވެރިނުވާކަމަށް ޑރ. ބާރީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިސާލު ނަންގަވަމުން ޑރ. ބާރީ ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތުން މީހަކު ނަމާދަށް ހުއްޓައި، އެހެން މީހެއްގެ ފުރާނަ ގެއްލޭފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، އެމީހަކު ސަލާމަތްކުރަން ނަމާދު ދޫކޮށް ދެވޭނެކަމަށެވެ. އަދި ކެއުން ޙަރާމް ކުރައްވާފައިވާ ތަކެތިވެސް ކެއުން ހުއްދަވާ ޒަރޫރީ ޙާލަތްތައް މެދުވެރިވާކަން ޑރ. ބާރީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަން ފާހަގަކުރައްވައި ޑރ. ބާރީ ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ގޮތާއި ޚިލާފަށް، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލުމަކީ ސަރުކާރު ރޫޅޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ޕީޕީއެމްއަށް މަޖިލިސް ތެރެއިން އަޣުލަބިއްޔަތު ގެއްލުނަސް ސަރުކާރު ނުހުއްޓޭނެކަަމަށާއި، އެއީ ޒަރޫރީ ޙާލަތެއް ނޫންކަމަށް ޑރ. ބާރީ ފާހަގަކުރެއްވިއެވެ.

ޑރ. ބާރީ ވިދާޅުވީ 5 އަހަރުގެ ދައުރަކަށް ވެރިކަމަށް އަންނަނީ ޤާނޫނު އަސާސީ ހިމާޔަތްކުރުމަށް ވައުދުވެގެންކަމަށާއި، އެހެންނަމަވެސް މިހާރު ފެންނަނީ އެއާއި އިދިކޮޅަށް ކަންކަން ހިނގަމުންދާތަންކަމަށެވެ. ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވައި ޑރ. ބާރީ ވިދާޅުވީ ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކަށް އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުން ދޭން ޖެހޭކަމަށެވެ. އަދި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތާ ވާހަކަ ދައްކަންޏާ ހުރިހާ ޤާނޫނުތަކަށް ބޯލަނބަން ޖެހޭކަމަށް ޑރ. ބާރީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް