Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ރަސްދޫ ޖަލްސާ: ފުރިހަމައަށް ތައްޔާރުވެ، ޖަލްސާގެ ބައިވެރިންނަން ހޫނު މަރުޙަބާއެއް

27 އެޕްރީލު 2018 | ހުކުރު 12:59

އއ ގިނަ ރަށްތަކުގެ ރައްޔިތުން މިރޭގެ ޖަލްސާގައި ބައިވެރިވާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 27 އެޕްރީލު 2018 | ހުކުރު 12:59
ތޮއްޑޫގެ ރައްޔިތުން ޖަލްސާގައި ބައިވެރުމަށް ރަސްދޫއަށް އައީ ދޯނި ފަހަރުގައި

ތޮއްޑޫގެ ރައްޔިތުން ޖަލްސާގައި ބައިވެރުމަށް ރަސްދޫއަށް އައީ ދޯނި ފަހަރުގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. އަތޮޅު ރަސްދޫގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔާފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ (މިރޭ) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައެވެ. ހުކުރު ދުވަހުގެ ހަވީރު ރަސްދޫއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަތުމާއި އެކު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާފަތިކާއި އެކު ވަރަށް ފޯރިޔާ ޖޯޝާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Advertisement - newsAdvertisement

މަރުޙަބާ ދެންނެވުމުގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ ބައިވެރިވެފައި

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީނާއި، އަދަލާތު ޕާޓީގެ ފަރާތުން ޑރ އަބްދުﷲ މަޖީދު އަބްދުލް ބާރީގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާނެވެ. މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާ ޖަލްސާއަށް ވެގެންދާނެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަން ރަސްދޫން ހޫނު މަރުޙަބާއެއް

ރަސްދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އއ ތޮޅުގައި ދިރިއުޅޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެރަށަށް ގޮސްފައެވެ. އެގޮތުން ތޮއްޑޫ، އުކުޅަސް ފަދަ ރަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރިވާނެއެވެ.

އުކުޅަހުގެ ރައްޔިތުން ރަސްދޫއަށް ދިޔަ ލޯންޗުތަކުގައި ދިދަ ވަނީ ނަގާފައެވެ. ފޯރިޔާ ޖޯޝާއެކު އއ. އަތޮޅުގެ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ރަސްދޫއަށް ދިއުމާއިއެކު، އޭރު ރަސްދޫގައި ތިއްބެވި ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އިސްވެރިންވަނީ ބަނދަރުމަތިން އެ ރައްޔިތުންނަން މަރުޙަބާ ދަންނަވާފައެވެ.

ރަސްދޫގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ. ޖަލްސާއަށް ރަސްދޫގެ ބަނދަރު ސަރަހައްދު ވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ހޮޅި ދަނޑި ތަކުގައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭނުން ކުރާ ކުލަތަކުގެ ދިދަ ވެސް ނަގާފައެވެ. ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަވަން ހަމަޖެހިފައިވާއިރު، ރާއްޖެޓީވީން ވަނީ މި ޖަލްސާ ވަގުތުން ގެނެސް ދޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް