Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އަސްރު ދިޔައީ ގެއްލިގެން.................

މަރިޔަމް ސައީދު އަވަހާރަވީ ލަންކާގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 އެޕްރީލު 2018 | ބުރާސްފަތި 14:34
މަރްޔަމް ސައީދު: ގެއްލިގެން ދިޔައީ ކުޅަދާނަ ޅެންވެރިއެކެވެ.

މަރްޔަމް ސައީދު: ގެއްލިގެން ދިޔައީ ކުޅަދާނަ ޅެންވެރިއެކެވެ.

" އަސްރު ދިޔައީ ގެއްލިގެން" މިއީ އާދައިގެ ޅެމެއް ނޫނެވެ. ޅެމުގެ ޙަޤީގީ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނާތީ އަޑު އެހިއަސް މިޅެމުގެ މާނަ މުޅިން އެހެން އޮތެކޭ ބުނެވޭވަރަށް ވުރެ ތިލަވެފައި ސާދާކަން ބޮޑެވެ.

ޅެމަށް ބަލާއިރު ޅެން ފައްޓަވާފައިވަނީ އުއްމީދު ކުރަމުން އައި އުފާވެރިކަން ގެއްލިގެން ހިނގައްޖެ ކަމަށް ބުނަމުންނެވެ. ޅެންވެރިޔާގެ ބަހުންނަމަ އުފާވެރިކަމުގެ ބަގީޗާގައި ފޮޅެމުންއައި މަލަށް ކުރެވުނު އުއްމީދު ފުނޑުފުނޑުވެ މަލުގެ ފިޔަތައް ޚަރީފް މޫސުމުގެ ގަދަވަޔާއެކު ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ.

ދެވަނަ ބައިތުގައި ވަނީ ޅެންވެރިޔާއާއި އޭނާގެ ލޯބިވެރިޔާ ހޭދަކުރަމުން އައި އުފާވެރިކަން ގެއްލުވާލާ އެލޯތްބަށް ނިމުން އަންނަކަން އެދެމީހުންނަށް ވެސް ފެންނަމުން ދިޔަ ވާހަކައެވެ. މުޅި ކައުނު އަނދިރި ކޮށްލާ ފަދަ ސާލެއް ދައުރުވަމުން ފަތުރަމުން އައިހެންނެވެ.

އިތުރަކަށް ޅެމުގެ ބައިތަކަކަށް ދާނެހާ ހިތްވަރެއް ނެތެވެ. މީހަކު އޭނާގެ ލޯބިވެރިޔާ ބީވެގޮސް އުފާވެރި ދިރިއުޅުން ނިމުމާއެކު އެކުރެވޭ އިހްސާސްތައް ތިޔަބޭފުޅުންނަށް ދޫކޮށްލާނަމެވެ. ހަމަގައިވެސް ޅެން ވެރިޔާ އެވަނީ އެއަސަރު ގަދަ ވާހަކަތައް ޅެންބަހުން ބަރުތީލަ ކޮށްފައެވެ. އޭނާގެ އެވޭނީ އުދާސްތައް އޮބި ނޯވެގެން ބަންޑުން ކޮށްލާފައެވެ. އެކަމަކު ޅެންވެރިޔާގެ އެވާހަކަތައް އަޑު އަހާފައި މިއަދަކު ދިވެހި ޤައުމަކަށް ވެސް ކެތެއް ނުވިއެވެ. ޅެންވެރިކަމުން ދިވެހި އަދަބަށް އެތައް މަލެއް ފޮޅުވައިދިން އެއަސަރުގަދަ ޅެމުގެ ވެރިޔާ މ ބަގީޗާގޭ މަރިޔަމް ސައީދު ދުނިޔެ ދޫކުރުމުންނެވެ.

މަރްޔަމް ސައީދަކީ ދިވެހި އަދަބީ ޤުލްޝަނަށް އެފަދަ އެތައް ޅެމެއް ދޫކުރެއްވި ކުޅަދާނަ ޅެންވެރިއެކެވެ. މަރިޔަމް ސައީދުގެ ޅެންވެރިކަމުގެ މުދައްރިސަކީ ދިވެހި އަދަބިއްޔާތުގައި ދެވަނައެއް ނުވާ އަދި ޅެންވެރިކަމުގެ ބަގީޗާގައި ފޮޅުނު އޯކިޑް މަލެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލުގެ ގޮތުގައި ދައްތާފުޅު ފާތިމަތު ސައީދު އުފެއްދެވި ސުމުއްވުލް އަމީރް އަލްމަރްހޫމް މުހައްމަދު އަމީން ދީދީއެވެ. އަދި ބައްޕާފުޅު އައްޝައިހް ހުސައިން ސަލާހުއްދީނެވެ. އާއިލާގައި ދެން ތިއްބެވީ ވެސް ކުޅަދާނަ އަދީބުންނާއި ޅެންވެރިންނެވެ. ޅެންވެރިކަމުގައި މަރިޔަމް ސައީދު ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ހިތްވަރު ހޯއްދެވީ، ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ، އައިމިނަތު ފާއިޒާގެ ކިބައިންނެވެ.

މަރްޔަމް ސައީދު ފާހަގަ ވެފައިވަނީ ކަމާކަން ފަށައި ޅެން ހައްދަވަން އިންނެވުމުގެ ބަދަލުގައި ހިޔާލަށް އަންނަ ޝުއޫރުތައް ފަސޭހަކަމާ އެކު ޅެން ބަހަށް ބަދަލުކުރެއްވި ކުޅަދާނަ ޝާއިރެއްގެ ގޮތުގައެވެ. އެކަމަނާގެ އެތައް ޅެމެއް މިއަދުވެސް އެހުރީ ފެންނާށެވެ. ކިޔަވާ ކުދިންނަށާއި ދިވެހި އަދަބިއްޔާތައް އެއީ ގުނާ އަދަދު ނުކުރެވޭ ވަރުގެ ޚަޒާނާއެކެވެ.

ދެވަނަ ޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރްޔަމް ސައީދަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. އޭގެ އިތުރުން ތައުލީމަށް ވެސް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭރުގެ މާފަންނު މަދަރުސާ ކަމަށްވާ މަދަރަސުލް ސަލާހިއްޔާގެ މުދައްރިސްކަން ވެސް އެކަމަނާ ކުރެއްވިއެވެ.

ތެދެކެވެ. އުމުރުފުޅުން 87 އަހަރުގައި މަރްޔަމް ސައީދު އެވަނީ މިފަނާ ކުރަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެކަމަނާ ވިދާޅުވާހެން "އަސްރު ގެއްލިގެން ދިޔަ" ގޮތަށެވެ. އެކަމަކު އެކަމަނާގެ ޅެންތަކާއި އަދަބަށް ކުރެއްވި ޚިދުމަތް ފަނޑުވުމެއް ނެތި ދެމިއޮންނާނެއެވެ. އަސްރު ގެއްލިގެން ދިޔަޔަސް އެއްގޮތަކަށް ވެސް އެއަސަރާ އެފަށުވި ޅެންތައް ތާއަބަދަށް ގެއްލިގެނެއް ނުދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލައިމާނީ އަވަހާރަކޮށްލުމާ ހަމަޔަށް ކަންކަން ދިޔައީ ކިހިނެއް؟

ސުލައިމާނީ އަވަހާރަކޮށްލުމާ ހަމަޔަށް ކަންކަން ދިޔައީ ކިހިނެއް؟

05 ޖެނުއަރީ 2020
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

10 ސެޕްޓެމްބަރު 2019
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު