Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ބޭރުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

24 ނޮވެމްބަރު 2023 | ހުކުރު 14:26

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ނޮވެމްބަރު 2023 | ހުކުރު 14:26
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ:

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން - ފައިލް ފޮޓޯ:

ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވަނި 23 އަހަރުގެ ދެ ދިވެހި ފިރިހެނަކަށެވެ. އެއީ ކ. މާލެ، ގ. ފެހިހިރި މިފްޒާލް ވާފިރާއި މ. ހަރުމަލްގެ އަހުމަދު އާނިމްއެވެ.

Advertisement - newsAdvertisement

ކޯޓު އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މިފްޒާލްގެ ބަންދަށް 20 ދުވަސް އަދި އާނިމްގެ ބަންދަށް 15 ދުވަސް ޖަހާ ކަމަށެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ މި ދެމީހުންވެސް ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ (ޓްރެފިކިންގ މިންގަނޑަށް ފެތޭވަރަށް) މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، ކަސްޓަމްސް އޮފިސަރުންގެ ބަޔާން އަދި މޯބައިލް ފޯނުން މަސްތުވާތަކެއްޗާ ގުޅުންހުރި މުއާމަލާތްތައް ފެނިފައިވާ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާާއި 60 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، މަސްތުވާތަކެއްޗާއި ހަވާލުވާން މި ދެމީހުން ގޮސްފައިވުމާއި، މިއީ ޖިނާއީ ބޮޑުކުށަކަށްވެފައި، މިއީ ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކަށްވާތީ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކުށްކޮށްފައިވަނީ ދުރާލާ ރޭވިގެން، ވަކި އިންތިޒާމްތަކެއްގެ ތެރެއިން ޖަމާއަތެއް ހިމެނޭހެން ކަމަށް ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ މި ދެމީހުންގެ މައްސަލައިގައި ޕީޖީ އޮފީހާއި މަޝްވަރާކޮށް މައްސަލަ އެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އިންޓެލިޖެންސް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ތަހުގީގުގެ މުއްދަތު އިތުރުކޮށްދިން ލިޔުމަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު ޖަހާފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
09 މާރިޗު 2017

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

09 މާރިޗު 2017
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް