Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ. މުއިއްޒާއި ރައީސް ޔާމީން

ޔާމީނާމެދު، ރައީސް ޑރ. މުއިއްޒު ކަންތައް ކުރެއްވި ގޮތް!

ކަންތައްތައް ވެގެން މިދިޔައީ ރައީސް މުއިއްޒު ވިދާޅުވި ގޮތާއި ޚިލާފަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2023 | ހުކުރު 16:28
ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު

"ތެދުވެރިން ނޫޅެޔޭ އިނގޭ، އެކުވެރިން ނޫޅެޔޭ އިނގޭ، ކެހިވެރިން ގިނަ ތަނެއް އިނގޭ، ދުނިޔެ މިއީ ދަސްކުރޭ އިނގޭ. އެންމެ ކައިރީގައި ހީފާ އުޅޭ ރައްޓެހިން ވާނެ ފަހުން ބޭވަފާ" ލައިވައިގެ މި ކަޑި އަޑުއިވުމުން، ތި އެންމެ ބޭފުޅުން ހިތަށް އަރަނީ ކީކޭތޯ؟ ކެހިވެރިންގެ ވާހަކަ އާއި ރައްޓެހިން ބޭވަފާތެރިވާ ވާހަކަ ދެއްތޯއެވެ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގުޅުމަށް ވެސް ވީ ހަމަ މިކަހަލަ ގޮތެކެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި އޭރު ހުންނެވުމުން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްްވޭ ގޮތް ނުވުމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެއްވެސް ބޭފުޅަކަށް ނުދެއްވުމަށް ރައީސް ޔާމީން ނިންމެވިއެވެ. އެހާހަމައިން ޑރ މުއިޒް ވިސްނެވީ ޕީއެންސީ ގެ ކެންޑިޑޭޓްގެ ގޮތުގައި ނިކުންނެވުމަށެވެ. އަދި އެމަގަށް ކަންތައްތައް ފަހި ކުރެއްވިއެއެވެ. ބުނެވޭ ގޮތުގައި ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް "ގަނެލައިގެންނެވެ." އެއަށްފަހު ޕީޕީއެމް އާއި ޕީއެންސީ އަކީ އެކަޗެއްކަމަށް ދެއްކެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެއާއެކު ޕީޕީއެމްގެ ސަޕޯޓަރުންގެ ތާއީދު ހޯއްދެވުމަށް "އުކުޅު" ތަކެއް ހެއްދެވިއެވެ. އެކަމުގައި ކާމިޔާބުވެސް ކުރެއްވިއެވެ. ކޮންމެ ޕޯސްޓަރެއްގެ މެދުގައި މުއިޒް ގެ ފޮޓޯ އަށް ވުރެ ބޮޑުކޮން ޔާމީންގެ ފޮޓޯ ޖަހައިގެންނެވެ. ޔާމީން ދޫކޮށްލައްވާނެ ކަމުގެ ދޮގު ވައުދުތައް ވެގެންނެވެ. ރައީސް މުއިއްޒު އޭރު ވިދާޅުވަމުން ގެންދެވީ ވެރިކަމަށް ވަޑައިގަތުމަށްފަހު، އެންމެ އިސް ޒިންމާއަކަށްވާނީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ކަމަށެވެ. އެކަމަކު އެދުވަހެއް ނައެވެ.

ސިޔާސީ ގޮތުން ބާރުވެރިކަން ލިބުނުހާ އަވަހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެކަމަށް އޭރު ރައީސް މުއިއްޒު ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. އެބޭފުޅުން ކުރީ ސަރުކާރުގައި ވިިދާޅުވިފަދައިން އަދިވެސް "ރައީސް ޔާމީން ހުންނެވީ ހަރާމް ހުކުމެއް" ގައި ނޫންތޯއެވެ. އެ ހުކުމަށް މިހާރު ވީ ކިހިނެއްތޯއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން މިހާރު އެ ހުކުމް "ހަލާލުވީތޯ" އެވެ.

ކަންތައްތައް ވެގެން މިދިޔައީ ރައީސް މުއިއްޒު ވިދާޅުވި ގޮތާއި ޚިލާފަށެވެ. ރައީސް ޔާމީނަށް ޖެހިވަޑައިގެންނެވީ އެންމެފަހުން އަމިއްލަފުޅު ޕާޓީ ވެސް ދޫކޮށް ވަޑައިގަންނަވާށެވެ. ރައީސް މުއިއްޒަށް އެމަނިކުފާނު އިތުބާރު ކުރެއްވީ އެއްވެސް ހާލެއްގައި މި ދުވަސް ފެނިދާނެ ކަމަށް އުންމީދު ކުރައްވައިގެނެއް ނޫނެވެ. އެކަމަކު މިއަދު މި އޮތީ އެ ހަޤީޤަތާއި އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިފައެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ޑރ. މުއިއްޒު، ރައީސް ޔާމީން މަތިން ހަނދުމަފުޅު ނެތުނީއެވެ. ރައީސް ޔާމީންގެ ފޯނަށް ޖަވާބު ދެއްވުން ވެސް ހުއްޓަވާލެއްވީއެވެ. ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރެއްވުމަށްފަހު، ޕާޓީ އޮފީހަށް ވަޑައިގަތުމުން ލީޑަރޝިޕްގެ ބޭފުޅުން ވަޑައެއްވެސް ނުގަތެވެ. ވެރިކަން ލިބިވަޑައިގަތުމުން އުފާ ފާޅުކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ޔާމީން ވަޑައިގަތުމަށް އެދިވަޑައިގަތުމުން އެކަން ވެސް މަނާ ކުރެއްވީއެވެ. ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުން ރައީސް ޔާމީންގެ ނަން ފޮހެލެއްވީއެވެ. މިއީ ހައްތަހާވެސް ކަން ހިނގާ ދިޔަ ގޮތްކަމަށް ރައީސް ޔާމީނާއެކު ތިއްބެވި މެންބަރުން ވިދާޅުވި ގޮތެކެވެ.

ރައީސް މުއިއްޒު ވިދާޅުވި ހަނދާނެއް ވެއެވެ. ރައީސް ޔާމީނަކީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިންވެސް ވަރަށް ބަލައިގަންނަ ޝަހްސިއްޔަތެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެހެން ޕާޓީއެއްގައި ހުންނަވައިގެން ވެސް އެމަނިކުފާނު ވިދާޅުވި ހުރިހާ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށާއި އެފަދައިން މަސައްކަތް ކުރެއްވީ ޔާމީނާމެދު ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެންމެ ބޮަޑަށް އެދިވަޑައިގަންނަވަނީ ޔާމީނަށް އިންސާފު ލިބުން ކަމަށާއި އެމަނިކުފާނު މިނިވަންވުމަށް ދުޢާ ކުރައްވާނެ ކަމަށް ވެސް އޭރު ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީ ބުނަމުންދިޔަ ދިވެހިންގެ ހިތްތަކުގެ ރައީސް، ޔާމީން މިއަދު ނިކަމެތިކޮށްލެއްވީއެވެ. ދެ ޕާޓީ މަގުމަތިވިޔަ ނުދޭން އޭރު ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވުމުން މިއަދު އެމަނިކުފާނަށް ލިބިވަދައިގަތީ ނިކަމެތިކަމެވެ. މީހުން ބުނެ އުޅެއެވެ. އެމީހަކު ކަން ކުރި ގޮތަކާމެދު އެމިހަކާ ދޭތެރޭގައި ކަންތައްތައް ކުރެވޭނެއެވެ. މިއީ ހަމަ ޤައިމުވެސް ރައީސް ޔާމީނަށް ލިބިވަޑައިގަތް އިބުރަތްތެރި ފިލާވަޅަކަށްވާނެއެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ އަމަލުތަކަށް އެކަނި ބަލާލުމުން ވެސް އެނގި ހާމަވެގެންދާކަމަކީ ހަމަ ހަޤީޤަތުގައި ވެސް މި ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެއްކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު