Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

ގާޒީއަށް އަދީބުގެ އިލްތިމާސް: އަނދިރިވުމުގެ ކުރިން ގޮތް ނިންމާ ދެއްވާ!

26 އެޕްރީލު 2018 | ބުރާސްފަތި 12:41

އަދީބު ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: އޭޖީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 އެޕްރީލު 2018 | ބުރާސްފަތި 12:41
ސިވިލް ކޯޓުގެ ޝަރީއަތަށް ފަހު ކަރެކްޝަނުން އޭނާ ޖަލަށް ގެންދަނީ

ސިވިލް ކޯޓުގެ ޝަރީއަތަށް ފަހު ކަރެކްޝަނުން އޭނާ ޖަލަށް ގެންދަނީ

ލޮލުގެ ފެނުން ގެއްލި، ލޯ އަނދިރިވުމުގެ ކުރިން ބޭސްފަރުވާ ފުރިހަމަކޮށް ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އަމުރު ކޮށްދެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓުގައި ބުރާސްފަތި ދުވަހު އެދިވަޑައިގެންފި އެވެ.

އަދީބު އެގޮތަށް އެދިވަޑައިގެންފައި ވަނީ "ގްލުކޮމާ" ކިޔާ ލޮލުގެ ބައްޔެއް ޖެހި ރާއްޖެއިން ބޭރުން ފުރިހަމަ ކުރަންޖެހޭ ފަރުވާ ފުރިހަމަ ނުކުރެވި ލަސްވަމުންދާތީ ދައުލަތުގެ ތިން އިދާރާއެއްގެ މައްޗަށް އޭނާ އުފުލި މަދަނީ ދައުވާގެ ފުރަތަމަ އަޑުއެހުމުގައެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ހޯމް މިނިސްޓްރީ މައްޗަށް އަދީބު އުފުލި ދައުވާގެ ފުރަތަމަ އަޑުއެހުމުން ބުރާސްފަތި ދުވަހު ސިވިލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކަފުޅުތަކާ ހަވާލާ ދެއްވައި އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބަށް ގުލްކޯމާ ޖެހިފައިވުމުން ލޮލުގެ ރެޓިނާއަށް އަސަރުކޮށް ލޮލުގެ ފެނުން ދައްވަމުންދާ ކަމަށް ގާޒީގެ އަރިހުގައި އަދީބު ދެންނެވި ކަމަށެވެ. އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާ ދައުލަތުން ފުރިހަމަ ނުކުރުމަކީ މަދަނީ ހައްގެއް ގެއްލިގެން ދިއުމުން ކަމަށާއި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޭނާގެ ލޮލުގެ ފެނުން ގެއްލި ދިއުމުގެ ކުރިން އެ ހައްގު ހޯދުމަށް ކަމަށް އަދީބާ ހަވާލާ ދެއްވައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ލޮލުގެ ފެނުން ގެއްލި، ލޯ އަނދިރިވުމަކީ އިޔާދަ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް މެދުވެރިވުމުގެ ކުރިން ނިޔާއެއް ކަނޑައަޅުއްވައި ދެއްވުމަށް އަދީބު ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ދައުލަތާ ދެކޮޅަށް އަދީބު ސިވިލް ކޯޓުގައި އުފުލި ދައުވާއާ ގުޅިގެން ކޯޓުގައި ޖަވާބުދާރީވެ ވަޑައިގެންނެވީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ސިވިލް ކޯޓުގައި ވިދާޅުވީ އަދީބު ކުރެއްވި ދައުވާއަކީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށާއި ސަބަބަކީ ގައިދީންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޭނާ ފުރިހަމަ ކުރައްވާފައި ނުވުމުން ކަމަށެވެ. އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ހުއްދަ ދީފައި ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

ރައްދުގައި އަދީބުގެ ދިފާއީ ވަކީލު، ސިރާޖު ވިދާޅުވީ ރާއްޖެއިން ބޭރުން އަދީބަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނީ ދައުލަތުން ކަމަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުން ބާރު އަޅަނީ ދައުލަތުން ބަލަހައްޓާ މީހުންގެ ކަންކަން ފުރިހަމަ ކުރަން ޖެހޭނީ ދައުލަތުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބަށް ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ޑޮކްޓަރުން ދީފައިވާ ލަފާ މެޑިކަލް ކައުންސިލަށް ހުށަހަޅަން ޖެހޭނީ ކަރެކްޝަނުން ކަމަށާއި ކަރެކްޝަނުން އެ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ދައުލަތުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދީބު ސިވިލް ކޯޓުގައި އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ނެގި އިޖުރާއީ ނުކުތާއާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތް ނިންމަވައި ދެއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ، އަލީ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގެ ދެ ވަނަ އަޑުއެހުމެއް އަންނަ ހަފްތާގައި އޮންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް