Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެދުވަހު ދެއްކީ ސަދޫމުގެ ވާހަކަ، މިހާރު ދައްކަން އޮތީ ރާއްޖޭގެ ވާހަކަ!

ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2019 | ހޯމަ 12:12
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ފަނޑިޔާރު ގެޔާއި ފަނޑިޔާރު މަނިކުފާނުގެ ވާހަކަ ރަށުގައި ދެކެވޭލެއް ތަންކޮޅެއް ގިނަ ވެއްޖެއެވެ. މަސްއޮޑި ފަހަރުގަޔާއި އޮޑިހަރުގެތަކުގަޔާއި ސައި ހޮޓާތަކުގައި ވެސް މިވާހަކަ މާގިނައިން ދެކެވެން ފަށައިފިއެވެ. ރައްޓެހިވެގެން އުޅޭ ކުދިން ފޯނުކޮށްގެން ލޯބީގެ ވާހަކަ ދައްކަދައްކާ ވާހަކަ ހުސްވުމުން ފޯނު ނުބާއްވަންވެގެން ދެންދައްކާ ވާހަކައަކަށް ވެސް މިވާހަކަ ވެއްޖެއެވެ. ދުވާލުގެ ބުރަ މަސައްކަތަށް ފަހު ފެންވަރައިގެން ދެމަފިރިން ނިދަންއޮށޯވެ ދިރިއުޅުމުގެ ވާހަކަތައް ދައްކަން ފެށުމުގެ ކުރިން މިހާރު ފެއްޓެނީ މިވާހަކައިންނެވެ.

ފަނޑިޔާރު ގެޔާއި ފަނޑިޔާރު މަނިކުފާނު ޚަރާބު ވެއްޖެކަމުގެ ވާހަކައެވެ. އިސްލާހު ވާންޖެހޭ ވާހަކައެވެ. އިސްލާހު ކުރަންޖެހޭ ވާހަކައެވެ. މިވާހަކަތައް މިހާ ބޮޑަށް ގިނަވެގަތީ ކޮންމެސް ޕާޓީއަކުން ނެރުނު އެޖެންޑާއެއްގައި މިވާހަކަ މާ ފާޅުކަން ބޮޑުކޮށް ލިޔެފައި އޮތުމުންނެވެ. ކޮންމެސް ކޮމިޝަނެއްގެ ވެރިޔަކު މާސާފުކޮށް މިވާހަކަ ދެއްކުމުންނެވެ. އެކަމަކު އަޅުގަނޑުމެން ކަހަލަ އާދައިގެ މީސް މީހުން ތިބީ މި ފަދަ ވާހަކަތައް ނުދައްކާށެވެ. ގަންނަ ބިރަކުން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެއީ އަޅުގަނޑު މެންނަށް ވުރެ މާ އިސްކޮޅުން ބޮޑު އަޅުގަނޑުމެންނާ އަރާ އަރަފޯދިގެންނުވާ ޒާތުގެ ވާހަކަތަކަކަށް ވީމާ ވެސް ކަންނޭގެއެވެ. ނަމަވެސް މިވާހަކަ ދައްކާލަން އަޅުގަނޑުމެން ކަހަލަ މީސްމީހުންނަށް ހިތްވަރު ލިބުނީ މިދޭތެރެއަކުން ކޮންމެވެސް ތަނެއް ހުޅުވައި ދެއްވަންވެގެން ރައީސް ދެއްވި ކޮންމެވެސް ބަޔާނެއްގައި މަށް ދިވެހިބަހުން ސާފު އިބާރާތުން އެހެން ވިދާޅުވުމުންނެވެ. ފަނޑިޔާރުގެ އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މިގައުމުގެ އެއްވެސް ކަމެއް ރަނގަޅު ނުވާނެ ކަމަށް ރައީސް ވިދާޅުވުމުން އަޅުގަނޑު ވެސް ދިޔައީ ސިއްސައިގެންނެވެ. އެހެންކަމުން ރައީސް ވިދާޅުވި އެއްޗެއްގެ މާނަ އޮޅުންފިލުވައިލުމަށް ދެތިން މީހެއް ގާތު އަހައިވެސްލީމެވެ. އެ މީހުން ބުނީ އަޅުގަނޑު ވެސް ހަމަ ހިތަށް އެރި ގޮތަށެވެ. އެއީ ކަމަކަށް ރުޖޫއަވާން މީހަކު ބުނެފި ނަމަ، އޭގެ މާނައަކީ އެ މީހަކު އެހުރީ ނުވަތަ އެބަޔަކު އެތިބީ އެ ރުޖޫއަވާން ބުނި ގޮތެއްގެ އިދިކޮޅަށް ކަމަށެވެ. އިސްލާހުގެ މަގަށް ރުޖޫއަވާން ބުނެފި ނަމަ، އޭގެ މާނައަކީ އެބަޔަކު އެތިބީ ހަރާބުގެ މަގުގައި ކަމަށެވެ.

މިވާހަކަތައް އެހާ ގަބޫލުކުރާ ހިތް ނުވިޔަސް ރައީސް ވިދާޅުވުމުން ދެން ޖެހޭނީ ގަބޫލުކުރަން ނޫންތޯއެވެ؟ ރައީސްއަކީ ދައުލަތުގެ ވެރިޔާ ނޫންތޯއެވެ؟ ކަންކަން ރަނގަޅު ކުރަން ހުރި މީހަކީ ވެސް އެއީ ނޫންތޯއެވެ؟

މިވާހަކަތަކާ އެކު މިއާ ދެކޮޅު ވާހަކަތަކެއް ވެސް ރަށުތެރޭގައި ދައްކަން ފަށައިފިއެވެ. އެ މީހުން ދައްކަނީ މާ ހިނި އަންނަ ޒާތެއްގެ ވާހަކައެކެވެ. ހީވަނީ އެމީހުންގެ ހިތުގައި އެހެން އެއްޗެއް ބާއްވައިގެން ވާހަކަ ދައްކަނީހެންނެވެ. އެމީހުން ކިޔަނީ ފަނޑިޔާރުގެ ބަރާބަރު ކަމަށެވެ. އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އިސްލާހު ކޮށްލަން ޖެހޭ އަދި ރަނގަޅު ކޮށްލަން ޖެހޭނެ ކަމެއް ވެސް އަމުދުން ނުވެސް ނެތީޔޯލައެވެ. މިވާހަކަގަނޑު އެމީހުން ދައްކަން ފެށުމާ އެކު، އެމީހުންނާ އެހެންމީހުން ކުރަން ފެށި ސުވާލަކީ، އެހެންވިއްޔާ މިރަށު ބޮޑުސޭޓު ޖަލަށްލީ ހަމަ ރަނގަޅަށް ހެއްޔެވެ؟ އެއްވެސް ހުކުމެއް ނެތި އޭނާގެ ދަރި އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓީ ހަމަ މުޅިން ރަނގަޅަށް ހެއްޔެވެ؟ ބޮޑު ސޭޓު ބަލި އެނދުގައި އޮށްވައި އޭނާގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމް ކުރުން އެއީ ވެސް ހަމަ މުޅިން ރަނގަޅަށް ކުރި ކަމަކީ ހެއްޔެވެ؟ މިރަށުގެ ކަމުވޮށިވެގެން ވާހާ މީހުންގެ މައްޗައް ޝަރީއަތް ހިންގައި ބައެއް މީހުންގެ މަށްޗަށް ޝަރީއަތް ނުހިންގައި ޖަލުގައި ބޭތިއްބުން ވެސް ހަމަ އެއީ މުޅިން އިންސާފުތޯއެވެ؟ އެހެން ކަމަށް ވާނަމަ އެ ދުވަހު އެކަމާ ދެކޮޅަށް އަޑު އުފުލީ، ޝަރީއަތް ކުރިގޮތް ގޯސްވެގެން ވާހަކަ ދެއްކީ، ފަނޑިޔާރުގެ ނުބައި ކޮށްގެން ވާހަކަ ދެއްކީ ހަމަ އެއްވެސް ހައްގުން ކަމަކާ ނުލައި ފަނޑިޔާރުގެ އާއި ފަނޑިޔާރު މަނިކުފާނުގެ އަގު ވައްޓާލަންތޯއެވެ؟ ނުވަތަ އެއީ އެ މީހުންގެ އަބުރު ކަތިލާ އެތަނުގެ ހުރުމަތް ކަނޑަން ދެއްކި ހުސް ހޮޅި ވާހަކަތަކެއްތޯއެވެ؟ ނޫނީ ހަމަ މުނާފިގުކަން ބޮޑީތޯއެވެ؟

ކޮންމެއަކަސް މިވާހަކަގަނޑުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކޮށް ދެބަސްވެ އެބައުޅެއެވެ. އެއާ އެކު އަޅުގަނޑުގެ ހަނދާނަށް އައީ އުހުދު ހަނގުރާމައިގައި ހިނގި ހާދިސާއެކެވެ. ދެ ލަޝްކަރު ބައްދަލުވުމުގެ ކުރިން މުސްލިމުންގެ ލަޝްކަރުން މުނާފިގުންގެ ވެރިޔާ އަބްދުﷲ ބުން އުބައްޔު ބުނު ސަލޫލު އޭނާ އަށް ތަބާވި 300 މީހުންނާގެން މުސްލިމުންގެ ލަޝްކަރުން ވަކިވެ އަނބުރާ މަދީނާ އަށް ދިއުމަށް މަސައްކަތް ފެށި ވަގުތެވެ. ސަހާބީންގެ ތެރެއިން ބައެއް ބޭކަލުން ނަސޭހަތް ދެއްވަމުން އެ މީހުންގެ ފަހަތުން އެތައް ހިސާބަކަށް ވަޑައިގަތެވެ. އެކަމަކު އޭނާ ބުނީ ހަނގުރާމައެއް ނުހިނގާނެ ކަމަށާއި ހަނގުރާމައެއް ހިނގަންޖެހޭނެ ސަބަބެއް ވެސް ނެތް ކަމަށެވެ. އެހެން ނޫން ނަމަ އޭނާ މުސްލިމުންނާ އެކު ހަނގުރާމައަށް ދިޔައީސް ކަމަށެވެ. އެއީ މުނާފިގުންގެ ވެރިޔާއެވެ. އޭނާގެ ކިބައިގައި ހުންނާނީ ކޮންމެ ކަމެއްގައި ވެސް މުނާފިގު ކަމުގެ ސިފައެވެ. ހަގީގަތުގައި އޭނާ ބޭނުންވީ މުސްލިމުންގެ ލަޝްކަރުގެ ތިން ބައި ކުޅަ އެއްބައި އެ ލަޝްކަރާ ވަކިވެ މުސްލިމުންގެ ލަޝްކަރު ބައިބައިވެ ބަލިކަށިވާތަން ކުރިމަތިން އަންނަމުންދިޔަ މުޝްރިކުންގެ ލަޝްކަރަށް ދައްކާ އެމީހުންނަށް ހިތްވަރު ދިނުމެވެ.

މިހާދިސާ ހަނދާނަށް އައުމުން އަޅުގަނޑުގެ ހިތަށް އެރިއެވެ. މުނާފިގު ވާންވީ ކީއްވެގެންތޯއެވެ؟ ދެފުށް ދެގޮތް ވާންވީ ކީއްވެގެންތޯއެވެ؟ ބައެއްގެ މައްޗަށް އޮތް ހަސަދަވެރި ކަމަކާ ހުރެ ހިތުގައި އެހެން އެއްޗެއް ބާއްވައިގެން ދުލުން އެހެން އެއްޗެއް ބުނާންވީ ކީއްވެގެންތޯއެވެ؟ ފަނޑިޔާރުގެ އިސްލާހު ކުރަންޖެހޭކަން އެންމެން ވެސް ގަބޫލު ކުރެއެއް ނޫންތޯއެވެ؟ އެއީ އިއްޔެއަކު، މިއަދަކު އެއްބަޔަކު، ދެބަޔަކު އެކަނި ދައްކާ ވާހަކައެއް ނޫނެއްނޫންތޯއެވެ؟ އެހެން ނޫން ނަމަ ރައީސް ވެސް އެހެން ވިދާޅެއް ނުވީހެއް ނޫންތޯއެވެ؟ ރައީސް އެހެން ވިދާޅުވުމުން އެވާހަކަ ގަބޫލު ނުކުރާންވީ ސަބަބެއް ވެސް ނެތެއް ނޫންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު